ބެންގަލޫރުގައި ޤާއިމުކޮށްފައިވާ "ވޮކްސެލްގްރިޑްސް" ނަމަކަށް ކިޔާ ސްޓާޓަޕަކުން ވަނީ އިންޑިއާގައި ފުރަތަމަ ފަހަރަށް އެމް.އާރު.އައި މެޝިނެއް އުފައްދާފައެވެ. މި މެޝިނުގެ ސަބަބުން އެމް.އާރު.އައި ސްކޭން ކުރުމަށް ހިނގާ ޚަރަދު 70 އިންސައްތައާ ހަމައަށް ކުޑަވެގެންދާނެއެވެ.
މި ކުންފުނީގެ ފައުންޑަރ އަދި ސިއީއޯ، އަރުޖުން އަރޫނާޗަލަމް ހާމަކޮށްފައިވާ ގޮތުގައި، ބައިނަލްއަޤްވާމީ ބޮޑު ކުންފުންޏަކުން މި ކުންފުނި ގަންނަން ހުށަހެޅި ހުށަހެޅުންތަކަށް އެ ކުންފުނިން ނޫނެކޭ ބުންޏެވެ. މި މުއާމަލާތަށް ނޫނެކޭ ބުނީ އިންޑިއާގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ ޓާޓާ ޓްރަސްޓްސް އާއި ޒޯހޯ ކުންފުނިން ވޮކްސެލްގްރިޑްސްއަށް ފަންޑު ކޮށްދޭން އެއްބަސްވުމުންނެވެ.
އިންޑިއާގައި އުފައްދާ އެމްއާރުއައި މެޝިނާ ބެހޭ:
- އިންޑިްއާގެ އަމިއްލަ އުފެއްދުން، އެމް.އާރު.އައި މެޝިނުގެ ސަބަބުން ސްކޭން ކުރުމުގެ ޚަރަދު 70 އިންސައްތައާ ހަމައަށް ކުޑަވެގެންދާނެއެވެ.
- ކޮވިޑް-19 ގެ ދުވަސްވަރު މާލީ ދަތިތަކާ ކުރިމަތިލާންޖެހުނު ދަނޑިވަޅެއްގައި، ބައިނަލްއަޤްވާމީ ބޮޑު ކުންފުންޏަކުން މި ޓެކްނޮލޮޖީ ގަތުމަށް ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ އީޖާދު ގެއްލިދާނެކަމުގެ ބިރަށް އެކުންފުނިބޭރު ގައުމަކަށް ނުވިއްކުމަށް ނިންމިއެވެ.
- ޓާޓާ ޓްރަސްޓްސްގެ ކުރީގެ ވެރިޔާ ރަތަން ޓާޓާގެ އެހީތެރިކަމާއި، އަދި ޒޯހޯގެ ބާނީ ސުރީދަރް ވެމްބޫ ގެ މާލީ އެހީގެ ސަބަބުން މި މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށް ގެންދެވުނެވެ.
- އިންޑިއާއަށް ބޭނުންވާ އެމް.އާރު.އައި މެޝިންތައް ބޭރުން އެތެރެކުރުމުގެ ބަދަލުގައި، އަމިއްލަ ޤައުމުގައި މިފަދަ ނިޒާމެއް ޤާއިމުކުރުމަކީ ޤައުމީ ފެންވަރުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެންގަލޫރު ކުންފުނިން ބުނެއެވެ.






