ތައިލެންޑުގައި ބޭއްވި ރީތީގެ މުބާރާތުގެ ނޭޝަނަލް ކޮސްޓިއުމް ޝޯގައި ފަލަސްޠީނުގެ މިސް ޔުނިވާސް ނާދީން އަޔޫބް ވަނީ އޭނާގެ ގައުމުގެ ތަރިކަ ދައްކާލައިފައެވެ. އޭނާ ދައްކާލި ހެދުމުގައި ފަލަސްޠީނުގެ ސަގާފީ ރަމްޒުތަކުން މުއްސަނދި ކަމެއް ގެނަސްދީފައި ވެއެވެ. ނަވީން އެލްކާއަދީ ފަރުމާކޮށްފައިވާ މި ހެދުމުގައި ސަގާފީ ރަމްޒުތަކެއްގެ ގޮތުގައި ފަލަސްތީނުގެ ރަށްތައް ތަމްސީލުކުރާ ފެހި އަދި ރަން ކުލައިގެ ކުރެހުންތައް ބޭނުންކޮށްފައި ވެއެވެ. އަދި މަސްޖިދުލްއަގްސާއާއި ނަސާރާއިންގެ އެންމެ ޒަމާންވީ ފައްޅީގެ މަންޒަރުތަކާއެކު ޒައިތޫނި ގޮފިތަކާއި ތަޅުދަނޑިތައް ދައްކާލާފައި ވެއެވެ.
ޒައިތޫނި ގަސްތަކުން ކެތްތެރިކަން ދައްކާފައިވާއިރު ތަޅު ދަނޑިން ދައްކައި ދެނީ ޔަހޫދީން ނަސްލު ސާފުކޮށްލައި ފަލަސްޠީނު މީހުން އެމީހުންގެ ގެދޮރުން ބޭރުކޮށްލި އަނިޔާވެރި ކަމެވެ.










