ޓްރަމްޕްގެ ސޯޝަލް މީޑިއާ މަންސަ "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ހާމަކުރުމެއްގައި ވިދާޅުވީ، މައްކާގައި ސޮއިކުރެވުނު މި އިސްތިރާތީޖީ ދިފާޢީ އެއްބަސްވުމަކީ މެދުއިރުމަތީގެ ގައުމުތައް ގުޅިގެން އަމިއްލަ ސަރަހައްދީ ރައްކާތެރިކަން ބަލަހައްޓަން ފެށިކަމުގެ އުއްމީދީ ނިޝާނެއް ކަމަށެވެ.
ސުޢޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އަރްދޮޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސޮއިކުރެއްވި މައްކާ އެއްބަސްވުމުގެ ދަށުން، އެއް ގައުމަކަށް ދެވޭ އަސްކަރީ ހަމަލާއަކީ ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، ގުޅިގެން ދިފާޢުވުމަށް ވަނީ އިގުރާރުވެފައެވެ.






