ހުޅަނގު އައްސޭރީގައި ބިންތައް ހިފައި ލަޓޯ ފަޓޯ ޔަހޫދީން ލައްވައި ފަލަސްޠީނު މީހުންނަށް ނުހޮރޮއްޕާން ކުރުމަށްފަހު މިހާރު އެތަނުން ފަލަސްޠީނު މީހުން ބޭރުކުރުމަށް އިޒްރޭލުން ނިންމައިފިއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ބުނާ ގޮތުގައި ހުޅަނގު އައްސޭރިން 32 ހާސް ފަލަސްޠީނު މީހުން ބޭރުކޮށްލުމަށް ނިންމައިފައި ވެއެވެ. މިއީ ޔަހޫދީން ޣައްޒާގައި ޖެނޮސައިޑް ހިންގިއިރު ކަން ކުރި ގޮތެވެ.
ޔަހޫދީން 32 ހާސް މީހުން ވަޒަނުން ބޭރުކޮށްލާއިރު އަރަބިންގެ ފަރާތުން އަދި ރައްދެއް އައިސްފައެއް ނުވެއެވެ. މިހިސާބަށް ފަލަސްޠިނު މައްސަލަ ގޮސްފައި ވަނީ އަރަބިންނަށް އެނގިތިބެއެވެ.
ދެ ހަރަމައިންގެ ވެރިން ވެސް ވަނީ ޖެނޮސަިއޑް ހިންގާ ޒަޔަނިސްޓުންނާ ގުޅުމަށް ނިންމާފައެވެ. މާނައަކީ ޔަހޫދީ ގައުމުގެ ދިޔަ ސައޫދީ އަރަބިއްޔާގައި ވިހުރޭނެ އެވެ.






