އެމެރިކާ 20: 9/11 ގެ ކުރިން އިރާގު ހަނގުރާމަ ރޭވިގެންދިޔަ ގޮތް

2003 ވަނަ އަހަރު އިރާގަށް އެމެރިކާ ސިފައިން އެރި ގޮތާ ބެހޭގޮތުން ވޭތުވެދިޔަ ވިއްސަކަށް އަހަރު ބުނެފައިވާ ވާހަކައަކީ، އެއީ ސެޕްޓެމްބަރު 11 ގެ ހާދިސާއަށްފަހު އެމެރިކާއިން ކުއްލިއަކަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ގިނަބަޔަކު މަރާލެވޭ ފަދަ ބޮޑެތި ގެއްލުން ދެނިވި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނެ ލިބުނު ނުބައި މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، ހެޔޮ ނިޔަތެއްގައި ނަމަވެސް ހެދުނު ގޯހެއް ކަމަށެވެ!

ނަމަވެސް، އެ ޒަމާނުގެ ސިއްރު މުއާމަލާތުގެ ސިއްރުކަން ކެނޑުމުން އެއިރު ބަދަލުކޮށްފައިވާ ސިޓީ ނޯޓާއި މެމޯތަކާއި، ކޮންގްރެސްގެ ރެކޯޑުތަކާއި، އަދި ސިޔާސީ ރޭވުންތައް ފުންކޮށް ދިރާސާކޮށްލުމުން ހާމަވަނީ މި އުދުވާނީ ހަމަލާއަކީ މިއަށްވުރެ މާ ބޮޑަށް ރާވައިގެން ހިންގާފައިވާ ހަގީގަތެއް ކަމަށެވެ. އިރާގުގެ ސިޔާދަތު ނިގުޅައި ގަނެ ސަރުކާރު ވައްޓާލުމަކީ ބަދަލުވަމުންދިޔަ ދުނިޔެއަށް ކުއްލިއަކަށް ދިން ރައްދެއް ނޫނެވެ. އެއީ މީގެ އަހަރުތަކެއް ކުރިން، ވަކި ފިކުރެއްގެ ހަރުކަށި ސިޔާސީ ބައެއްގެ މެދުގައި ކަރުދާހުގައި ރޭވި، ކުރިން ފަރުމާކޮށްފައިވާ އޮޕަރޭޝަނެކެވެ. އެމީހުން 9/11 ގެ ބިރުވެރި ހާދިސާ ބޭނުންކުރީ އެ ރޭވުން ތަންފީޒު ކުރުމަށް ލިބުނު އެންމެ ފަހުގެ ސިޔާސީ ބަހަނާއެއްގެ ގޮތުގައެވެ.

މަލްޢޫނު ޕޯލް ވޮލްފޮވިޓްް ދޮގު ހެދުމަށް ނިޔަތް ގަނެގެން ހުވާ ކުރަނީ

ރޭވުންތެރިންނާއި އެމީހުންގެ ރޭވުން

މި ޖިއޯޕޮލިޓިކަލް ހަމަނުޖެހުން އުފެއްދުމަށް ރޭވި މައި މަރުކަޒަކީ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އާއި ގައުމީ ސަލާމަތާ ބެހޭ އިދާރާތަކުގެ ތެރޭގައި ތިބި، ނިއޯކޮންޒަވެޓިޒަމް ކަމަށްވާ ފަހުގެ ކޮންޒަވެޓިވް ފިކުރުގެ އަވައިގައި މަސައްކަތްކުރި މަދަނީ އޮފިޝަލުންގެ ވަކި ގްރޫޕެކެވެ. މީގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވީ ޑެޕިއުޓީ ސެކްރެޓަރީ އޮފް ޑިފެންސް ޕޯލް ވޮލްފޮވިޓްޒް އެވެ. ޔަހޫދީ ބޭފުޅެކެވެ! އޭނާގެ އިތުރުން ޑިފެންސް ޕޮލިސީ ބޯޑުގެ އޭރުގެ ޗެއަރމަން ރިޗަޑް ޕާލް އާއި، އަންޑަރސެކްރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީ ޑަގްލަސް ފެއިތު ހިމެނުނެއެވެ.

ޖޯޖް ޑަބްލިޔު ބުޝް ރައީސްކަމުގެ ހުވާކުރެއްވުމުގެ އެތައް އަހަރެއް ކުރިންވެސް، މި ބޭފުޅުން ވަނީ އިރާގާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ސިޔާސަތުތައް ރާވާފައެވެ. އަދި އދ. ގެ ޑިޕްލޮމެސީގެ މަސައްކަތްތަކަށް ފުރަގަސްދީފައެވެ. ފެބްރުއަރީ 1998 ގައި އެމެރިކާ ކޮންގްރެސްގެ އިންޓަރނޭޝަނަލް ރިލޭޝަންސް ކޮމިޓީގެ ކުރިމަތީގައި ދެއްވި ބަޔާނެއްގައި، ސައްދާމުގެ ވެރިކަން ގަދަކަމުން ބަދަލުކުރުމުގެ ސްޓްރެޓެޖީގެ ބޭނުންތެރިކަން ވޮލްފޮވިޓްޒް ވަނީ ސާފުކޮށް ކިޔައިދީފައެވެ. އޭނާ ބުނެފައިވަނީ އިރާގު އޮތީ "ބޮޑު ބަޣާވާތަކަށް ފައްކާވެފައި" ކަމަށާއި، އިދިކޮޅު ބާރުތައް ރައްކާތެރިކަމާއެކު ހަރަކާތްތެރި ކުރުވުމަށްޓަކައި އެމެރިކާގެ ހިމާޔަތް ލިބިގެންވާ އަސްކަރީ ރައްކާތެރި ސަރަހައްދެއް ގާއިމުކުރުމަށް އޭނާ ބާރުއެޅިއެވެ.

މި ސިޔާސަތު ރަސްމީ ސިފައެއްގައި އެކުލަވާލީ "ޕްރޮޖެކްޓް ފޯ ދަ ނިއު އެމެރިކަން ސެންޗުރީ" ގެ ސުރުޚީގެ ދަށުން މަސައްކަތް ކުރި ހަރުކަށި ޚިޔާލުތަކުގެ ތަޖުރިބާކާރުިންނެވެ. މި ކަން ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ވޮލްފޮވިޓްޒް، ޑޮނަލްޑް ރަމްސްފެލްޑް އަދި ޖޯން ބޯލްޓަން ހިމެނެއެވެ.

ސެޕްޓެމްބަރު 2000 ގައި ނެރުނު ޕްރޮޖެކްޓް ފޯ ދަ ނިއު އެމެރިކަން ސެންޗުރީގެ ސްޓްރެޓެޖީ ރިޕޯޓް "ރީބިލްޑިންގ އެމެރިކާސް ޑިފެންސަސް" ގައި، މި ލިޔުންތެރިން ފާހަގަކޮށްފައިވަނީ މެދުއިރުމަތީގައި އެމީހުން ބޭނުންވާ ފަދަ ފުޅާ އަސްކަރީ ބަދަލެއް ގެނައުމަށް ގިނަ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި ބުނެފައި ވަނީ "ނުރައްކާތެރި އަދި ކުއްލި ބޮޑު ހާދިސާއެއް ހިނގުން ނޫނީ އާ ޕާލް ހާބަރެއް ފަދަ ހާދިސާއެއް ނުހިނގާހާ ހިނދަކު މި ފަދަ ކަމެއް އަވަހަށް ކުރެވޭނެ ގޮތެއް ނޯންނާނެ" ކަމަށެވެ.

އޭގެ އެއް އަހަރު ފަހުން، ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދެވުނު ހަމަލާތަކާއެކު، މި ރޭވުންތެރިން ބޭނުންވި ފަދަ ދަނޑިވަޅެއް ފަހިވިއެވެ. އަދި އެމީހުންގެ ޚާރިޖީ ސިޔާސަތުގެ އަމާޒުތައް ބަދަލު ކުރާކަށް ނުޖެހުނެވެ. އަދި އެ ހަމަލާތަކުގެ ނިވަލުގައި އެމީހުންގެ ކުރީގެ ރޭވުންތައް ތަންފީޒު ކުރުމަށް މަސައްކަތް ފެށީއެވެ. ސެޕްތެމްބަރު 11 ގެ ހާދިސާ ވެގެންދިޔައީ ކުރިން ތައްޔާރުކޮށްފައިޥާ ރޭވުން ތަންފީޒުކުރުމަށް ބޭނުންވި ހިތްވަރަށެވެ.

ކައްޒާބު ކޮލިން ޕަވަލް އޮޅުވާލައިގެން އިރާގުގައި ބޮޑެތި ގެއްލުންދޭ ހަތިޔާރު ހުރިކަމަށ ްބުނެ އިރާގަށް އަރައިގަތުމަށް ވާހަކަ ދައްކަނީ. އިރާގަށް ދިން ސޮލީބީ ހަނގުރާމައަށްފަހު މިހާތަނަށް އެފަދަ ހަތިޔާރެއް ފެނިފައި ނެތް

ޖާސޫސީ މަޢުލޫމާތު އުފެއްދުން

މި މީހުންގެ ރޭވުންތަކުގައި ހުރިކަންކަްނ ތަންފީޒު ކުރުމަށް ގައުމީ ސަލާމަތަށް އޮތް ކުއްލި ނުރައްކަލެއް ދައްކަން ބޭނުންވިއެވެ. އެކަމަށްޓަކައި ޑޮގްލަސް ފެއިތުގެ ބެލުމުގެ ދަށުން އެމެރިކާގެ ދިފާއީ ވުޒާރާގައި އޮފީސް އޮފް ސްޕެޝަލް ޕްލޭންސް ގެ ނަމުގައި އައު އިދާރާއެއް އުފެއްދިއެވެ.

މި އޮފީސް އޮފް ސްޕެޝަލް ޕްލޭންސް ނުވަތަ އޯ.އެސް.ޕީ ހިނގަމުންދިޔައީ އެމެރިކާގެ ސަރުކާރުގެ ރަސްމީ ނިޒާމުން ބޭރުންނެވެ. އެކަން ހިނގަމުން ދިޔައީ ހަމައެކަނި އެކަމަށް ޚާއްޞަކޮށްގެން ހަދާފައިވާ ޖާސޫސީ އޮޕަރޭޝަނެއްގެ ގޮތުގައެވެ. އޭގެ މައިގަނޑު ބޭނުމަކީ ސައްހަކަން ކަށަވަރުނުވާ މަޢުލޫމާތުތައް ހޯދައި، ސައްދާމް ހުސައިނާއި އަލްޤައިދާއާ ދެމެދު ގުޅުމެއް އޮތްކަން ދައްކައި އެ ވާހަކަތައް މީޑިއާގައި ފަތުރާލުމެވެ. ސައްދާމާއި އަލްގައިދާއާ މިގޮތަށް ގުޅުވާލެވޭނެ ގޮތެއް ނެތް ކަމަށް ސިއައިއޭ އަދި ޑިފެންސް އިންޓެލިޖެންސް އެޖެންސީން ބުނަމުން ދިޔަނަމަވެސް އޮފީސް އޮފް ސްޕެޝަލް ޕްލޭންސް އިން އެކަން ދޮގު ކުރަމުން ދިޔައެވެ.

އޭގެ ފަހުން ޕެންޓަގަންގެ އިންސްޕެކްޓަރ ޖެނެރަލް ނެރުނު ރިޕޯޓަކުން ކަށަވަރުވި ގޮތުގައި، ފެއިތުގެ އޮފީހުން ވަނީ ޖާސޫސީ އިދާރާތަކުގެ ނިންމުންތަކާ މުޅިން ޚިލާފު "ދޮގު ޖާސޫސީ ބަޔާންތަކެއް" އުފައްދައި މީޑިއާއަށާއި އެހެން ޖާސޫސީ އިދާރާތަކަށް ފަތުރާފައެވެ. މި އިދާރީ މަކަރުވެރިކަން ބައިނަލްއަގުވާމީ ގޮތުން ކަށަވަރުވެގެންދިޔައީ ޖުލައި 2002 ގެ މަޝްހޫރު ޑައުނިންގ ސްޓްރީޓް މެމޯ އިންނެވެ. އެ މެމޯގައި އިނގިރޭސި އޮފިޝަލުން ސިއްރުން ބުނެފައި ވަނީ: ބުޝްގެ ސަރުކާރުގެ ތެރޭގައި "ޖާސޫސީ މަޢުލޫމާތުތަކާއި ހަގީގަތްތައް ގެންދިޔައީ ބުޝްގެ ސިޔާސަތާ ދިމާވާނެހެން ބަދަލުކުރަމުން" ކަމަށެވެ.

ކްލީން ބްރޭކް ރިޕޯޓްގެ ސަފްހާއެއް

ކްލީން ބްރޭކްގެ ނަމުގައި ލިޔުނު ރިޕޯޓް

ކުރިން ރާވައި ނިންމާފަ އޮތް ސައްދާމުގެ ސަރުކާރު ވައްޓާލުމުގެ ހަނގުރާމައިގެ އަޑީގައި އޮތް އަސްލު ބޭނުމަކީ ހަމައެކަނި އެމެރިކާގެ ބާރުވެރިކަން ދެއްކުމެއް ނޫނެވެ. އެމީހުން ބޭނުންވީ އިސްރާއީލުގެ ކަނާތު ފިޔައިގެ ބޭނުންތަކާއި މަސްލަހަތުތަކާ އެމެރިކާގެ ސިޔާސަތު ލާމަހާ ލުމެވެ.

އެމެރިކާއިން އަސްކަރީ ގޮތުން އިރާގަށް އަރައި ގަތުމަކީ އިސްރާއީލުގެ ސަރަހައްދީ ސަލާމަތާ ގުޅުވައިދިން ކަމެކެވެ. އެކަން އެމެރިކާގެ ސިޔާސީ ފަންތީން ވަނީ 1996 ވަނަ އަހަރު ނެރުނު ސިޔާސީ ކަރުދާހެއްގައި މާކުރިން ލިޔަ ރާވާފައެވެ.

އެ ކަރުދާހުގެ ނަމަކީ އަ ކްލީން ބްރޭކް: އަ ނިއު ސްޓްރެޓެޖީ ފޯ ސެކިއުރިންގ ދަ ރިއަލްމް އެވެ. އެމެރިކާގެ ތިންކް ޓޭންކެއްގެ ދިރާސާ ގްރޫޕަކުން ތައްޔާރުކުރި މިލިޔުން ލިޔުމުގައި އިސްކޮށް އުޅުއްވީ ދެ ޔަހޫދީން ކަމަށްވާ ޕާލް އަދި ފެއިތު އެވެ. މިމީހުން މި ލިޔުން ލިޔެ ހަވާލު ކުރި އެންމެ ފުރަތަމަ މީހަކީ ޔަހޫދީ ޖެނޮސައިޑް އިންޖިނިއަރ ކުރި ޔަހޫދީ ރެޖީމްގެ އޭރުގެ ލިކޫޑް ޕާޓީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ.

މި ކްލީން ބްރޭކް ލިޔުމުގައި އިސްރާއީލު ސަރުކާރަށް ލަފާދީފައިވަނީ އޮސްލޯ ގެ މުއާހަދާގައި ބުނާ "ބިމުގެ ބަދަލުގައި ސުލްހަ" ސިޔާސަތު މުޅިން ދޫކޮށްލުމަށެވެ. އަދި އޭގެ ބަދަލުގައި އިސްރާއީލުން އަރަބިންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ބިރު ދައްކަން ފެށުމަށް އަންގާފައި ވެއެވެ. އަދި އޭގައި ބުނެފައިވަނީ އިސްރާއީލުގެ ދުރުރާސްތާގެ ސަލާމަތަށްޓަކައި ސޫރިޔާ އާއި އީރާން ވެސް ބަލިކަށިކުރަންޖެހޭ ކަމަށެވެ. އަދި މި ގައުމުތައް ފަހަތަށްޖެއްސުމުގެ މަސައްކަތް ފަށަން ޖެހެނީ އިރާގުގެ ވެރިކަމުން ސައްދާމް ހުސައިން ދުރުކޮށްގެން ކަމަށް ސާފުކޮށް ބުނެފައިވެއެވެ.

"އިސްރާއީލަށް އެގައުމުގެ އިސްތުރާތީޖީ މާހައުލު ބަދަލުކުރެވިދާނެ… އެކަން ކުރެވެނީ ސޫރިޔާ ބަލިކަށިކޮށްގެން، ފަހަތަށް ޖައްސައިގެން. މި މަސައްކަތް އަމާޒުކުރެވިދާނެ އިރާގުގެ ވެރިކަމުން ސައްދާމް ހުސައިން ދުރުކުރުމުން. މިއީ އަމިއްލަގޮތުންވެސް އިސްރާއީލުން ހާސިލު ކުރަން ޖެހޭ މުހިންމު ސްޓްރެޓެޖިކް މަގްސަދެއް. މިއީ ސޫރިޔާގެ ސަރަހައްދީ އެދުންތައް ހަލާކުކޮށްލުމުގެ ވަސީލަތެއް." ކްލީން ބްރޭކް ރޕޯޓް

މި ލިޔުން ލިޔުނު މީހުން ފަސް އަހަރު ފަހުން އެމެރިކާ ސަރުކާރުގެ މުހިންމު ސިޔާސީ މަގާމުތަކާ ހަވާލުވި އެވެ. އެމީހުން މަސައްކަތްކުރީ އެމެރިކާގެ އިމްޕީރިއަލް ބާރާއި އިސްރާއީލުގެ ސަރަހައްދީ ބާރުވެރިކަމަކީ އެއް މަސްލަހަތެއް ކަމަށް ދެއްކުމަށެވެ. އިރާގު ގެ ސަރުކާރު ވައްޓާލުމުން، އެމެރިކާގެ ބޭނުމަކީ އިސްރާއީލަށް "އިރުމަތީ ފަރާތުން" އޮތް ތާރީޚީ ބިރުވެރިކަން ނައްތާލުން ކަމަށް މިމީހުން ވިސްނައި ދިނެވެ. އަދި، ސަރަހައްދީ ހަތިޔާރުއެޅި ގްރޫޕްތަކަށް ލިބޭ އެހީތެރިކަން ކަނޑާލުމާއި، އަދި ދިިމިޝްގާއި ތެހެރާންގައި ތިބި ދެކޮޅުވެރި ސަރުކާރުތައް އެކަހެރިކޮށްލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށްވެސް ބުންޏެވެ.

ވަކި ސިޔާސީ ފިކުރެއް ކުރިއެރުވަން ހިންގި އޮޕަރޭޝަނެއް

މިމީހުންގެ ޕްލޭން ތަންފީޒުކުރުން ބިނާވެފައި އޮތީ ގަސްތުގައި އެމީހުން ފެތުރި އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްގެ މައްޗަށެވެ. ވޮލްފޮވިޓްޒް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެ ހައުސް ބަޖެޓް ކޮމިޓީގައި ދެއްވި ބަޔާންތަކުގައި ވިދާޅުވީ އިރާގުގެ ސައްދާމު ވެރިކަން ވައްޓާލުމަށްފަހު ސުލްހަ ބަލަހައްޓަން ބޭނުން ވާނީ ބޯލްކަން ސަރަހައްދުގައި ބޮސްނިއާ ހަނގުރާމައަށްފަހު ސުލްހަ ބެލެއްޓި ވަރަށް ވުރެން މަދު ސިފައިން ކަމަށެވެ. އަދި ބުނެފައި ވަނީ ތިން އަހަރު ތެރޭގައި ލިބޭ 50 ބިލިއަނާއި 100 ބިލިއަން ޑޮލަރާ ދެމެދުގެ އިރާގްގެ ތެލުގެ ފައިސާއިން އިރާގުން އަމިއްލައަށް އާރާސްތުވުމުގެ ޚަރަދުތައް ބެލެހެއްޓި އެމެރިކާއަށް ގެއްލުމެއް ނުވެ ފައިދާ ކުރާނެ ކަމަށެވެ.

ސައްދާމް ހުސައިންގެ ވެރިކަން އެމެރިކާއިން ވައްޓާލުމުން މެދުއިރުމަތި ބައިބައިވެ، އެތައް ސަތޭކަ ހާސް ބައެއްގެ ފުރާނަ ގެއްލި ދިޔައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުބާރު ކެނޑި ލިބުނު ގެއްލުންތައް ވެސް ހާމަވިއެވެ.

ތާރީޚީ ރެކޯޑުތަކުގެ އަލީގައި ބަލާއިރު، 2003 ވަނަ އަހަރު އިރާގަށް އެރި އެރުމަކީ 9/11 ގެ ފަހުން ލިބުނު ޖާސޫސީ މަޢުލޫމާތެއްގެ ކުށެއް ނޫނެވެ. އެއީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ގަސްތުގައި ހިންގި އޮޕަރޭޝަނެކެވެ. އެއީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު ހަމަހިމޭންކަމާއެކު ޔަހޫދީ ބަޔަކު އިސްރާއީލަށް ފަހިވާ ގޮތަށް ރާވައި، ހިންގހި ރޭވުމެކެވެ.

ހިއްސާ ކުރައްވާ!