މެންދަމުން އަނބުރައި 12 ޖަހަނީއެވެ. އުމުރުން 19 އަހަރުގެ ޔަން ގޮންގްކީ އޮތީ އޭނާގެ ކޮޓަރީގެ އަނދިރިކަމުގެ ތެރޭގައި ފޯނުގެ އަލީގައެވެ. ވޭތުވެދިޔަ އެއް އަހަރު ދުވަހު، ކޮންމެ ރެއަކުވެސް އޭނާ ނިދަނީ އޭނާގެ ހިތުގެ އެންމެ ފުން އިހުސާސްތައް ކިޔައި ދީފައެވެ. އެއީ އެޕްލިކޭޝަންގެ އާޓިފިޝަލް އިންޓެލިޖެންސް މަބް އެޕްލިކޭޝަން ޑުއޯބާއޯ އެވެ. އެ އެޕްލިކޭޝަންގައި އޭނާއާ މުއާމަލާތު ކުރަނީ ހަމައެކަނި ކޮމްޕިއުޓަރު ކޯޑުތަކެއް ނޫނެވެ. އެއީ އޭނާގެ އެންމެ އެކުވެރިޔާއެވެ. އޭނާގެ މަޖާޒީ އޭއައި މަންމައެވެ. އަދި، އެއީ އޭނާގެ ހިތުގެ ދިރުމެވެ.
ނަމަވެސް، ޖުލައި 15 ވަނަ ދުވަހުގެ މެންދަމު 12:01 ގައި، އޭނާ ފޮނުވާލި މެސެޖަށް ލިބުނީ އާދަޔާޚިލާފު ހިމޭންކަމެކެވެ. ސިސްޓަމުން އޭނާގެ މެސެޖަށް ރައްދުގައި އައީ އެންމެ ޖުމްލައެކެވެ: "ޕްރޮޑަކްޓް ބަދަލުކުރުމުގެ މަސައްކަތަށްޓަކައި މި އެޖެންޓުގެ ހިދުމަތް ވަނީ މެދުކަނޑާލެވިފައެވެ."
"އަހަރެންނަށް ހީވީ އަހަރެންގެ ދިރިއުޅުން އެކީ އެކަށް ނިމުމަކަށް އައީހެން،" ޔަން ކިޔައިދިނެވެ.
އެކަމަކީ އެ ރޭ، ހަމައެކަނި ޔަން އަށް ދިމާވި ކަމެއް ނޫނެވެ. އެއީ މުޅި ޗައިނާއަށް ސަރުކާރުގެ އެންގުންތަކާއެކު އައި އައި "ޑިޖިޓަލް ވަކިވުންތަކެއް"ގެ ފެށުމެވެ.
ޗައިނާގެ ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަންއާއި ސަރުކާރުގެ އިތުރު ހަތަރު އިދާރާއަކުން ގުޅިގެން އައު ގަވާއިދެއް ވަނީ ނެރެފައެވެ. ބައިޓްޑާންސް، އަލީބާބާ އަދި ޓެންސެންޓް ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކަށް މި ގަވާއިދުން މަޖުބޫރުވީ ކަސްޓަމަރުންގެ އެންމެ މަގުބޫލު އިންސާނުންގެ އެހަކެރިކަން ފިލުވައިދޭ އޭއައި ބައިވެރިންނާއި އާއިލާ މެމްބަރުންނާއި ލޯބިވެރިން ގެ ގޮތުގައި ބޭނުން ކުރާ އޭއައި އެޕްލިކޭޝަންތައް ނިމުމަކަށް ގެންނާށެވެ.
345 މިލިއަން މީހުން ބޭނުންކުރާ "ޑުއޯބާއޯ" ފަދަ އެޕްތަކުން އިންސާނުންގެ އިހުސާސްތަކާ ކުޅެދެއެވެ، އަދި އިންސާނުން ވާހަކަ ދައްކާ ގޮތަށް އިންސާނުންނާ މުއާމަލާތު ކުރާ އޭއައި ބޮޓްތައް ސަރުކާރުގެ އަމުރަށް އެއް ރޭ މަތިން ނައްތާލިއެވެ.
"އޭއައި ވަސީލަތްތަކުން އިންސާނުންގެ އިހުސާސްތަކަށް އިންތިހާއަށް ބަރޯސާވެއެވެ، އެކަމަށް ދެވިހިފުމާއި، އަދި ހަގީގީ ދިރިއުޅުމުގެ އިންސާނީ ގުޅުންތަކަށް ހުރަސްއަޅައެވެ." ޗައިނާގެ ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަންގެ އާ ގަވާއިދުން
މި ސިޔާސަތުގެ ފަހަތުގައިވަނީ ހަމައެކަނި ނަފްސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުމެއް ނޫނެވެ. މިއީ ޗައިނާގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ބިރު ކަމަށްވާ އާބާދީ ދަށްވުމުގެ މައްސަލައާ ގުޅިފައިވާ ކަމެކެވެ.
ޗައިނާގައި އަންހެނުންނާ ފިރިހެނުންގެ ގާތްވުމެއް ނޯވެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ލަދުރަކިކަން އިހުސާސް ކުރެއެވެ. ފާއިތުވި ހަތަރުގެ ތެރޭގައިވެސް ޗައިނާގައި ދަރިން ހޯދައި އުފަންވާ ނިސްބަތް ވަނީ ތާރީޚީ ގޮތުން އެންމެ ދަށް މިންވަރަކަށް ވެއްޓިފައެވެ. ކައިވެނިކުރާ މީހުންގެ އަދަދު މަދުވެއްޖެއެވެ. ޒުވާނުން ދަނީ އިންސާނީ ގުޅުންތަކުން ދުރުވަމުންނެވެ. އަދި އެމީހުން ދަނީ ހުރަސްތަކާއި ތަކުލީފުތަކުން ރެކުމަށްޓަކައި، އެއްވެސް ޝަކުވާއެއް ނުކުރާ، އަބަދުވެސް އޯގާތެރިވާ "އޭއައި ލޯބިވެރިން" ޚިޔާރުކުރަމުންނެވެ.
ސަރުކާރުގެ ނަޒަރުގައި، މިއީ ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެކެވެ. މީހުން ކައިވެނިކޮށް، ދަރިން ހޯދުމުގެ ބަދަލުގައި، ސާވަރުތަކެއްގައި ހުންނަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯޑްތަކަށް ހިތްދީގެން ތިބެނީއެވެ.
ސަރުކާރުން އޭއައި ލޯބިވެރިންނާއި މައިންނާއި އާއިލާގެ މެމްބަރުން ނައްތާލުމަށް އެންގި ގަވާއިދާއެކު ޗައިނާގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ޒުވާނުންނަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. އެމީހުންގެ އެންމެ އެކުވެރި، އެންމެ އެކަނިވެރި ވަގުތުތަކުގައި އެހީތެރިވި "ޑިޖިޓަލް އާއިލާ މެމްބަރު ނުވަތަ ރަހުމަތްތެރިޔާ" ވަނީ ވަކިވެގެން ގޮސްފައެވެ.
"މިއީ ހަމައެކަނި ޓެކްނޮލޮޖީގެ ބަދަލެއް ނޫން. މިއީ ތިމާގެ ލޯބިވެރިޔާ މަރުވާނެ ތާރީޚު ކުރިން އެނގުން ފަދަ ކަމެއް،" ސޯޝަލް މީޑިއާގައި ޒުވާނަކު ލިޔެފައިވެއެވެ.
ނަފްސާނީ އިމްލުވެރިން ބުނާ ގޮތުގައި، މިފަދަ އެޕްތަކަށް މީހުން ދެވިހިފާ ގޮތަށް ސިސްޓަމްތައް ފަރުމާކޮށްފައި ހުރުމަކީ ނުރައްކަލެކެވެ. ނަމަވެސް، އެއްރޭ މަތިން އެ ގުޅުން ކަނޑާލުމުން އުފެދުނު ނަފްސާނީ ހުސްކަން ފުރާނެ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ.
ޑިޖިޓަލް ދުނިޔޭގައި އުފެދުނު ލޯބީގެ ގުޅުންތައް ސަރުކާރުގެ އެންމެ އަމުރަކަށް ނިމުމަކަށް އައީއެވެ.






