ޓްރަމްޕް މޮޔަވެއްޖެ! އީރާނު މީހުންގެ ގިފިލި ބަލާ ކަމަށްވެސް އެއްބަސްވެއްޖެ!

އީރާނުގެ ކޮންމެ ހަރަކާތަކަށް އެމެރިކާގެ ޖާސުސް ކުރުމާއި ފާރަވެރިވުމުގެ ނިޒާމުން ފުރިހަމައަށް ބަލަމުންދާ ކަމަށާއި، އީރާން މީހުންގެ ގިފިލި ބަލަމުންދާ ކަމަށާއި ބޮޑު ކަމު ހާޖަތަށް ވެސް ސިއްރުން ނު ދެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވޮޝިންޓަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ކުރިއަށްދާ ހަމަލަތަކުގައި މިހާރުގެ ކުރިމަތިލުންތައް މާ ގިނަ ދުވަހު ދެމިގެންދާނެ ކަމަށް ލަފާ ނުކުރައްވާ ކަމަށެވެ. އަދި ބޭނުން ކޮންމެ ވަގުތަކު އީރާނަށް އަލުން ހަމަލާދިނުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެމެރިކާގެ ރައީސް އިންޒާރުދެއްވިއެވެ.

މި ވާހަކަތައް ޓްރަމްޕް ދައްކަވާފައިވަނީ، އަލުން އީރާނަށް ހަމަލަ ދެން ފަށައި އީރާނުގެ ކައިވެނި ހަފްލާއަކަށް ބޮން އަޅައި ހަނގުރާމައިގެ ޖަރީމާއެއް ހިންގުމުން އެކަން މަތި ޖަހަން މަސައްކަތް ކުރަމުންދާ ދަނޑި ވަޅެއްގައެވެ.

އެމެރިކާގެ ހަމަލާތަކަށްފަހު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށާއި، މިހާރު ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލު އެމެރިކާގެ އަތުގައި އޮތް ކަމަށެވެ.

ޓްރަމްޕް ސަޅި ބައިސާ ކަނޑާއިރު އަދިވެސް ހުރުމުޒުގައި ބާރު ދައްކަނީ އީރާނުންނެވެ. "އަޅުގަނޑުމެން ކޮންމެ ދުވަހަކު މިދަނީ އެތައް މިލިއަން ފީފާ ތެޔޮ ހިފައިގެން ގިނަ އަދަދެއްގެ ބޯޓު ފަހަރު ނެރެމުން. ބޮޑެތި މައްސަލަތަކަކާ ނުލައި އަޅުގަނޑުމެން މި މަސައްކަތް މިދަނީ ކުރަމުން. ކޮންމެވެސް އިރަކު އެމީހުން ޑްރޯނެއް ފޮނުވާ، އަޅުގަނޑުމެން އެ ވައްޓާލަނީ. ނަމަވެސް އަޅުގަނޑުމެންގެ އަތުގައި ވަރުގަދަ ކޮންޓްރޯލެއް އެބައޮތް،" ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ޓްރަމްޕް ފޮނި ކަނޑަމުން ދިޔައިރތު ތެލުގެ އަގު ވަނީ ފީފާއަކަށް 100 ޑޮލަރަށް ބޮޑު ވެފައެވެ.

ޓްރަމްޕް ވަނީ އީރާނުގެ ރޭޑާ ސިސްޓަމްތައް ހަލާކުކޮށްފައިވާ ކމަށް ބުނެފައެވެ. އެއާއެކު ވެސް އީރާނުން ދަނީ ޔޫއޭއީއާއި އުރުދުންއާއި ބަހުރައިން އަދި ކުވެއިތުގައި ބަނޑަހަ ޖަހަިއގެން ތިބި އެމެރިކާ ސިފައިންނަށް ހަމަލަދީ އެމެރިކާގެ ހަތިޔާރުތައް ހަލާކު ކުރަމުންނެވެ.

އެމެރިކާގެ ޖާސޫސީ ޤާބިލުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ކުރާ ކޮންމެ ކަމެއް ސާފުކޮށް ފެންނަމުންދާ ކަމަށާއި، އެމެރިކާގެ ލޯމަތިން އެއްވެސް ކަމެއް ނުފޮރުވޭނެ ކަމަށެވެ.

މި ހަނގުރާމައިގެ ތެރެއިން، ވޮޝިންޓަނުން ވަނީ އީރާނުގެ އިޤްތިޞާދު ނެތިކޮށްލުމަށް ބާރުއަޅަމުން، އެ ޤައުމާ ދެކޮޅަށް ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފައެވެ.

މިކަމާ ގުޅިގެން އީރާނުން ވަނީ ކުވައިތު، އުރުދުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަޙްރައިން، އަދި ޢިރާޤުގެ ކުރުދިސްތާނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދުގައި ހަމަލާދީފައެވެ.

ހިއްސާ ކުރައްވާ!