މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް ކަރަންޓު އިގްތިސާދު ކުރުމުގެ މަގްސަދުގައި، ހޮނިހިރު ދުވަސް ކަމަށްވާ މާރިޗު 28 އިން ފެށިގެން ފިހާރަތަކާއި، މޯލްތަކާއި އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބަހައްޓާނީ ރޭގަނޑުގެ 9:00 ޖަހާއިރަސް ކަމަށް މިސްރު ސަރުކާރުން ނިންމައިފިއެވެ. ނަމވެސް ހުކުރު އަދި ހޮނިހިރު ދުވަހު ރޭގަނޑު 10:00 އާ ހަމައަށް ވަގުތު އިތުރުކުރުމުގެ ހުއްދަ ދެވޭނެއެވެ.
މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދުބޫލީ ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަޅާ ފިޔަވަޅެކެވެ. އަދި މި ނިންމުމަށް އަމަލުކުރަން ފަށާނީ ފިޔަވަހިތަކަކަށް ބަހާލައިގެން އެއް މަސް ދުވަހުގެ މުއްދަތަށެވެ.
މި ނިންމުމުގެ ސަބަބުން، ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުވެ، ބާޒާރުތަކާއި އެކި ހަރަކާތްތައް ހިންގާ ވަގުތުތައް ތަރުތީބުވެގެންދާނެ ކަމަށް މިސްރުން ބުނެއެވެ.






