image: original mothers
image: original mothers

އެމެރިކާގައި އާއިލީ ނިޒާމު ރޫޅި ޒިނޭ އާންމުވުމަށް މެދުވެރިވި ސަބަބުތައް

މީގެ 120 އަހަރު ކުރިއަށް ބަލާއިރު، އެމެރިކާއަކީ ދުނިޔޭގެ އެހެން ގައުމުތަކޭ އެއްފަދައިން އާއިލީ ގުޅުންތައް ވަރުގަދަ، އަދި ހަޔާތުގެ ކަންކަމުގައި މަޑުމައިތިރިކަމާއި ލަދުވެތިކަން އިސްކުރި މުޖުތަމައެކެވެ. ނަމަވެސް، އަންހެނުންގެ ހައްގުތަކުގެ ނަމުގައި ތައާރަފުކުރެވުނު އާ ގާނޫނުތަކަކާއެކު އެ ގައުމުގެ އިޖުތިމާއީ ފޭރާން ދޭސީވެ  ލޫދިގެން ދިޔައީއެވެ.

އާއިލީ ނިޒާމު ރޫޅާލުމަށް ޔަހޫދީ ފިކުރުގެ ފަސާދަ އުފައްދަނިވި، ރޭވުންތެރިން ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ އަންހެނުންނެވެ. ކައިވެނި ރޫޅާލުމުން ފިރިމީހާގެ މުދަލުގެ ދެބައިކުޅަ އެއްބައި އަންހެން މީހާއަށް ލިބުމާއި، ދަރިންނާއި ގެދޮރުގެ މިލްކުވެރިކަން އަންހެން މީހާއަށް ދިނުމަށް ހެދި ގާނޫނުތަކުގެ ސަބަބުން ކައިވެނި ފިރިހެނުންނަށް ބޮޑު ބުރައަކަށް ވެގެންދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބައެއް އަންހެނުން މުއްސަނދި ފިރިހެނުންނާ ކައިވެނިކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރިވެ މުދާ ފޭރިގަތުމުގެ އަމަލުތައް އިތުރުވިއެވެ.

މިފަދަ ގާނޫނީ މަޖުބޫރުވުންތަކުގެ ސަބަބުން ފިރިހެނުން ކައިވެންޏާ ދުރުހެލި ވިއެވެ. އަދި 'ޑޭޓިންގ' ނުވަތަ ކައިވެނިން ބޭރުން އަންހެނުންނާ ވަގުތީ ގުޅުން ހިންގުމަށް އިސްކަންދޭން ފެށިއެވެ. މި ގުޅުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުން ބަލިވެ އިންނަން ފެށިއެވެ. މި ކަމާ ގުޅިގެން ލިބެން ފެށި ނަހަލާލު ދަރިންނަށް ހައްގު ތައް ހޯދައި ދިނުމަށް ތަފާތު އިސްކީމެއް ފެށިއެވެ. 'ސިންގަލް މަދަރ' ނުވަތަ އެކަނިވެރި މައިންގެ މަފްހޫމު އުފެދިގެން އައީ މިކަމުގެ ތެރޭންނެވެ. މިފަދަ ދަރިން ބަލަން ޖެހުމުގެ މައްސަލަ އެމެރިކާގައި އާންމު ކަމަކަށް ވެގެން ދިޔައެވެ. މިއަދު އެމެރިކާގެ ގިނަ އަންހެނުންނަކީ ބައްޕާ ކަށަވަރު ނުވާ އެތަކެއް ދަރިން ބެލުމަށްޓަކައި ބުރަ މަސައްކަތް ކުރަން ޖެހިފައިވާ ބަޔެކެވެ.

މަޝްހޫރު ފަލްސަފާވެރިޔާ ޖީ.ކޭ. ޗެސްޓަޓަން ވިދާޅުވެފައިވާ ގޮތުގައި، "އާއިލާގެ ދައުރު ނެތިކޮށްލުމުން، އިންސާނާއަށް ދެން ބާކީ އޮންނާނީ ހަމައެކަނި ދައުލަތާއި ބާޒާރެވެ." މިއީ ކެޕިޓަލިޒަމް ނުވަތަ އިގްތިސާދީ ނިޒާމުގެ ފައިދާއަށްޓަކައި އާއިލީ ނިޒާމު ރޫޅާލުމަށް ހިންގުނު ބޮޑު ރޭވުމެއްގެ ނަތީޖާއެވެ.

މިހާރު މި ރޭވުންތައް މުސްލިމް ގައުމުތަކަށް އަމާޒުވެފައިވާކަމުގެ އިންޒާރު އިސްލާމީ މުފައްކިރުން ދެއްވައެވެ. ކައިވެނި ކުރުން އުނދަގޫ ވާ ގޮތްގޮތަށް ތަފާތު މަޖުބޫރުތައް ގާނޫނީ އޮނިގަނޑުގެ ތެރޭން މަޖުބޫރު ކުރުމާއި، މާއްދީ ޚަރަދުތައް ބޮޑުކުރުމާއި، ކައިވެންޏަށް ދައުލަތުން އިސްކަން ނުދީ އެކަނިވެރި މައިންގެ ކަންކަމަށް އިސްކަން ދިނުމާއި ވަރިވުމުން މުދަލުން ބޮޑު ބައެއް ދޭންޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގެ މަގްސަދަކީ ޒުވާނުން ކައިވެންޏާ ދުރުހެލިކޮށް، މުސްލިމް މުޖުތަމައުތަކުގައި ވެސް ޒިނޭ އާއި ނަހަލާލު ގުޅުންތައް އާންމުކުރި ބީދައިން އިސްލާމީ މުޖުތަމައުގައި މި ވަބާ އަށަގެންނެވުމަށް މަސައްކަްތ ކުރުމެވެ.

ހިއްސާ ކުރައްވާ!