ކުދި ޑްރޯންތަކާ ދެކޮޅަށް ބޭނުން ކުރާނެ އެމެރިކާގެ އަގު ބޮޑު ހަތިޔާރު ނެތުމުން ޚަރަދު ކުޑަ މިސައިލް ހުއްޓުވާ ނިޒާމެއް ހޯދުމުގެ މަސައްކަތް އެމެރިކާގެ ސިފައިން އަވަސްކޮށްފައިވާ ކަމަށް ޕްރެސް ޓީވީން ރިޕޯޓުކޮށްފިއެވެ. މި ފަދަ ހަތިޔާރު ގިނަ އަދަދަކަށް އުފެއްދުމަށްޓަކައި، ކޮންމެ ޔުނިޓެއްގެ އުފެއްދުމުގެ އަގު 150،000 އެމެރިކާ ޑޮލަރަށްވުރެ ކުޑަ ވުމަށް އެމެރިކާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި ވެސް މއީރާނުގެ މިސައިލްތަކުގެ އަގާ އަޅާ ބަލާއިރު ބޮޑު އަގކެވެ.
މީގެ ކުރިން އީރާނުގެ 30 ހާސް ޑޮލަރުގެ ބޮޑު މިސައިލެއް ވައްޓާލުމަށް އެމެރިކާއިން ބޭނުން ކުރީ މިލިއަން ޑޮލަރުގެ މިސައިލެވެ.
އެމެރިކާގެ ސިފައިންގެ ޖެނެރަލް ސަރވިސަސް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުގައިވާ ޕްރޮކިއުމެންޓް ލިޔެކިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، "މަދުވެގެން 5،000 މިސައިލް ގަންނަ އެމެރިކާ ސިފައިން ބޭނުން ވެއެވެ. އަދި ކޮންމެ މިސައިލެއް އުފެއްދުމަށް ހިނގާ ޚަރަދު 150،000 ޑޮލަރަށްވުރެ ކުޑަވާން ޖެހޭނެއެވެ."
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އާ އިންޓަރސެޕްޓާ މިސައިލްތަކަކީ 20 އާއި 1،300 ރާތަލުގެ ބަރުދަން ހުރި އަދި ކުދި ޑްރޯންތަކަށް، 15 މޭލުގެ ރާސްތާއަށް އަމާޒުކޮށް ހަމަލާދި ޤާބިލް އެއްޗަކަށް ވާންޖެހޭނެއެވެ.





