ޓެންޒޭނިއާގެ ރައީސް ސާމިޔާ ހަސަން ސުލޫހޫ އަކީ އޭނާގެ އާއިލާއަށް ވަރަށް އޯގާތެރި ބޭފުޅެކެވެ. ސަރުކާރުގެ ކަމުވޮށިގެންވާ އެންމެހައި މަތީ މަގާމުތަކަށް އޭނާ ވަނީ ގާތްތިމާގެ ބޭފުޅުންނާއި ގާތް ރަހުމަތްތެރިން ހަމަޖައްސަވާފައެވެ.
އިދިކޮޅު ފަރާތްތަކުން ސިފަ ކޮށްފައި ވަނީ މިއީ "ފެމިލީޒަމް" ގެ ފަލްސަފާގެ ވައްޓަފާޅިއަށް ވެރިކަން ކުރުމުގެ ސިފައެއް ކަމުގައެވެ. އަދި ޓެންޒޭނިއާއިން ދުނިޔެއަށް މިކަމުން ނަމޫނާ ދައްކާތީ އިދިކޮޅު ފަރާތްތަކުން ވަނީ މަލާމާތުގެ ރާގަކަށް މިކަމަށ މަރުޙަބާ ކިޔާފައެވެ.
- ރައީސްގެ ދަރިކަނބަލުން ވާނޫ ހަފީދު އަމީރު ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
- ރައީސްގެ ކޮއްކޮ މުހައްމަދު މުޗެންގަރްވާ ވަނީ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވަން ނިންމަވާފައެވެ.
- ރައީސްގެ ކޮއްކޮއަކީ އިކޮނޮމީ މިނިސްޓަރެވެ.
- ރައީސްގެ އަންހެން ދަރިކަނބަލުންނަކީ ޕާލަމެންޓް މެމްބަރެކެވެ.
- މިނިސްޓަރު އޮފް ޑިފެންސް އަކީ އާއިލީ ރަހުމަތްތެރިއެކެވެ.
- ރައީސްގެ ކޮއްކޮއަކީ ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރެވެ.





