ޓިއުނީޝިއާގައި އާދައިގެ މަތިން ޑިސެމްބަރު މަހުގެ ފިނި ދުވަހެކެވެ. 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު މުޙައްމަދު ބޫ ޢަޒީޒީ ދިޔައީ އޭނާގެ ގާޑިއާ ކޮއްޕަމުން، ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ގަންނާނެއްބާ ކިޔަމުންނެވެ. އެސާހިތަކުން ފުލުހުން އައިސް އޭނާ ބިންމައްޗަށް ކޮއްޕާލުމަށްފަހު އޭނާގެ ގާޑިއާ ފޭރިގަތެވެ. ބޫ ޢަޒީޒީގެ އާއިލާއަށް އާމްދަނީއަށް ބޭނުން ކުރާ ވަސީލަތް ދައުލަތުގެ ބާރުގެ ދަށަށް ގެންދިއުމުން އޭނާއަށް ގޮތް ހުސްވިއެވެ.
އުމުރުން 26 އަހަރުގެ ބޫ އަޒީޒީ އަމިއްލަ ގައިގައި ރޯކޮށްލިއެވެ. މިއީ އަރަބި ރަބީޢުގެ ހުޅު ރޯކޮށްލި ހާދިސާއެވެ. މި ހާދިސާއަށް މިއަދު 15 އަހަރު ފުރުނީއެވެ.
ދައުލަތުގެ ގޮށްމުށުގެ ބާރާއި ބޫ ޢަޒީޒީގެ ނިކަމެތި ކަމާއި މާޔޫސް ކަމަށް ހަމްދަރްދީވަމުން، ފައި އިނދޭ ފުރައިން މީހުން ސަރުކާރާ ދެކޮޅަށް ނިކުތެވެ. އެމީހުން ޒައިނުލްއާބިދީންގެ ސަރުކާރަށް އިއްވަމުން ދިޔައީ، ވަޒީފާނެތް ވާހަކައާއި ސަރުކާރުގެ ކޮރަޕްޝަނާއި، ޚިޔާލުފާޅުކުރުން ހަނިކޮށްފައިވާ ވާހަކައެވެ. ބަދަލަކަށް އިސްލާހަކަށް ގޮވާލަމުން ދިޔައެވެ.
މުޒާހަރާ ކުރި މީހުން 28 ދުވަހުގެ ތެރޭގައި އެމީހުންގެ އެދުން ކާމިޔާބު ކުރިއެވެ. ބުރުގީބާ ވެރިކަމުން ދުރަށް ލުމަށްފަހު ބާރުގަދަ ވެރިކަމެއް ކުރަމުން ދިޔަ ޒައިނުލް އާބިދީންގެ ސަރުކާރު ވައްޓާލުމުގައި ކާމިޔާބު ވިއެވެ.
ޓިއުނީޝިއާގެ މުޒާހަރާތަކުން ހިތްވަރު ލިބިގެން މިސްރާއި ލީބިޔާއާއި ޔަމަނާއި ސީރިއާގައި އެތައް މިލިއަން ބަޔަކު 2011 ވަނަ އަހަރު މަގުމައްޗަށް ނުކުތެވެ.
އަރަބި ކަރައިގައި ބަރުގަދަ 5 ވެރިންގެ ވެރިކަން ވައްޓާލިއެވެ. އަދި ދެން ތިބީންނަށްވެސް ބިރުވެރިކަން އިހުސާސް ކޮށްދިނެވެ.
ޓިއުނީޝިއާ:
- ޒައިނުލް އާބިދީން ބިން އަލީ (1936–2019): 23 އަހަރު ވެރިކަން ކުރުމަށް ފަހު ޖާނާއިގެން ސަލާމަތް ވާން ދިޔައި ރިޔާޟަށެވެ. އޭނާއާއެކު ޚަޒާނާގައި ހުރި ހުރިހގައި ރަންކޮޅުވެސް ގެންދިޔައެވެ. އޭނާގެ ޣައިރު ހާޒިރުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ފަހުން ކޯޓުން އިއްވައިފިއެވެ. ސައޫދީގައި އަރުވާލެވިގެން ހުރެ މަރުވީ 2019 ވަނަ އަހަރު އެވެ.
މިސްރު:
- ހުސްނީ މުބާރަކް (1928–2020): 30 އަހަރު ވަންދެން ވެރިކަން ކުރެއްވިއެވެ. މައިދާން ތަޙުރީރަށް ނިކުތް މީހުން އޭނާއަށް އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ. ޝަރީއަތް ކުރުމަށްފަހު ފަހުން އޭނާ ވަނީ ބަރީއަ ކޮށްފައެވެ. 2020 ވަނަ އަހަރު ޤާހިރާގައި އަވަހާރަވިއެވެ.
ޔަމަން:
- އަލީ އަބްދުالله ޞާލިޙް (1947–2017): 33 އަހަރު ވެރިކަން ކުރެއްވިއެވެ. 2012 ވަނަ އަހަރު ވެރިކަމުން ދުރުވެ ވެވަޑައިގެންނެވިއެވެ. އެއަށްފަހު ފަހުން ހޫޘީންނާ ގުޅިގެން އުޅުއްވުމަށްފަހު އެމީހުންނާ ގުޅުން ކަނޑާލެއްވިއެވެ. އަދި 2017 ވަނަ އަހަރު ހޫތީ ދިން ހަމަލާގައި އަލިފާނުން ފިހިގެން ނިޔައުވިއެވެ.
ލީބިޔާ:
- ޢަޤީދު މުއައްމަރު ގައްޒާފީ (1942–2011): 42 އަހަރު ވަންދެން ވެރިކަން ކުރެއްވިއެވެ. 2011 ވަނަ އަހަރު ނޭޓޯއާއި އެމެރިކާ އަޑީގައި އޮވެގެން ޤައްޒާފީވެ ވެރިކަން ވައްޓާލިއެވެ. 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބާޣީންގެ ބަޔަކު ޤައްޒާފީ ޝަހީދުކޮށްލިއެވެ.
ސީރިޔާ:
- ބައްޝާރުލް އަސަދު (1965–އަދިވެސް ދުނިޔޭގައި): ބައްޕައަށް ފަހު ވެރިކަން ވާރުތަވަގެން އަލަވީންގެ ވެރިކަން ދެމެހެއްޓިއެވެ. ބައެއްޕައެކޭ އެއްފަދައިން އަނިޔާވެރި ވެރިކަމެއް 24 އަހަރު ވަންދެން ކުރިއެވެ. އަދި އޭނާއާ ދެކޮޅަށް ސުންނީ މުސްލިމުން 14 އަހަރަށް ދެމިގެންދިޔަ އަހުލީ ހަނގުރާމައެއް ކުރިއެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޝެއިޚު ޖހައުލާނީގެ ހަނގުރާމަވެރިން އޭނާގެ ވެރިކަން ވައްޓާލިއެވެ. މިހާރު އުޅުއްވަނީ މޮސްކޯގައި ވީޑިއޯ ގޭމް ކުޅުއްވާށެވެ.
ބަހުރައިން:
- ގިނަ އަދަދަކަށް ޝީއީންގެ ބައިވެރިވުމާއެކު މުޒާހަރާތައް ކުރިއަށް ގެންދިޔަ ބަހުރައިންގައި ޚަލީފާގެ 19 އަހަރުގެ ވެރިކަން ސަލާމަތް ކުރެވުނީ ކިރިޔާއެވެ.
އަރަބި ރަބީޢަށް ފަހު:
تحرش.. ترويج للشـ.ـذوذ.. ورموزٌ تحمل دلالاتها.. إلى أين؟
تنويه للأصدقاء: أعتذر عن فظاعة هذه المشاهد.. ولكن ما تم اختياره هو الأخف حدة. pic.twitter.com/t3dBnVYYKd
— zahraa dirani ||زهراء ديراني🇱🇧🇾🇪 (@D_Zahraa444) December 16, 2025
- އަރަބި ވެރިންނަށް ވަނީ ޒުވާނުންގެ ޕަވަރު އިހުސާސް ވެވަޑައިގެންފައެވެ. އެހެންވެ ސަލަފީ ފިކުރުއާންމު ވެފައި އޮތް ގައުމުތަކުގައި މިހާރު ދެޖިންސުން މައްސުނިވެ ނާޗަރަންގީ ބޭއްވުމާއި މިޘްލީންގެ ލެސްބިއަން އަދި ގޭ ހަރަކާތްތަކަށް ނުސީދާކޮށް ހުއްދަ ދީފައިވާ މަންޒަރު މީސްމީޑިއާގެ ވީޑިއޯ ޕޯސްޓްތަކުން ފެނެއެވެ.
އަދި ސަރުކާރަށް ވަފާތެރި ދަންނަ ބޭކަލުން ވަނީ ވަލީ އަމުރު ފާޅުގައި ޒިނޭ ކުރި ކަމުގައި ވިއަސް އަދި ލިވާޠު ކުރިކަމުގައި ވިއަސް އޭނާއާ ދެކޮޅަށް ނިކުމެގެން ނުވަނެ ކަމަށް ބުނެ ފަތުވާ ނެރެފައެވެ.
لا يجوز الخروج على الحاكم ……… حتى لو كان ……….#لبت_لبت pic.twitter.com/3arGGOq9QR
— حسين مرتضى / اعلامي وصحفي (@mortadapress) December 16, 2025







