އިންޑިއާގައި 2030 ގެ ނިޔަލަށް 30 ފިހާރަ ހުޅުވުމަށް އިކެއާ އިން އަމާޒުހިފައިފި

ސްވިޑަންގެ މަޝްހޫރު ފާނީޗަރު ވިއްކާ ކުންފުނި އިކިއާ އިން އިންޑިއާގައި އެ ކުންފުނީގެ ވިޔަފާރި ވަރުގަދަކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް 30 ފިހާރަ ހުޅުވުމަށް ނިންމައިފިއެވެ. އެ ކުންފުނިން އެންމެ ފަހުން ހުޅުވި 8 ވަނަ ފިހާރަ ހުޅުވާފައިވަނީ ސައުތު ދިއްލީގެ ސާކެޓްގައިވާ ޑީއެލްއެފް އެވެނިއުގައެވެ.

އަކިއާ އިންޑިއާގެ ސީއީއޯ ޕެޓްރިކް އެންޓަނީ ވިދާޅުވީ، 2018 ވަނަ އަހަރު ހައިދަރުއާބާދުގައި ފުރަތަމަ ފިހާރަ ހުޅުވި ފަހުން މިހާތަނަށް 8 ފިހާރަ ހުޅުވާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އިތުރު 22 ފިހާރަ ހުޅުވުމަށް އުއްމީދުކުރާ ކަމަށެވެ.

އާންމު ދަތުރުފަތުރާ ކައިރި ސަރަހައްދުތަކަށް އިސްކަންދިނުން

އައިކިއާގެ އާ ފިހާރަތައް ހުޅުވުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މެޓްރޯ ސްޓޭޝަންތަކާއި އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ލިބެންހުންނަ ސަރަހައްދުތަކަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ އާންމު ދަތުރުފަތުރާ ކައިރި ސަރަހައްދުތަކުގައި ފިހާރަތައް ހުޅުވޭތޯ. މިއީ ކަސްޓަމަރުންނާއި މުވައްޒަފުންނަށްވެސް އަމިއްލަ އުޅަނދުފަހަރުގައާއި ނުގޮސް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އާދެވޭނެ މަގެއް،" އެންޓަނީ ވިދާޅުވިއެވެ.

ދިއްލީ އަދި އެހެނިހެން ބޮޑެތި ސިޓީތައް

އިކިއާގެ އެންމެ ބޮޑު މާކެޓެއްގެ ގޮތުގައި ދިއްލީ ސަރަހައްދު ދެމިއޮންނާނެއެވެ. މީގެ އިތުރުން:

ދެވަނަ މައި ހަބު: ބެންގަލޫރު އަދި އިސްކަންދޭ އެހެން ސިޓީތަކަކީ: މުމްބާއީ، ހައިދަރުއާބާދު، އަދި ޗެންނާއި އެވެ. މިހާރު ޕޫނޭގައިވެސް ފިހާރައެއް ހުޅުވާފައި ހުރެއެވެ.

އާ ސިޓީތަކުގެ ތެރޭގައި ޗަންދީގަރު، ޖައިޕޫރު، ލަކްނައޫ އަދި ފަރީދާބާދު ފަދަ ސިޓީތަކުގައި ފިހާރަ ހުޅުވުމުގެ ފުރުސަތުތައް ދަނީ ދިރާސާކުރަމުންނެވެ.

އިނގްކާ ސެންޓަރުތަކާއި ތަފާތު ފޯމެޓްތައް

ކުންފުނީގެ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ ދަށުން ގުރޫގްރާމް (2027) އަދި ނޮއިޑާ (2028) ގައި "އިނގްކާ ސެންޓަރު" ތަރައްގީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން އިކިއާއިން ކަށަވަރުކޮށްދެއެވެ. މި ތަންތަނަކީ އިކިއާ ފިހާރައިގެ އިތުރުން ޝޮޕިން ސެންޓަރު، އޮފީސް އަދި ހޮޓާ ހިމެނޭ ގޮތަށް ތަރައްގީކުރެވޭ އެކުވެނި ވަސީލަތްތަކެކެވެ.

ކުރިއަށް އޮތް ތަނުގައ އެ ކުންފުނީގެ އާންމު ބޮޑެތި "ބްލޫ ބޮކްސް" ފިހާރަތަކަށް އެކަނި ބަރޯސާނުވެ، ތަފާތު އެކި ސައިޒުގެ ފިހާރަތައް ހުޅުވަމުން އަމާޒު ކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!