ވޯލްޑް ކަޕުގެ ފޯރި ގޭތެރެއަށް ގެނެސްދޭނެ ގޮތުގެ 6 ފިޔަވަޅެއް

2026ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައިވާއިރު، މުބާރާތުގެ ފޯރި އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި ބޮޑު ޚަރަދެއްކޮށްގެން ދަތުރުކުރާކަށް ނުޖެހެއެވެ. ސިޓިންގްރޫމަށް ގެންނަ ކުދިކުދި ބަދަލުތަކުން، ދަނޑުގެ ފޯރި ގޭގެ ސިޓިންގްރޫމަށް ގެނެސް، ރައްޓެހިންނާއެކު މެޗުތައް ބަލާލެވޭނެ ހިތްގައިމު މާޙައުލެއް ބިނާކުރެވިދާނެއެވެ.

އެގޮތުން ގޭގެ ޒީނަތްތެރިކަން ގެއްލުވައި ނުލައި، މެޗު ބަލާލަން ތައްޔާރުވެވިދާނެ 6 ގޮތެއް:

ފަސޭހައަށް ސިޓިންގްރޫމް ތަރުތީބުކުރުން

  • ފުރަތަމަ ފިޔަވަޅު: ގޮނޑިތައް "ޔޫ" ބައްޓަމަށް ބެހެއްޓުން: ޓީވީ ސިޓިންގްރޫމްގެ މެދުގައި ބެހެއްޓުމަށްފަހު، ސޯފާތަކާއި ގޮނޑިތައް ބަހައްޓާނީ ޓީވީއަށް ސީދާ ވާގޮތަށެވެ. މީހުން ގިނަނަމަ، ކުރީ ސަފުގައި ބޮޑެތި ކުޝަން ބާލީސް ނުވަތަ ކުދި ގޮނޑި ބަހައްޓައި، އޭގެ ފަހަތުގައި ބޮޑު ސޯފާ އަދި އެންމެ ފަހަތުގައި ޑައިނިންގ ޗެއަރތައް ބަހައްޓައިގެން ދަނޑުގެ ސިޑިބަރިއެއް ގެ ބައްޓަމަށް ސިޓިންރޫމް ފަރުމާކުރެވިދާނެއެވެ.

  • ދެވަނަ ފިޔަވަޅު: ޓީވީގެ ސްކްރީން "ސްޕޯޓްސް މޯޑް" އަށް ބަދަލުކުރުން: ޓީވީގައިވާ ސްޕޯޓްސް މޯޑް ޖެއްސުމުން، ބޯޅަ ދުވާ ދުވެލި ވަރަށް ސާފުކޮށް ފެންނާނެއެވެ. ނަމަވެސް، ކުލަ މާ ގަދަވެގެން ލޮލަށް އުނދަގޫވާނަމަ، 'ލައިޓް' ބަދަލުކޮށްލައި، ވިދުން ކުޑަކޮށްލުމުން ލޮލަށް ފަސޭހަ ޠަބީޢީ ކުލައަކަށް ބަދަލުވާނެއެވެ.

  • ތިންވަނަ ފިޔަވަޅު: ދަނޑުގެ އަޑު ގޭތެރެއަށް ގެނައުން: ސައުންޑްބާރެއް ބޭނުންކުރާނަމަ، އެ އެއްޗެއް ބަހައްޓާނީ ސީދާ ޓީވީގެ ތިރީގައެވެ. ސައުންޑް ސިސްޓަމްގެ ސެޓިންގްސްއިން ސަރައުންޑް ސައުންޑް ނުވަތަ ސްޓޭޑިއަމް މޯޑް ޚިޔާރުކުރުމުން، ދަނޑުގެ ސަޕޯޓަރުންގެ ހަޅޭކުގެ އަޑު ގޭތެރެއިންވެސް ހަމަ އެގޮތަށް އިވޭނެއެވެ.

އަލިކަމާއި ކެއިންބުއިމުގެ ކަންތައްތައް ތަރުތީބުކުރުން

  • ހަތަރުވަނަ ފިޔަވަޅު: ލޮލަށް ފަސޭހަ އަލިކަމެއް ގޭ ތެރޭގައި ބެހެއްޓުން: ކޮޓަރި މާ ބޮޑަށް އަނދިރިކޮށްލުމަކީ ލޮލަށް ގެއްލުން ހުރި ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ޓީވީގެ ފަހަތުގައި ލެދް ފައްޗެއް ހަރުކުރުމެވެ. ނުވަތަ ކޮޓަރީގެ ކަނެއްގައި މަޑު އައްޔެއް ދޭ ބޮއްކެއް ދިއްލާފައި ބެހެއްޓުމެވެ.

  • ފަސްވަނަ ފިޔަވަޅު: ކާ އެއްޗެހި މޭޒުގެ އެއްފަރާތެއްގައި ބެހެއްޓުން: މެޗު ބަލާއިރު ކާނެ ފޮޕްކޯން، ޗިޕްސް، ސޭންޑްވިޗް އަދި ބުއިންތައް ބަހައްޓާނީ ސިޓިންގްރޫމްގެ މެދުގައެއް ނޫނެވެ. މެދުގައި ބެހެއްޓުމުން ޓީވީ ބަލަން އުނދަގޫވެ، މީހުން ޓީވީ ކުރިމަތިން ހުރަސްކުރަން ޖެހެއެވެ. މޭޒު ބަހައްޓާނީ ސޯފާގެ ކައިރީގައެވެ.

  • ހަވަނަ ފިޔަވަޅު: މެޗަށްފަހު ސާފުކުރަން ފަސޭހަ ގޮތްތައް ހޯދުން: މެޗު ނިމުމުން ސާފުކުރުމުގެ ބުރަ ކުޑަކުރުމަށްޓަކައި، ކައިރީގައި ވަށިގަނޑެއް ބަހައްޓާށެވެ. އަދި ކާނާ ސާވްކުރުމަށް އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކަރުދާސް ތަށި ނުވަތަ ޕްލާސްޓިކް ތަށި ބޭނުންކުރުމުން، މެޗަށްފަހު ތަށި ދޮންނަން ޖެހޭ ބުރަކަމުން ސަލާމަތްވާނެއެވެ.

މި ކުދިކުދި ކަންތައްތައް ހަމަޖައްސާލުމުން، ނުވަދިހަ މިނެޓުގެ ކޮންމެ މެޗަކީ ރައްޓެހިންނާއެކު ހޭދަކުރެވޭނެ އުފާވެރި، ހަނދާން ނުނެތޭނެ ފަދަ ވަގުތުތަކަކަށް ވެގެންދާނެއެވެ. އަލްޖަޒީރާ

ހިއްސާ ކުރައްވާ!