ބަންގްލަދޭޝްގައި ހައްދުފަހަނަޅާފައިވާ ސިޔާސީ ލީޑަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އިންޑިއާގެ އެހީތެރިކަން އެދިއްޖެ

ބަންގްލަދޭޝްގައި އިންޑިއާއާ ދެކޮޅަށް ވާހަކަ ދައްކާ އަދި ޙަސީނާ ސަރުކާރާ ދެކޮޅު ހަރަކާތްތެރިއެއް ކަމަށްވާ ޝަރީފް އުސްމާން ހާދީއަށް ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި އޭނާ ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މި ހާދިސާ ހިނގާފައިވަނީ ޑާކާގެ މަގެއްމަތީގައި ދުވާލު ގެ ވަގުތެއްގައެވެ. މި ހަމަލަ ދީފައި ވަނީ 3 މީހަކު ވެގެންނެވެ. އެމީހުން ވަނީ ހާދީގެ ބޮލަށް ބަޑިޖަހާފައެވެ.

ހާދީއަކީ ޑާކާ ގެ އިންތިޚާބީ ދާއިރާއަކަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާ މީހެކެވެ. އޭނާ މިހާރު ވަނީ ފަރުވާއަށް ސިންގަޕޫރަށް ގެންގޮސްފައެވެ.

މި ހަމަލާ ދިންތާ ދުވަސްކޮޅެއް ފަހުން، ބަންގްލަދޭޝްގެ ޔޫނުސްގެ ވަގުތީ ސަރުކާރުން ވަނީ އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި، ހަމަލާދިން މީހުން އިންޑިއާގެ ސަރަހައްދަށް ވަދެފައިވާނަމަ އެމީހުން ހައްޔަރުކޮށް ބަންގްލަދޭޝްއަށް ހަވާލުކުރުމަށް ނިއުދިއްލީއަށް ގޮވާލާފައިވެއެވެ. ނަމަވެސް ޑާކާ ފުލުހުން ބުނެފައިވަނީ، ހަމަލާދިން މީހުން އިންޑިއާއަށް ވަތްކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ އިންތިހާބުގެ ކުރިން އެ ގައުމުގެ އެތެރޭގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ސިޔާސީ ގޮތުން މީހުން މެރުމާއި، ބޮންގޮއްވުންތަކާއި، ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ހަމަލާތަކެއް ދެމުން ގެންދާތީ، ބައެއް ފަރާތްތަކުން ވަނީ މަސްރަހުގެ ހަލަބޮލިކަމަށް އިންޒާރު ދީފައެވެ. އަދި އެފަރާތްތަކުން ބުނެފައި ވަނީ ސިޔާސީ މަސްރަހުގައި ފާޅުކަން ބޮޑު ރޯލެއް އަދާކުރާ ފަރާތްތަކަށް ހަމަލާދިނުމަކީ ގައުމީ ސަލާމަތަށް ބުރޫއެރުމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހަމަލާތަކާއެކު، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު އަމާންކަމާއެކު އަދި އިންސާފުވެރިކަމާއެކު ބޭއްވުމުގެ އުންމީދު ކުޑަވެގެންދާނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!