އީރާނާ ދެކޮޅަށް 'ބޮޑު ހަމަލާއެއް' ދިނުމާމެދު ވިސްނަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. މިއީ ނިއުކްލިއަރ ހަމަލައެއް ތޯ މީހުން ދަނީ ސުއާލު ކުރަމުންނެވެ.
އީރާނާ ދެކޮޅަށް އަލުން އަސްކަރީ ބޮޑެތި ހަމަލާތައް ދޭން ފެށުމާމެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 'އެކްސިއޯސް' އަށް މައުލޫމާތު ދެއްވައިފިއެވެ. އޭނާ ވިދާޅުވީ، އޭނާ ހިތް ހަމަ ޖެހޭ ވަރުގެ ގެއްލުމެއް އަދި އީރާނަށް ލިބިފައި ނުވާ ކަމަށެވެ.
ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވަނީ، "އަހަރެން މި ދަނީ ވަރަށް ބޮޑު ހަމަލާއެއް ދިނުމާމެދު ވިސްނަމުން. މީގެ ކުރިން ދީފައިވާ ހުރިހާ ހަމަލާއަކަށްވުރެ މި ހަމަލާ ބޮޑުވާނެ. މިކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމާ ވަރަށް ގާތަށް އަތުވެއްޖެ. އަހަރުމެން މިތިބީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން" ކަމަށެވެ.
އީރާނުން ތަކުރާރުކޮށް ބުނެފައި ވަނީ އީރާނަށް ދެވޭ ބޮޑު ހަމަލައަކީ ސަރަހައްދުގެ އެންމެނަށް އޭގެ އަސަރު ކުރާނެެ ބަދަލު ހިފުމުގެ ހަމަލަތަކެއް ފެނިގެންދާނެ ކަމެއް ކަމަށެވެ.
ޓްރަމްޕް އޭނާގެ ޚަބީސް ނިންމުމެއް ނިންމައިފިނަމަ އޭގެ ނަތީޖާ ގޯސްވާނެކަން ޓްރަމްޕް ގަބޫލުކުރައްވައެވެ. ނަމަވެސް، އަދި ވަކި ގޮތެއް ނުވަތަ ވަކި މުއްދަތެއް އެފަދަ ހަމަލައެއް ދޭން ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ އާދުބާގައިގެ ވެރިޔާ ބުނެފައި ވަނީ "އަހަރެން ބޭނުން ވެއްޖެނަމަ ދެ މިނެޓް ތެރޭގައި އިޒްރޭލުން މި ހަމަލާގައި ބައިވެރިވާނެ" ކަމަށެވެ. އަދި އެހެން ވިދާޅުވުމަށްފަހު، "އަހަރުމެންނަށް އިތުރު އެއްވެސް ބައެއްގެ އެހީތެރިކަން ބޭނުމެއް ނުވޭ" ކަމަށް ވެސް އޭނާ ބުންޏެވެ.
އިޒްރޭލުން މި ހަމަލާތަކުގައި ބައިވެރިވެއްޖެނަމަ އޭގެ "ނޭދެވޭ ނަތީޖާތަކެއް" ނުކުންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިއީ އީރާނުން އިޒްރޭލަށް ރައްދު ދީފާނެ ކަމުގެ ބިރު އޮތުމުން ވިދާޅުވި އެއްޗެއް ކަމަށް ބެލެވެއެވެ.
ޓްރަމްޕް ދަނީ އީރާނުން ދައްކާ ސާބިތުކަމުން ގޮތް ހުސްވަމުންނެވެ.





