ސުންނީންނާ ދެކޮޅަށް މަސައްކަތް ކޮށްފައި ވަނީ ގަލްފްގެ އަރަބިން!

ގަލްފުގެ އަރަބި ދައުލަތްތަކުން މާލީ އެހީތެރިކަން ފޯރުކޮށްދީގެން ސައްދާމް ހުސައިންގެ ސުންނީ ވެރިކަން ނިމުމަކަށް ގެނައެވެ.

ހަމައެފަދައިން، އެ ގައުމުތަކުގެ ނުފޫޒާއި ފައިސާ ބޭނުންކޮށްގެން ސޫދާނާއި ލީބިޔާ ފަދަ ސުންނީ ގައުމުތައް ބަނގުރޫޓުކޮށް ސުންނާފަތިކޮށްލިއެވެ.

މިސްރުގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސުންނީ ސަރުކާރު، ރައީސް މުރުސީގެ ޒައާމަތުގައި އޮއްވާ، އެއީ އިޚުވާނުލްމުސްލިމޫންގެ ފިކުރު ކަމަށް ބުނެ ގަލްފުގެ ގައުމުތަކުން އެ ސަރުކާރު ވައްޓާލުމުގައި އިސް ދައުރެއް އަދާކުރިއެވެ.

މީގެ އިތުރުން، މިސްރުގެ މަސްލަހަތުތަކާ ދެކޮޅަށް އިތިއޮޕިއާއަށް ވާގިވެރިވެ، އެ ގައުމުގެ ފެނުގެ ވަސީލަތްތަކަށް ހުރަސްއެޅުމަށް ގަލްފުން މަސައްކަތް ކުރިއެވެ.

އަފްޣާނިސްތާނުގެ ސުންނީ މުޖުތަމައާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގައިވެސް ގަލްފުގެ ގައުމުތަކުން ސުންނީ ތާލިބާނާ ދެކޮޅަށް ތާއީދުކުރީ ސޮލީބީ ބާރުތަކަށެވެ.

ފަލަސްތީނުގެ ސުންނީ ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުތަކަށް ފުރުސަތުދީ، އިސްރާއީލާއެކު ގުޅުންތައް ބަދަހިކުރަމުން ދިޔައީ ގަލްފްގެ ގައުމުތަކުންނެވެ.

ބޮސްނިއާގެ ސުންނީ މުސްލިމުންނަށް ގަލްފުން އެހީތެރިވެ ނުދިނުމުން އެ އެކަނިވެރިވި ދަނޑިވަޅުގައި އެހީތެރިކަމުގެ އަތެއް ދިއްކުރީ އީރާނުންނެވެ.

ތާރީޚީ މި ހަގީގަތްތައް މިހެން ހުރި ނަމަވެސް، އަދިވެސް މި ވެރިން ދައުވާކުރަނީ ސުންނީންނާ ދެކޮޅަށް މަސައްކަތް ކުރަނީ އީރާނުން ކަމަށެވެ!

ހިއްސާ ކުރައްވާ!