އިސްލާމްއާބާދު ފަހުމުނާމާގެ މުއްދަތު ހަމަވާއިރު، އެމެރިކާއާއި އީރާނާ ދެމެދު އައު ބުރަކަށް ހަމަލަތައް ބަދަލު ކުރަން ފެށިދާނތޯއާ މެދު ސުއާލު އުފެދެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީ، އެ ގައުމުގެ ކެބިނެޓް ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ހުރުމުޒު ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސިއާދަތީ ބާރު ދެމެހެއްޓުމާ ބެހޭ ގޮތުން އޮމާން އާއެކު ވަނީ މުހިންމު އެއްބަސްވުމަކަށް އާދެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑުއޮޅިން ދަތުރުކުރާނެ މަގުތަކާއި އެކަންކަމާ ގުޅޭ ޚާއްޞަ ކޯޑިނޭޓްތައް ވަނީ ކަނޑައެޅިފައެވެ.
މިއާއެކު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން ވިދާޅުވީ، އިސްތިރާތީޖީ ގޮތުން އެއްވެސް ދޫދިނުމެއް ނުދީ، އީރާނަށް ސިޔާސީ އަދި އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.
އީރާނުން މިހާރު މަސައްކަތް ކުރަމުންދަނީ ހުރުމުޒު ކަނޑުއޮޅި ފުޅާ ދާއިރާއެއްގައި ހުޅުވާލުމުގެ ބަދަލުގައި، އެ ގައުމާ ދެކޮޅަށް އަޅާފައިވާ މާލީ އަދި ކަނޑުގެ ދަތުރުފަތުރާ ގުޅޭ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ހުރުމުޒު ހުޅުވާލުމާ ގުޅުވާލުމަށެވެ.






