އެޕަލް އިން 2ހާހެއްހައި ކޮމްޕިއުޓަރު ކުނިގޮނޑަށް އަޅާލި

1989 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޕަލް ކުންފުނިން ވަނީ އެ ކުންފުނީގެ ނުވިކި ހުރި ގާތގަނޑަކަށް 2,700 'ލީސާ' ކޮމްޕިއުޓަރު އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ކުނި ވަޅުގަނޑެއްގައި ވަޅުލާފައެވެ. މިއީ ޓެކްނޮލޮޖީގެ ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ އާދަޔާޚިލާފު އަދި އެންމެ ބޮޑު އެއް ނާކާމިޔާބީގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ.

މި ލީސާ ކޮމްޕިއުޓަރަކީ 1983 ވަނަ އަހަރު އެޕަލް ކުންފުނިން ބާޒާރަށް ނެރުނު، ޒަމާނީ ގްރެފިކަލް ޔޫޒަރ އިންޓަރފޭސް އަދި މައުސްއެއް ހިމެނޭ ފުރަތަމަ ކޮމްޕިއުޓަރެވެ. މިއީ އޭރުގެ މިންގަނޑުތަކުންބަލާއިރު އިންޤިލާބީ އުފެއްދުމެކެވެ. ނަމަވެސް، ދެ މައްސަލައަކާ ހުރެ މިއުފެއްދުން ބޮޑު ނާކާމިޔާބީއަކަށް ވިއެވެ. އެއް ކަމަކީ އޭގެ އަގު އިންތިހާއަށް ބޮޑުވުމެވެ. ގާތގަނޑަކަށް 10,000 އެމެރިކާ ޑޮލަރަށް ވިއްކަން ކަނޑައަޅާފައިވާ މި ކޮމްޕިއުޓަރުގައި ހާޑްވެއާގެ މައްސަލަތަކެއް ހުއްޓެވެ. މީގެ އިތުރުން، އެ ކުންފުނިން ފަހުން ނެރުނު އަގުހެޔޮ 'މެކިންޓޮޝް' ކޮމްޕިއުޓަރުގެ ސަބަބުން ލީސާ ކޮމްޕިއުޓަރު ވިކުން މުޅިން ހުއްޓުނެވެ.

މިފަދަ ބޮޑު އުފެއްދުމެއް ނާކާމިޔާބުވެ، ކުންފުންގެ ރެކޯޑުތަކުން އެ ތަކެތި ފޮހެލުމަށްޓަކައި ސްޓީވް ޖޮބްސް ގެންގުޅުއްވި ހަރުކަށި އަދި ޙަޤީޤީ ކެޕިޓަލިސްޓު ސިޔާސަތުތަކުގެ ސަބަބުން، ވިޔަފާރީގައި ގެއްލުންވާ ބާވަތްތައް މާފުކުރުމެއްނެތި ނައްތާލާކަން ހާމަވެއެވެ.

ވިޔަފާރީގެ މައިދާނުގައި ސްޓީވް ޖޮބްސްއަކީ އަބަދުވެސް އެންމެ ބޮޑު ފައިދާއަށް އިސްކަންދެއްވައި، ގެއްލުންވާ ނުވަތަ ފައިދާ ނުވާ އުފެއްދުންތައް ވަގުތުން ދޫކޮށްލެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާ ޙަޤީޤީ ކެޕިޓަލިސްޓެކެވެ.

ފަހުން ލީސާ ކޮމްޕިއުޓަރުގެ ޑިޒައިނާއި އޭގައި ބޭނުންކުރި ޓެކްނޮލޮޖީއަކީ ފަހުގެ ޒަމާނީ ކޮމްޕިއުޓަރުތަކުގެ ބިންގަލެވެ.

ހިއްސާ ކުރައްވާ!