ހޭލާ ހުރެ މޮޔަކަން ސާބިތު ކޮށްދޭ ޕޯސްޓްތައް ޓްރަމްޕް ކުރަނީ ކީއްވެ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނިއު މެކްސިކޯގެ ނަން "ނިއު އެމެރިކާ" އަށް ބަދަލުކޮށްފައިވާ މެޕެއް އިއްޔެ ޓްރޫތު ސޯޝަލް މީސް މީޑިއާގައި އާންމުކުރައްވައިފިއެވެ.

އެއް ގަޑިއިރެއްހާއިރު ތެރޭގައި އޭނާ ކުރެއްވި 34 ޕޯސްޓުގެ ތެރޭގައި ހިމެނޭ މި ޕޯސްޓުގައި، އެ ޤައުމުގެ ދެކުނު ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ނިއު މެކްސިކޯގެ ނަމުގައިވާ "މެކްސިކޯ" ކަނޑާލުމަށްފަހު، އެ ތަނުގައި "އެމެރިކާ" ޖަހާފައިވާ މެޕެއް ވަނީ ދައްކާފައެވެ. މިއީ މީގެ ކުރިން މެކުސިކޯ ކަނޑުއޮޅި (ގަލްފް އޮފް މެކްސިކޯ) އަދި އޮންޓޭރިއޯ ކޯރުގެ ނަން "ގަލްފް އޮފް އެމެރިކާ" އަދި "ލޭކް އެމެރިކާ" އަށް ބަދަލުކުރެއްވުމަށްފަހު ޓްރަމްޕް ގެންނެވި މިފަދަ އެންމެ ފަހުގެ ބަދަލެވެ.

އަދި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގަތުމަށްފަހު، އެމެރިކާގެ މަތިވެރިކަން ދައްކުވައިދިނުމުގެ ގޮތުން އެޕްސްޓީންގެ ރަހުމަތްތެރިޔާ ވަނީ އެފަދަ ބަދަލުތައް ގެންނަވަން ފައްޓަވާފައެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާއާއި ކެނެޑާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން، އޮންޓޭރިއޯ ކޯރުގެ ނަން ވެސް ލޭކް އެމެރިކާ އަށް ބަދަލުކުރެއްވުމުގެ ރިޔާސީ ޤަރާރެއް ވަނީ ނެރުއްވާފައެވެ.

މީގެ އިތުރުން ޓްރަމްޕްގެ މި ޕޯސްޓުތަކުގައި ސިފައިންގެ އިސްވެރިޔާގެ މޫނު، ރެސްލިން ކުޅުންތެރިޔާ ހަލްކް ހޯގަންގެ ހަށިގަނޑާ ގުޅުވައިގެން، ބޮލުގައި "މަގާ" ބަނޑާނާއެއް އަޅުވާފައިވާ ފޮޓޯއެއްވެސް ހިއްސާކުރައްވާފައިވެއެވެ.

ޓްރަމްޕް މިސްމީޑިއާގައި ކުރާ ބައެއް ޕޯސްޓުތަކުން އޭނާއަކީ ބޮލުރޮދި ކެނޑިފައިވާ މީހެއް ކަމަށްވެސް އާންމުން ބުނަމުން ދެއެވެ!

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ސޮލީބީ ހަނގުރާމައަށް ހަ މަސްދުވަސް ފާއިތުވެފައިވާ އިރު، އީރާނުގެ ބޯޑަރުތައް ތްރަމްޕްގެ ހުޅި އިސްތަށިގަނޑުގެ ބައްޓަމަށް ބަދަލުކޮށްފައިވާ މެޕެއްވެސް މި ޕޯސްޓުތަކުގައި ދައްކާފައި ވެއެވެ.

ހިއްސާ ކުރައްވާ!