އެމެރިކާގެ ރައީސް ޓްރަންޕަށާއި، ހައިޓް ހައުސްއަށް، އަދި އެމެރިކާގެ އަސްކަރީ-ޞިނާޢީ ކުންފުނިތަކަށް އީރާނުގެ ޝަރުއީ ދާއިރާއިން ރަސްމީ ޤާނޫނީ ޗިޓް ރައްދުކޮށްފިއެވެ.
އީރާންގެ ސިޔާދަތީ ބާރު ކަށަވަރުކޮށް ބައިނަލްއަޤުވާމީ ޤާނޫނީ ޒިންމާދާރުކަމުގެ ތާރީޚީ ފިޔަވަޅެއްގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށާއި، ވައިޓް ހައުސްއަށާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީއަށާއި، ޑިޕާޓްމަންޓް އޮފް ޑިފެންސަށާއި، އަދި ދިފާއީ ސާމާޏު އުފައްދާ ބޮޑު ކޮންޓްރެކްޓަރެއް ކަމަށްވާ ލޮކްހީޑް މާޓިންއަށް، އިރާނުގެ ކޯޓުން ޗިޓްތައް ފޮނުވައި އެތަކެތި އެފަރާތްތަކަށް ސީދާ ގޮތުން ހަވާލުކޮށްފިއެވެ.
އީރާންގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، އިރާނުގެ ޖުޑީޝަރީގެ ސެންޓަރ ފޯރ އެޓަރނީސް އެންޑް އެކްސްޕަރޓްސްގެ ވެރިޔާ ޑޮކްޓަރ ޙަސަން ޢަބްދުލްޔާންޕޫރު ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސާއި އެމެރިކާއާއި އެގައުމުގެ އިދާރާތަކާއި ކުންފުނިތަކާ ދެކޮޅަށް ކޮށްފައިވާ ދަޢުވާތައް ވަނީ ސީދާ ވައިޓް ހައުސްގެ އޮފީސްތަކަށް ގެންގޮސް ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި އެފަރާތްތަކުން އެ ޗިޓްތަކާ ހަވާލުވިކމަށް ރަސްމީކޮށް ސޮއިކުރުވައި ހަވާލުވި ކަމުގެ ލިޔން ވަނީ އިރާނުގެ މައްސަލައިގެ ފައިލްތަކަށް އަނބުރާ ގެނެސްފައެވެ.
ޤާނޫނީ އެންމެ މަތީ ފަންތީގެ ސައްޙަކަމާއެކު ކުރިއަށް ގެންދިޔަ މި ތާރީޚީ މަސައްކަތުގެ ސަބަބުން، އެމެރިކާގެ ޢުދުވާނާ ދެކޮޅަށް ޤާނޫނީ ޙުކުމްތައް ތަންފީޒު ކުރުމުގައި އެއްވެސް ޤާނޫނީ ފުށުއެރުމެއް ނުވާނެކަން ކަށަވަރު ކުރުމަށް މުހިންމު މަސައްކަތްތައް ކޮށްފައި ވެއެވެ.
އިރާނުގެ ތާރީޚީ ޤާނޫނީ ހަމަލާގެ މައިގަނޑު އަމާޒު
- އެމެރިކާގެ އިސް ފަރާތްތަކަށް ސީދާކޮށް ޗިޓް ރައްދުކުރުން:
އިރާނުގެ ޖުޑީޝަލް އޮނިގަނޑުން ވަނީ އެމެރކާގެ ނިންމުންތައް ނިންމާ ފަރާތްތަކާއި ދިފާއީ ކޮންޓްރެކްޓަރުންނަށް، ޑޮނަލްޑް ޓްރަންޕާއި، އެމެރިކާގެ ކެބިނެޓް ޑިޕާޓްމަންޓްތަކާއި، އަދި ލޮކްހީޑް މާޓިން ކުންފުންޏަށް ސީދާކޮށް ރަސްމީ ލިޔުންތައް ރައްދުކޮށް، އެ ޗިޓްތައް ބަލައިގެންފައިވާ ކަމުގެ ރެކޯޑެއް ޤާއިމްކޮށްފައެވެ. - އިލްމީ ތަޖުރިބާކާރުންގެ ބައިވެރިވުން:
އެމެރިކާ އިން ދިން ގެއްލުންތަކުގެ އެންމެ ފުރިހަމަ ތަފްޞީލުތައް ޑޮކިއުމެންޓް ކުރުމަށްޓަކައި ޤައުމުގެ ކަންކޮޅުތަކުގައި 19،000 އަށް ވުރެ ގިނަ ޚާއްޞަ ފޮރެންސިކް އަދި ޤާނޫނީ ތަޖުރިބާކާރުން ވަނީ ހަރަކާތްތެރި ކޮށްފައެވެ. ބައިނަލްއަޤުވާމީ ޤާނޫނީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޚާއްޞަކޮށް އިންޓަރނެޝާނަލް ކްރިމިނަލް ކޯޓުގެ ރޯމް މުއާހަދާގެ 8 ވަނަ މާއްދާއަށް ފެތޭ ގޮތަށް ފުރިހަމައަށް ތައްޔާރު ވެގެން، އިރާނުގެ ޤާނޫނީ ޓީމުތަކުން ވަނީ ފުރިހަމަ، އަދި ބަދަލުނުކުރެވޭފަދަ ހެކިތަކުގެ ފައިލްތަކެއް އެކުލަވާލާފައެވެ. - މިސާލަކަށް، މީނާބް ސްކޫލަށް ދިން ހަމަލާއިން އަސަރުކުރި ފަރާތްތަކުގެ ދިފާއުގައި ހުށަހެޅި ޤާނޫނީ ޝަކުވާ އެކަނިވެސް 2،000 އަށް ވުރެ ގިނަޞަފުޙާއަށް އަރައެވެ. މީގައި ފަރުވާތެރިކަމާއެކު އޮޑިޓްކޮށްފައިވާ ހެކިތައް ހިމެނެއެވެ.
- 4 މިލިއަނަށް ވުރެ ގިނަ ރައްޔިތުންގެ މައްސަލަތައް:
ޚާއްޞަ ވެބްސައިޓެއް ހަދައިގެން ޤައުމީ ފެންވަރުގެ ރަޖިސްޓްރޭޝަނާާއެކު އިރާނުގެ ޖުޑީޝަރީން ވަނީ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތަކަށް ތެދުވުމުގެ ބާރުދީފައެވެ. މިއަދާ ހަމައަށް، ބޭރުގެ ޢުދުވާނީ ޢަމަލުތަކުގެ ބަދަލު ހޯދުމަށް އެދި މަދަނީ އަދި ޖިނާއީ ދަޢުވާތަކުގައި ބައިވެރިވުމަށް 4 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ވަނީ ރަސްމީކޮށް ޕަވަރ އޮފް އަޓަރނީ ދީފައެވެ. - ޤާނޫނީ ހަމަތަކުގެ މަތިން ރައްދުދިނުމާއި ބަދަލު ހޯދުން:
އެމެރިކާގެ ކޯޓުތަކުން ޤާނޫނާ ޚިލާފަށް އީރާންގެ މުދާ ހިފެހެއްޓުމަށް އަހަރުތަކެއް ވަންދެން ކުރަމުންދިޔަ ކަންކަމަށް ރައްދުދިނުމުގެ ގޮތުން، ތެހެރާންގެ ކޯޓު އޮފް ޖަސްޓިސްގެ 55 ވަނަ ގޮފި ފަދަ ޚާއްޞަ ކޯޓުތަކުގެ ޒަރީޢާއިން އިރާނުން ވަނީ ވަރުގަދަ ޤާނޫނީ ރައްދެއް އެމެރިކާއާ ދެކޮޅަށް ޤާއިމްކޮށްފައެވެ. މި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ، އިރާނުގެ އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ދިނުމުގެ ގޮތުން ހުރުމުޒު ހުރަސްކޮށް ދުއްވާ އުޅަނދުފަހަރާއި ވިޔަފާރީގެ މުދާ ޤާނޫނީގޮތުން ހިފެހެއްޓުން ފަދަ ބާރުތައް އީރާންގެ ސިފައިންނަށް ލިބިދޭ ވަރުގަދަ، ޞައްޙަ ކޯޓު އަމުރުތަކެކެވެ. - އެމެރިކާއިން އީރާންގެ މުދާ ފޭރިގަނެ އެއިން ބަދަލު ދޭތީ އީރާނުން ވެސް ވަނީ އެމެރިކާގައި ރަޖިސްޓްރީ ކޮށްފައިވާ ބޯޓުތަކާ މެދު އެ ފިޔަވަޅު އަޅަން ފަށާފައެވެ.
އޮޕަރޭޝަނަލް އޮނިގަނޑު
އީރާނާ އެމެރިކާއާ ދެމެދު ސޔާސީ ގުޅުމެއް ނެތުމުން އީރާނުން ޗިޓްތައް ރައްދުކުރަނީ ސުއިސް އެމްބަސީއާއި ޕާކިސްތާންގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ. މިއީ ޑިޕްލޮމެޓިކް ޕްރޮޓޮކޯލްގެ ދަށުން ފުރިހަމަ އިޖުރާއީ ސައްޙަކަން ލިބިގެންވާ ކަންތައްތަކެއްކަން އީރާނުން ކަށަވަރުކޮށް ދެއެވެ.
އީރާންގެ އެކި ކަންކޮޅުތަކުގައި 50،000 އަށް ވުރެ ގިނަ ގާނޫނީ ތަޖުރިބާކާރުންގެ ޚިޔާލު ހޯދައިގެން، އިރާނުގެ ވަކީލުން ވަނީ ފުރިހަމަ މާއްދީ އަދި އަޚްލާޤީ ބަދަލަކަށް އެދުމަށް ޓަކައި ޤާނޫނީ ގޮތުން ބަލިނުކުރެވޭނެ ބިންގަލެއް އަޅާފައެވެ.
އިރާނުން އަޅާ ގާނޫނީ ފިޔަވަޅުތަކުގައި ބައިނަލްއަގްވާމީ ފަރާތްތައްވެސް ބައިވެރިވެއެވެ. އޭގެ ތެރޭގައި ބައިނަލްއަޤުވާމީ ބާ އެސޯސިއޭޝަންތަކާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ މަޝްހޫރު ވަކީލުންނާއި، އަދި 28 ޤައުމަކަށް ވުރެ ގިނަ ޤައުމުތަކުގެ ޤާނޫނީ އިލްމުވެރިންނާ ގުޅިގެން އިރާނުން ދަނީ ދުނިޔޭގެ އިއްތިފާޤެއް ބިނާކުރަމުންނެވެ.





