އެއީ އާދައިގެ ރެއެކެވެ. ނަމަވެސް އެ ގޭތެރޭގައި ހިނގާދިޔައީ އިންސާނީ ހަމަތަކުން ބޭރު، ނޭވާ ހާސްކުރުވަނިވި ހާދިސާއެކެވެ. މުސްކުޅި އުމުރުގެ އަނަރޫފަ ބަލި އނެދުގައި އޮތް ބައްޕަ، ފާޚާނާއަށް ދާން ބޭނުންވެގެން އޭނާގެ ދަރިފުޅުގެ ކިބައިން އެހީއަކަށް އެދުނެވެ. ނަމަވެސް އެ އާދޭހަށް ދަރިފުޅު ދިނީ ރަހުމެއް ނެތް، އަނިޔާވެރި ޖަވާބެކެވެ.
އެ ދަރިފުޅުގެ އަތުން ބައްޕަގެ ހަށިގަނޑަށް އެރި ހަމަލާތަކުން، އެ މުސްކުޅި ބައްޕަގެ ފުރާނަ ވަގުތުން ނެތިގެންނެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު، ފޮރެންސިކް ޓީމުތަކުން އެ އެޕާޓްމަންޓަށް ވަނެވެ. ފުރަތަމަ ބެލިބެލުމުން ފެނުނީ އެނދު މަތީގައި މަރުވެފައި އޮތް މުސްކުޅި ފިރިހެނެކެވެ. ނަމަވެސް، މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކާއި ނޫފައިގަނެފައި ހުރި ކަމުގެ ނިޝާންތަކުން، ފުލުހުންގެ ތަޖުރިބާކާރު ލޯތަކަށް އެއީ ގުދުރަތީ މަރެއް ނޫންކަން ޔަގީންކުރެވުނެވެ. ހަށިގަނޑު ވަގުތުން ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ.
ތަހުގީގުން ހާމަވި ގޮތުގައި، އެ މުސްކުޅި ބައްޕައަކީ ހެލިފެލިވެ ހަރަކާތްތެރިވާން އުދަނގޫ، އުމުރުން ދުވަސްވީ ނުކުޅެދުންތެރިކަން ހުރި މީހެކެވެ. އޭނާ ބޭނުންވީ ހަމައެކަނި ފާޚާނާއަށް ދާށެވެ. ނަމަވެސް، އެހީތެރިކަމުގެ ބަދަލުގައި ދަރިފުޅު އޭނާގެ ގައިގައި ތަޅައި، އެ މުސްކުޅި ބައްޕަގެ ފުރާނަ ދާންދެން އަނިޔާކުރީއެވެ.
އަނިޔާ ފޮރުވަން ކުރި މަސައްކަތް
ބައްޕަ މާރުލަށްފަހު،އަންހެން ދަރިފުޅު ވަނީ ވަރަށް ފަރުވާތެރިކަމާއެކު އެ ޖަރީމާ "ފޮރުވަން" މަސައްކަތް ކޮށްފައެވެ. ބައްޕަގެ ހަށިގަނޑު އެނދު މަތީގައި ރީތިކޮށް ބާއްވައި، މޫނު އަޅައި، މިއީ ގުދުރަތީ މަރެއް ކަމަށް ދައްކަން އޭނާ މަސައްކަތް ކުރިއެވެ. އަދި ފުލުހުންގެ ތަހުގީގު ހުއްޓުވުމަށް އޭނާ ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ.
މިހާރު މިސްރު އަންހެންކުއްޖާ ހުރީ މިސްރުގެ ޤާހިރާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ދައުވާ ކުރުމުގެ ކުރިން ކުރަންޖެހޭ ޖިނާއީ ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.




