މަދީނާއަށް ޒިޔާރަތް ކުރި މީހުންގެ އަދަދު 18 މިލިއަނަށް

މަދީނާއަށް އެންމެ ގިނަ މީހުން ޒިޔާރަތް ކޮށްފައި ވަނީ 2024 ވަނަ އަހަރު އެވެ. އެއަހަރު، 18 މިލިއަން މީހުން މަދީނާއަށް ޒިޔާރަތް ކޮށްފައި ވެއެވެ. މިއީ ތާރީހުގައި ވެސް އެންމެ ގިނައަދަދަކަށް މީހުން މަދީނާއަށް ޒިޔާރަތްކުރި އަދަދެވެ.

މިހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަދީނާއަށް ޒިޔާރަތް ކުރީ 6.45 މިލިއަން މީހުން ނެވެ. އޭގެ ތެރޭގައި ގައުމުން ބޭރުން 4.41 މިލިއަން މީހުން ޒިޔާރަތްކޮށްފައިވެއެވެ.

އަލަށް ތައާރަފް ކޮށްފައިވާ ނުސްކް ފަދަ ސްމާޓް އެޕްތަކުގެ ސަބަބުން އަލްރައުދާ އަލްޝަރީފާ އަށް ދުވާލަކު ވަދެވޭ ނިސްބަތް 7،000 އިން 54،000 އަށް އަރފައިވެއެވެ.

މީގެ އިތުރުން ޚާދިމުލްޙަރަމައިންގެ ސަރުކާރުން ޙައްލޖުވެރިނަނށް ފޯރުކޮށްދޭ ޚިދުމަތްތަކާ މެދު މީހުން ހިތް ހަމަޖެހޭ ނިސްބަތް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި  90 އަށް އަރާފައިވާ ކަމަށް ހައްޖު މިނިސްޓަރު ރިޕޯޓް ކުރައްވައެވެ.

ޚާދިމުލްޙަރަމައިންގެ ސަރުކާރުގެ އމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް ސްމާޓް ޕާސްޕޯޓް ގޭޓާއި ސިޓީ އެކްސްޕްލޯރަ ޕްލެޓްފޯމްތަކާއި އޯޕަން ޑިޖިޓަލް މިއުޒިއަމްތައް ފަދަ ޑިޖިޓަލް ޚިދުމަތްތަކުގެ އެހީތެރިކަމާއެކު ހައްޖުގެ އަޅުކަން އަދާ ކުރާ މީހުންގެ އަދަދު 30 މިލިއަންއަށް އިތުރު ކުރުމެވެ.

މަދީނާގައި މީހުން ޒިޔާރަތް ކުރި މުހިއްމު ތަންތާނގެ ތެރޭގައި ޤިބްލަތައިން މިސްކިތާއި ޝަހީދުންގެ މައިދާން ހިމެނެއެވެ.  އެތަންތަނަށް އެކަނިވެސް 8 މިލިއަން މީހުން ޒިޔާރަތްކުރިއެވެ.

ހިއްސާ ކުރައްވާ!