ބެއިޖިންގް އިން ޓިބެޓާ ބެހޭ ވާހަކަތައް ބައްޓަންކުރުމަށް އޭއައި ބޭނުންކުރަނީ

ޗައިނާއިން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ޓިބެޓާ މެދު ދެކޭގޮތާއި ފާޑު ކިޔުމާއި ދައްކާ ވާހަކަތައް ކޮންޓްރޯލްކޮށް ބައްޓަންކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑޭޓާގެ އެހީ ހޯދަން ފަށާފައެވެ. ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މިއީ ޓިބެޓާ ގުޅޭގޮތުން ބައިނަލްއަގުވާމީ މުޖުތަމައުގެ ޚިޔާލަށް ނުފޫޒުފޯރުވުމަށް ޗައިނާއިން ގެންގުޅޭ ޒަމާނީ އާ ސްޓްރެޓަޖީއެކެވެ.

ލާހާސާގައި ބޭއްވި ޚާއްސަ ކޮންފަރެންސެއްގައި، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެކި ޑިޖިޓަލް ވަސީލަތްތަކާއި، ޑޭޓާ އެނަލިޓިކްސް އަދި އެލްގޮރިޒަމް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓިބެޓާ މެދު އޮތ ތަސައްވުރު ބަދަލުކުރުމަށް މަސައްކަތްކުރާނެކަން ހާމަކޮށްފައެވެ. މިގޮތުން، ޗައިނާގެ ރަސްމީ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޚަބަރުތަކާއި މައުލޫމާތު ފެތުރުމަށް މަބުގެ އެހީގައި ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް، ޓިބެޓުގެ ސަގާފަތާއި ތަރައްގީގެ ނަމުގައި ސަރުކާރުން ބޭނުންވާ ވާހަކަތައް ބައިނަލްއަގުވާމީ މައިދާނަށް ގެނައުމަށް ޗައިނާއިން ބޮޑެތި އިންވެސްޓްމަންޓުތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ ހަގީގަތް ފޮރުވައި، ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރުވުމަށް ކުރާ މަސައްކަތެކެވެ.

ހިއްސާ ކުރައްވާ!