އެމެރިކާއާއި އީރާނުން ތެޔޮ އުފުލާ ބޯޓުތަކަށް އަމާޒުކޮށް ހަމަލާތައް ދިނުމާ ގުޅިގެން، ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ އުޅަނދުފަހަރުގެ އަދަދު، މެއި މަހުން ފެށިގެން މިހާތަނަށް ނުދާހާ ދަށަށް ގޮސްފައިވާ ކަމަށް ޝިޕިންގް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި 10 ދުވަހުގެ ތެރޭގައި ހުރުމުޒް ކަނޑުއޮޅިން އެވްރެޖްކޮށް ދަތުރުކޮށްފައިވަނީ ދުވާލަކަށް އެންމެ 10 މުދާ އުފުލާ އުޅަނދެވެ.
ތަފާސްހިސާބު ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކެޕްލަރގެ މައުލޫމާތު ދައްކާގޮތުން، ފާއިތުވި 10 ދުވަހުގެ އެވްރެޖް އަދަދު ސުވާލެއްގެ މައްޗަށް ހުރީ 10 ގައެވެ. މިއީ ހުކުރު ދުވަހު 15 އަށްވުރެ މަތީގައި ހުރި އަދަދަކާ އަޅައިބަލާއިރު ބޮޑު ދަށްވުމެކެވެ. އަދި ހޮނިހިރު ދުވަހު މި އަދަދު ހުރީ 13 އާ ގާތްކުރާ ހިސާބެއްގައެވެ.
ހޮނިހިރު ދުވަހު ހުރުމުޒު ކަނޑުއޮޅިން ހުރަސްކޮށްފައިވަނީ އެންމެ ދެ އުޅަނދެވެ. އަދި އާދިއްތަ ދުވަހު ހުރަސްކޮށްފައިވަނީ 6 އުޅަނދެވެ. މި އުޅަނދުފަހަރު ދަތުރުކޮށްފައިވަނީ މުހިންމު ގޮތެއްގައި އީރާނުގެ ކަނޑުގެ ސަރަހައްދުގެ މަގުންނެވެ.
ޔޫރަޕަށް ފިނި މޫސުން ލައިގަންނަ އިރު އެމެރިކާގެ އުދުވާނާ ހެދި ދުނިޔޭގެ ހަކަތައަށް މިގޮތަށް ހުރަސް އެޅުމުން ދުނިޠޭގެ ފެންވަރުގައި ތަކެތީީގެ އަގު މައްޗަށް ދާނެއެވެ.





