އެމެރިކާގެ ރައީސް ޓްރަމްޕް އިންޑިއާގެ މުދަލަށް ނަފާ ޓެރިފް އިތުރު ކޮށް އިންޑިއާގެ އެކްސްޕޯޓަށް ހުރަސް އެޅުއްވިނަމަވެސް އިންޑިއާގެ ޖީޑީޕީ ދައްކަނީ ދުޅަހެޔޮ މިންވަރެއްގައެވެ. ދެވަނަ ކުއާޓަރުގައި އިންޑިއާގެ ގައުމީ އުފެއްދުންތެރިކަން ވަނީ %8.2 ގައި މައްޗަށް ޖެހިލާފައެވެ. މިއީ މިދިޔަ ހަ ކުއާޓަރުގެ ތެރޭގައި ފެނިގެން ދިޔަ އެންމެ މަތީ މިންވަރެވެ.
އުސްއަލިތައް:
- އިގްތިސާދު ކުރިއަރާ މިންވަރު: 26 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ގައުމި އުފެއްދުމުގެ ހަގީގީ ނިސްބަތް %8.2 އަށް ވަނީ އިތުރުވެފައި
- މިއީ ފުރަތަމަ ކުއާޓަރުގައި ފެނިގެން ދިޔަ %7.8 އާއި އަދި މީގެ އަހަރެއްހާ ދުވަސް ކުރީގެ %5.6 އަށް ވުރެން ބޮޑު ކުރިއެރުމެއް.
އިގްތިސާދުގައި ހަކަތަ ޖައްސައި ދެނީ:
- އުފެއްދުންތެރިކަން ވަނީ %9.1 އަށް އިތުރު ވެފައި.
- ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއަރާފައި ވަނީ %7.2 ގައި.
- ޚިދުމަތްތަކުގެ ދައިރާ ކުރިއަރާފައި ވަނީ %9.2 ގައި.
- މާލީ، ރިއަލް އެސްޓޭޓް، އަދި ޕްރޮފެޝަނަލް ޚިދުމަތްތަކުގެ ދައިރާ ކުރިއަރާފައި ވަނީ %10.2 ގައި.
- ރައްޔިތުންގެ ހޭދަކުރުމުގެ މިންވަރު ވަނީ %7.9 އަށް އިތުރުވެފައި.
- ދަނޑުވެރިކަން ވަނީ ފަހަތަށް ޖެހިފައި. ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރާފައިވަނީ އެންމެ %3.5 ގައި.
- ކަރަންޓާއި ގޭސް ފަދަ ޔުޓިލިޓީތައް ބޭނުން ކުރުން ފުޅާވެފައިވަނީ %4.4 ގައި.
- ނޮމިނަލް ޖީޑީޕީ ވަނީ %8.7 އަށް އިތުރުވެ 85 ޓްރިލިއަން ރުޕީސްއަށް އިތުރު ވެފައި ވޭ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ މި އަދަދުތަކުން އިގްތިސާދުގައި ބުރަދަނެއް ހުރިކަމަށް ވިދާޅުވެ މިއިން "ވަރަށް ހިތްވަރު ލިބޭ" ކަމަށް ވިދާޅުވެފައެވެ. އަދި މިއީ، އިގްތިސާދީ އިސްލާހުތަކާއި ރައްޔިތުންގެ "ބުރަ މަސައްކަތާއި ވިޔަފާރި" އާ ހެދި ލިބުނު ކާމިޔާބިއެއް ކަމަށް ސިފަ ކުރައްވާފައެވެ.







