އީރާންގެ "ޚާތަމުލް އަންބިޔާ" ސެންޓްރަލް ހެޑްކުއާޓާސްގެ ކޮމާންޑަރު މޭޖާ ޖެނެރަލް ޢަލީ ޢަބްދުﷲ ވިދާޅުވީ، އެމެރިކާގެ އުދުވާނ ާކުރިމަތި ލުމަށް އީރާނުން މިހާރު އައު އުސޫލެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މި އުސޫލުގެ ދަށުން "އީރާނުގެ ރައްޔިތަކު ޝަހީދުކޮށްލާ ކޮންމެ ފަހަރަކު، އެމެރިކާގެ ސިފައިންގެ މީހަކު ނަރަކައަށް ފޮނުވާލާނެ" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ: "މިހިނދުން ފެށިގެން، ދުޝްމަނުންނަށް ކުރިން ސާބިތުކޮށްދިން އުސޫލު އަލުން އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާނެއެވެ. އީރާނުގެ ފަޚުރުވެރި ރައްޔިތަކު ޝަހީދުކޮށްލާ ކޮންމެ ފަހަރަކު، އެމެރިކާގެ ސިފައިންގެ މީހަކު ނަރަކައަށް ފޮނުވާލާނަމެވެ."
"އަހަރަމެންގެ ދުޝްމަނުންނަށް އިންޒާރު ދެމެވެ. ތިޔަބައިމީހުންނަށް ނަރަކައަށް ދާން ސީދާ އަދި ހިލޭ ޓިކެޓްތަކެއް އަހަރަމެން މި ވަނީ ތައްޔާރުކޮށްފައެވެ." އޭނާ އަދި ވިދާޅުވިއެވެ.







