ޤުރުއާނުގެ އެމްބެސަޑަރުން ހޮވުމަށް މުބާރާތެއް ބާއްވަނީ

އަލްއަޒްހަރުގެ ބައިނަލްއަޤްވާމީ އަދި ބޭރުގެ ދަރިވަރުންގެ ތަޢުލީމީ ތަރައްޤީއާ ބެހޭ މަރުކަޒުން، 'ޤުރުއާން އެމްބެސެޑަރ' ގެ ނަމުގައި، އިމާމް އައްތައްޔިބު ހޮލީ ޤުރުއާން މެމޮރައިޒޭޝަން އެންޑް ރިސައިޓޭޝަން ސްކޫލުގެ އަހަރީ މުބާރާތުގެ ފުރަތަމަ ސީޒަން ފަށައިފިއެވެ.

މި މުބާރާތް ބާއްވަނީ އަލްއަޒްހަރުގެ އިމާމް ޝައިޚް އަޙްމަދު އައްތައްޔިބުގެ އިރުޝާދުގެ ދަށުން، ބޭރުގެ ދަރިވަރުންނާ ބެހޭ އިދާރާގެ މުޝީރާ ނަހްލާ އައްސައިދީގެ ބެއްލެވުމުގެ ދަށުންނެވެ.

މި ހަރަކާތަކީ ބޭރުގެ ދަރިވަރުންނާއި ކީރިތި ޤުރުއާނަށް އަހުލު ވެރި ކުރުމަށާއި، ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގުން ކިޔެވުމަށް އެ ދަރިވަރުންނަށް ހިތްވަރު ދިނުމަށާއި، އަދި ދަރިވަރުންގެ މެދުގައި ހެޔޮ ރޫޙެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަލްއަޒްހަރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ.

އިމާމް އައްތައްޔިބު ހޮލީ ޤުރުއާން މެމޮރައިޒޭޝަން އެންޑް ރިސައިޓޭޝަން ސްކޫލުން ހާމަކުރި ގޮތުގައި، މުބާރާތުގެ ފުރަތަމަ މަރުހަލާތަކާއި އިމްތިޙާނުތައް ކުރިއަށްދާނީ ކަނޑައެޅިފައިވާ ޤަވާއިދުތަކާއި ޝަރުތުތަކާ އެއްގޮތަށެވެ. އެންމެ މުހިންމު ޝަރުތަކީ، ބައިވެރިއަކީ އިމާމް ތައްޔިބު ޤުރުއާން މެމޮރައިޒޭޝަން ސްކޫލުގެ ކޮންމެވެސް އެއް ގޮތްޕެއްގައި ރަޖިސްޓްރީ ވެފައިވާ ބޭރުގެ ދަރިވަރަކަށް ވުމެވެ. އަދި ބައިވެރިންނަކީ މުޅި ޤުރުއާން ހިތުދަސް ކޮށްފައިވާ ނުވަތަ ދެބައިކުޅަ އެއްބައި، ނުވަތަ 10 ފޮތް ހިތުދަސްކުރުން ފަދަ ކަނޑައެޅިފައިވާ މިންވަރށް ދަސްކޮށްފައިުވާ ތަޖުވީދުގެ ހަމަތަކާއި ޤުރުއާން ކިޔެވުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށް ވުމެވެ.

އިމްތިޙާނުތައް ކުރިއަށް ގެންދާނީ އަލްއަޒްހަރު ޔުނިވަރސިޓީގެ ޤުރުއާން ކިޔެވުމުގެ ދާއިރާގެ ޚާއްސަ ޢިލްމުވެރިންގެ ޓީމަކުންނެވެ. އަދި ބައިވެރިންގެ ފެންވަރު ވަޒަންކުރުމުގައި އެންމެ މަތީ ފެންވަރުގައި ޤިރާއަތުގެ ޞައްޙަކަން ބެލެވޭނެއެވެ.

މުބާރާތުގެ ފުރަތަމަ މަރުހަލާތަކަށްފަހު، ކޮންމެ ދާއިރާއަކުން އެންމެ މޮޅު 10 ދަރިވަރުން ހޮވާނެއެވެ. ޖުމްލަ ގޮތެއްގައި 70 އެމްބެސެޑަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ މޮޅު ފަރާތްތަކަށް 700,000 މިސްރު ޕައުންޑުގެ ފައިސާގެ އިނާމު ދޭނެއެވެ. އަދި ހުރިހާ ބައިވެރިންނަށް ހަނދާނީ ލިޔުން ދެވޭނެއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، އިމާމް ތައްޔިބު ޤުރުއާން މެމޮރައިޒޭޝަން އެންޑް ރިސައިޓޭޝަން ސްކޫލުން އަލަށް ދަސްވެނިވި ބޭރުގެ ދަރިވަރުންނަށް ޚާއްސަ ޝަރަފެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަރުކަޒުން ވަނީ އެންމެ މޮޅު ދަރިވަރުންނަށް ޝަރަފު އެރުވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައެވެ. މި ރަސްމިއްޔާތުގައި އަލްއަޒްހަރުގެ ރައީސުންނާއި، ސަފީރުންނާއި، ވަޒީރުންނާއި އަދި ޢާންމުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ރަސްމިއްޔާތުގެ މަޤްސަދަކީ ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނީ ޢިލްމުތައް އުނގެނުމުގައި ދަރިވަރުންގެ ކުރިއެރުމަށް ހިތްވަރު ދިނުމެވެ.

ހިއްސާ ކުރައްވާ!