އިންގިލާބެއްގައި ގިނީ ބިސާއޯގެ ސަރުކާރު ބަދަލުކޮށްފި

އެފްރިކާގެ ގިނީ ބިސާއޯގެ ރިއާސީ އިންތިޚާބުގައި ދެ ކެންޑިޑޭޓުންވެސް އިންތިޚާބު ކާމިޔާބު ކުރި ކަމަށް އިއުލާން ކުރުމާ ގުޅިގެން ސިފައިން ވަނީ ދެ ކެންޑިޑޭޓުން ހައްޔަރުކޮށް ގައުމު ކޮންޓްރޯލު ކޮށްފައިވާ ކަމަށް އިއުލާން ކޮށްފައެވެ. އިންތިޚާބުގައި ވާދަ ކޮށްފައި ވަނީ މިހާރުގެ ރައީސް އުމަރު ސިސޯކޯއާއި ފާރނަންޑޯ ޑިއާސް އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފީހާއި ރިއާސީ ގަނޑުވަރާއި ދާޚިލީ ވުޒާރާ ކައިރީގައި ބަޑީގެ ހަމަލަތައް ބަދަލުކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!