އިޒްރޭލުން ޖެނޮސައިޑް ހިންގައި ސުންނާފަތިކޮށްފައިވާ ޣައްޒާގެ ސުލްހަ ބެލެހެއްޓުމަށް އެކުލަވާލާ ލަޝްކަރުގައި ޔަމަން ބައިވެރިވުމަށް އެމެރިކާއިން ދައުވަތު ދީފިއެވެ. ޔަމަނަކީ އަހުލީ ހަނގުރާމައެއްގައި އުޅޭ ގައުމެކެވެ. ޔަމަނުގެ ސަރުކާރު ހިންގަނީ ސައުދީ ޖިއްދާ ސިޓީގެ ހޮޓަލަކުންނެވެ. ޔަމަނުގެ އިގްތިސާދީ ހަރަކާތްތަކާއި މުހިންމު ތަންތަން ކޮންޓްރޯލު ކުރަނީ އަންސާރުﷲ ޖަމާއަތުންނެވެ.
ޔަމަނުގެ އިސް ޑިޕްލޮމެޓަކާއި އަސްކަރީ އޮފިޝަލަކާއި ރިޔާސީ ލީޑަޝިޕް ކައުންސިލްގެ އޮފިޝަލުންގެ ޔަމަނުގެ ސަރުކާރުގެ ފަސް މަސްދަރަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޔަމަނުގެ ސަރުކާރުން އަދި އެކަމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ރިޔާސީ ލީޑަޝިޕް ކައުންސިލްގެ އޮފިޝަލާއި ޔަމަނުގެ ޑިޕްލޮމެޓް ވިދާޅުވީ ޓްރަމްޕް އުފައްދާ ލަޝްކަރުގައި ޔަމަނުން ބައިވެރިވުމަކީ ރަމްޒީގޮތުން ބައިވެރިވުމެއް ކަމަށެވެ.







