އިންޑިއާގެ ސިޔާސީ ވެރިންނާ ދެކޮލަށް 4 ހާސް ދައުވާއެއް

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަތީ ފަންތީގެ ފަރާތްތަކުގެ މައްޗަށް ހުށަހެޅިފައިވާ ޖިނާޢީ މައްސަލަތަކުގެ ތެރެއިން 4,192 މައްސަލައެއްގެ ޝަރީޢަތްތައް އަދިވެސް ނުނިމި ދިގުލައިގެންގޮސްފައިވާކަން އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ގާނޫނު ހަދާ މަޖިލިސް ލޯކް ސަބާގެ 170 އަށްވުރެ ގިނަ މެންބަރުންނާއި ޤާނޫނީ އެހެނިހެން މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މައްޗަށް ވަނީ ޖިނާޢީ ސީރިއަސް ދަޢުވާތަކެއް އުފުލިފައެވެ. އޭގެ ތެރޭގައި މީހުން މެރުމާއި، މީހުން މަރާލަން އުޅުމާއި، ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ހިންގާފައިވާ ގެވެށި އަނިޔާތަކާއި ޖަރީމާތައް ހިމެނެއެވެ.

މި މައްސަލަތަކުގެ ތެރެއިން 519 މައްސަލައަކީ ފާއިތުވި ވިއްސަކަށް އަހަރުތަކުގެ ތެރޭގައި ނުވަތަ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، އަދިވެސް ވަކިގޮތަކަށް ނުނިމި ހުރި މައްސަލަތައް ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

ޝަރުޢީ ދާއިރާއިން މިފަދަ މައްސަލަތައް އަވަސްކުރުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ޤާނޫނީ ނިޒާމުގެ ތެރެއިން ލިބެމުންދާ ލަސްތަކާއި ޝަރީޢަތްތައް ދިގުދެމިގެންދިއުމުގެ ސަބަބުން ކުށްވެރިވުމުގެ ކުރިން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޙައްޤު އަދަބު ލިބުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ޤާނޫނީ މާހިރުން ފާހަގަކުރައްވައެވެ.

އިންޑިއާގެ ޑިމޮކްރެޓިކް ނިޒާމުގައި މެންބަރުންގެ އަޚުލާޤީ މިންގަނޑުތަކާ މެދު ސުވާލު އުފެދެމުންދާ މި ދަނޑިވަޅުގައި، ޤާނޫނު ހަދާ މަޖިލީހަށް އިންތޚާބުވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި ޖިނާޢީ ކުށްތަކާ ގުޅޭގޮތުން ހަރުކަށި އިޞްލާޙުތަކެއް ގެނައުމަށް ޢާންމުންނާއި މަދަނީ ޖަމުޢިއްޔާތަކުން ގޮވާލަމުންދެއެވެ.

ހިއްސާ ކުރައްވާ!