ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ޝޭރާ ބޯޑު" ގެ އުފެއްދުންތަކުގެ ތެރެއިން، ފާރުގައި ފިލާޖަހައިގެން ޒީނަތްތެރިކުރާ ފަރާތްތަކާއި ގެދޮރު މަރާމާތުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތައާރަފުކޮށްފައިވާ ޝޭރާ ވައިޑް ގްރޫވް މިހާރު ބާޒާރަށް ގެނަސްފިއެވެ.
ދިވެހިންގެ ތެރޭގައި ގެދޮރު އިމާރާތްކުރުމާއި ޒީނަތްތެރިކުރުމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ ޒަމާނަށް ދިގުދެމިގެންދާ ފެންވަރު ރަނގަޅު ތަކެތި ބޭނުންކުރުމަށެވެ. ބޮޑު ހޭދައެއް ކޮށްގެން ކުރިއަށް ގެންދާ މިފަދަ މަޝްރޫއުތައް ނިންމާއިރު، ކުރު މުއްދަތެއްގެ ތެރޭގައި މަރާމާތުކުރުމަށް ބޮޑު ހޭދައެއް ކުރަން ނުޖެހޭނެކަން ކަށަވަރުކުރުމަކީ ކޮންމެ ގެދޮރުވެރިއެއްގެވެސް އެންމެ އިސް އަމާޒެވެ.
ޚާއްސަކޮށް ގެދޮރުގެ ބޭރުފާރާއި އެތެރޭގެ ފާރުތައް ޒީނަތްތެރިކުރުމުގައާއި، ފާރުތަކުގައި ފިލާޖަހައިގެން މަރާމާތުކުރުމުގައި މޫސުމުގެ އަސަރުތަކުން ސަލާމަތްވެފައިވާ ވަރުގަދަ މެޓީރިއަލްތައް ހޯދުމަށް ގިނަ ބަޔަކު އިސްކަންދެއެވެ. މިފަދަ ބޭނުންތަކަށް އެންމެ އެކަށީގެންވާ ޒަމާނީ ފެންވަރުގެ ހައްލެއް ރާއްޖޭގެ ހާރޑްވެއަރގެ ދާއިރާގައި މަގުބޫލު ސްޓީލް ހާޑްވެއާ އިން މިވަނީ ފޯރުކޮށްދީފައެވެ.
ފައިބަރ ސިމެންތި ބޯޑުގެ މި އުފެއްދުމަކީ މިއަދު ބާޒާރުގައި ލިބެންހުރި އެންމެ ފެންވަރު ރަނގަޅު އުފެއްދުމެވެ. ޕޯޓްލޭންޑް ސިމެންތި، ސެލިއުލޯޒް ފައިބާ އަދި ރިފައިންޑް ވެލި އެކުލެވިގެންވާ، އަދި އޮޓޯކްލޭވް ޕްރޮސެސަކުން ތައްޔާރުކޮށްފައިވާ މި ބޯޑަކީ ތިމާވެއްޓާވެސް ރައްޓެހި، މަސައްކަތްކުރަން ފަސޭހަ އުފެއްދުމެކެވެ.



ކެސިއާނޯގެ ހިތްގައިމު ސަރފޭސް ފިނިޝިންގއާއެކު ލިބެންހުންނަ މި ބޯޑަކީ ސިއްހަތަށް ގެއްލުންދޭ އެސްބެސްޓޯސް ނުހިމެނޭ އަދި ކަތުރުފަނި އެޅުމުން ސަލާމަތް ކޮށްދޭ މޫސުމީ ތެތްކަމާއި ހޫނު މާހައުލަށް ކެތްކުރެވޭގޮތަށް ފަރުމާކޮށްފައިވާ އޭ ގްރޭޑްގެ މަތީ ފެންވަރުގެ އުފެއްދުމެކެވެ.
- ހުރިހައި މޫސުމަކަށް މުނާސިބު މި އުފެއްދުމަކީ ފެން ޖެހުމުން ތެމިފޯވެގެން ނުދާ އަދި އަލިފާން ނުހިފާ މާއްދާއިން އުފައްދާފައިވާ އުފެއްދުމެކެވެ.
- މި ބޯޑްގެ ފުރިހަމަ ކަމުގެ ތެރޭގައި މިއީ، ބިއްގަނޑު ޖެހުމަށް ބޭނުން ކޮށްފިނަމަ އެއްފަރާތުން އަނެއް ފަރާތަށް އަޑު ކަނޑުވައިދޭ އުފެއްދުމެއްވެސް މެއެވެ.
- މި ބޯޑް ލިބެން ހުންނާނީ 6 މިލިމީޓަރާއި 8 މިލިމީޓަރުގެ ސައިޒުތަކުގައެވެ.މި ބޯޑަކީ ބޭރުފާރު ޒީނަތްތެރިކުރުމާއި، ކައުންޓަރ ޓޮޕްސްއަށް ބޭނުން ކުރެވޭ، އަދި ރިސެޕްޝަން ޑެކަރޭޝަންއާއި ތަފާތު ވައްތަރުގެ ފަރުނީޗަރު ހެދުމަށްވެސް ބޭނުން ކުރެވޭ ވަރަށް ފުރިހަމަ އުފެއްދުމެކެވެ.
ރާއްޖޭގެ ބާޒާރުގައި 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ ސްޓީލް ހާޑްވެއާ އަކީ ޝޭރާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެކެވެ.
ހޮސްޕިޓާލިޓީ އިންޑަސްޓްރީއާއި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން އާންމު ގެދޮރުވެރިންގެ މެދުގައިވެސް މަގުބޫލު މި ބޯޑު ލިބޭނީ ހަމައެކަނި ސްޓީލް ހަރޑްވެއަރގެ ފިހާރަތަކުންނެވެ.
ތިޔަ ބޭފުޅުންގެ ގެދޮރުގެ ފާރުތަކަށާއި އިންޓީރިއަރަށް ޒަމާނީ ފުރިހަމަކަމެއް ގެނައުމަށް ސްޓީލް ހާޑްވެއަރއަށް ޒިޔާރަތް ކުރައްވައިގެން މި އުފެއްދުން ތަޖުރިބާ ކޮށްލެވޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް 3341512 ނަންބަރަށް ގުޅާލެވޭނެއެވެ.
ނޯޓް: މިއީ ސްޓީލް ހާޑްވެއާގެ އެޑްވަޓޯރިއަލްއެކެވެ.








