ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނާއި ޖަމުޢިއްޔާއަކީ:
1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު، ފީރޯޒްވާދީ ފަރެސްއަވަށް. ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ
2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
އަލްފާޟިލް އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ
3- ޞިއްޙީ ދާއިރާއިން:
ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ)
4- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާޟިލާ ނަޖުމާ ޙުސައިން، ގ. ނޫރީފެހި
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 7 ބޭފުޅުންނާއި ކުންފުންޏަކީ:
1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްއުސްތާޛާ ޙައްވާ ލަޠީފް، މުޝްތަރީގެ، ގއ. ދާންދޫ
2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ
3- ދިވެހި ތާރީޚުގެ ދާއިރާއިން:
ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03
4- ޞިއްޙީ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު އަޙްމަދު، ހުޅުމާލެ ވިނަރެސް 10A-702
5- އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
6- މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން:
އަލްފާޟިލް އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން
7- ކުޅިވަރުގެ ދާއިރާއިން:
އަލްފާޟިލާ ޢާއިޝަތު ނައުރާ، ހ. ސީޓް
8- ވިޜުއަލް އާޓްސްގެ ދާއިރާއިން:
އަލްފާޟިލް އިސްމާޢީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ
މީގެއިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
ޚަބަރު: ރައީސް އޮފީސް







