ޒެމްބިއާގެ ފުޓްބޯޅަ މެޗެއްގެ 'މޭން އޮފް ދަ މެޗް' އަށް އިނާމަކަށް ބިސްޓްރޭ ތަކެއް

ޒެމްބިއާގެ ފުޓްބޯޅަ މެޗަކަށްފަހު، އެންމެ މޮޅު ކުޅުންތެރިޔާއަށް ދިން އާދަޔާ ހިލާފު އިނާމެއް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.

ލޯކަލް މީޑިއާ ރިޕޯޓުކުރާ ގޮތުގައި، ޒެމްބިއާ ސުޕަރ ލީގުގައި ޕަވަރ ޑައިނަމޯސް އާއި އެންކާނާ ބައްދަލުކުރި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެނެޑީ މުސޮންޑާއަށް ވަނީ 'ޕްލޭޔަރ އޮފް ދަ މެޗް’ގެ މަގާމު ލިބިފައެވެ. އެ މެޗުން ޕަވަރ ޑައިނަމޯސް 1-0 އިން މޮޅުވިއިރު، މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ވެސް މުސޮންޑާއެވެ.

އޭނާގެ މި މޮޅު ކުޅުމަށް އިނާމެއް ދިން ނަމަވެސް، މީހުންގެ ސަމާލުކަން ހުއްޓުނީ އެ އިނާމަށެވެ. އާންމުކޮށް މިފަދަ މެޗުތަކުގައި ދޭ ފަދަ ޓްރޮފީއެއް، ޝީލްޑެއް، ނުވަތަ ފައިސާގެ އިނާމެއް ދިނުމުގެ ބަދަލުގައި، މުސޮންޑާއަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ 5 ބިސް ޓްރޭ އެވެ.

މި އާދަޔާ ހިލާފު އިނާމާ މެދު ފުޓްބޯޅަ ސަޕޯޓަރުންނާއި ކުޅުންތެރިން ވެސް ތިބީ ހައިރާންވެފައެވެ.

ހިއްސާ ކުރައްވާ!