ޔަހޫދީން ކުރަމުންދާ ޖެނޮސައިޑަށް ހިތްވަރުދޭ ޕޯސްޓްތަކާ ހެދި އެމީހުންނަށް ހުތުރު ވެދާނެތީ، އެކްސްއިން ވަނީ ހިބްރޫ ބަހުން ތަރުޖަމާ ކުރުން ހުއްޓާލާފައެވެ. އެކްސްގައި ހިބްރޫ ބަހުން ލިޔެފައި ހުންނަ ޕޯސްޓްތައް ތަރުޖަމާ ކޮށްދިނުން ހުއްޓާލާފައިވާކަން ހާމަވުމުން، ދުނިޔޭގައި ހޫނު ބަހުސެއް ފެށި ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. މި ވާހަކައަކީ މިހާރު އެކްސް ޕްލެޓްފޯމުގައި އެންމެ ގިނައިން ދައުރުވަމުންދާ ޚަބަރުކަމަށް ވަނީ ވެފައެވެ.
އާންމުންނަށް ފުރަތަމަ ހީވީ މިއީ އެކްސް ޕްލެޓްފޯމުގެ ޓެކްނިކަލް މައްސަލައެއް ނުވަތަ ނިޒާމީ މައސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް، ޔޫޒަރުން އެކްސް ޕްލެޓްފޯމުގެ ބޮޓް، ގްރޮކް އާއި ސުވާލު ކުރުމުން ދީފައިވަނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ.
ގްރޮކް ބުނީ، ޔަހޫދީން ލިޔެފައިވާ ޕޯސްޓްތަކުގައި ފަލަސްޠީނު މީހުން މެރުމަށާއި، ހަމަނުޖެހުން ހިންގުމަށާއި ނަސްލު ނައްތާލުމަށް ހިތްވަރުދޭ ބަހުރުވަ ބޭނުން ކުރަމުންދާ މިންވަރު އިތުރު ވެފައި ވުމާ ގުޅިގެން މިފަދަ ޕޯސްޓްތައް ތަރުޖަމާކޮށް އާންމުންނަށް ފެންނަން ހުރުމުން، އަނިޔާވެރި ބަސްމަގަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މިލިއަން މީހުންނަށް ހިތްވަރަކަށ ްވެދާނެތީ އެކަން ހުއްޓާލާފައި ވަނީ ކަމަށެވެ.
އެހެން ނަސްލުން މީހުން މިފަދަ ބަހުރުވައެއް ބޭނުން ކޮށްފިނަމަ މަސްކުގެ އެކްސް އިން އެމީހެއްގެ އެކައުންޓް ބަންދުކޮށް ހަދައެވެ. ނަމަވެސް އިލާހު އިޚުތިޔާރުކޮށްފައިވާ އެއްވަނަ ދަރަޖައިގެ މީހުން ކަމަށް ޔަހޫދީން ދައުވާ ކުރާތީ އެފަދަ ފިޔަވަޅެއް އަޅަން މަސްކަށް ނުކެރުނީ ކަމަށް ބެލެވެއެވެ.
އަދި ގްރޮކް އިތުރަށް ބުނީ، ހިބްރޫ ބަހުން ލިޔެފައިވާ ލިޔުންތައް ތަރުޖަމާކޮށް އާންމުންނަށް ކިޔަން ދޫކޮށްލުމުން އިޒްރޭލުގެ ރައްޔިތުން ލޭއޮހޮރުވުމަށް ލޯބިވާ ބައެއް ކަމަށާއި އަނިޔާވެރި ބަޔެއް ކަމުގައި މީހުންނަށް ތަސައްވުރު ވާނެ ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ޔަހޫދީންނާ ދެކޮޅަށް ފިތުނަ ވެރިކަން ބޮޑުވެ، ޔަހޫދީންނަށް ނަފްރަތު ކުރުން އިތުރުވެގެން ހިނގައި ދާނެ ކަމަށް ގްރޮކްގެ ޖަވާބުގައިވެއެވެ.
ގްރޮކްގެ މި ޖަވާބާ ގުޅިގެން އެކްސް ޕްލެޓްފޯމުގެ ގިނަ ޔޫޒަރުންނާއި، ޚާއްސަކޮށް އެމެރިކާގެ ރައްޔިތުން ވަނީ ނުރުހުމެއް ފާޅުކޮށްފައެވެ. އެމީހުން ދެކޭ ގޮތުގައި އެކްސްގެ ވެރިޔާ އީލޯން މަސްކް މި ޚިދުމަތް ހުއްޓާލީ، ޔަހޫދީންނަށް އަމިއްލަ އެކައުންޓްތައް ހުއްޓުވުމެއް ނެތި ނަސްލު ނައްތާލުމަށާއި އާންމު ރައްޔިތުން މެރުމަށް ގޮވާލުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ހަމައެހެންމެ، އެމީހުން ތުހުމަތު ކުރަނީ، މިއީ ޣަސްބުން ބީން ފޭރިގަންނަ ޔަހޫދީންގެ ސޫރަ އާންމުންގެ ކުރިމަތީގައި ރީތިކޮށް ދެއްކުމަށްޓަކައި ކުރި ކަމެއް ކަމަށެވެ.






