ފަލަސްޠީނާއި އިޒްރޭލާ ދެމެދު 33 އަހަރު ކުރިން ސޮއިކޮށްފައިވާ އޮސްލޯ މުއާހަދާއަށް ޔަހޫދީ ރެޖީމުން ވަނީ ބަދަލުތައް ގެންނަމުން އެ މުއާހަދަާއާ ޚިލާފް ވަމުން ގޮސްފައެވެ. މިއަދު މުއާހަދާގެ ދަށުން ބާކީ އޮތީ ހުޅަނގު އައްސޭރީގައި ބާރެއް ނެތް ވެރިކަމަކާއި ޖެނޮސައިޑް ހިންގައި ނަސްލު ސާފުކޮށްފައިވާ ޣައްޒާ އެކެވެ. އަދި ހުޅަނގު ގުދުސް އާ އެއްގޮތަށް އިރުމަތީ ގުދުސްވެސް ވަނީ،މުއާ ހަދާއާ ޚިލާފަށް އިޒްރޭލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. އެ މުއާހަދާގައި ސޮއިކުރިތާ 5 އަހަރު ފަހުން، 1993 ވަނަ އަހަރު، މި ތިން ސަރަޙައްދު (ހުޅަނގު އައްސޭރިއާއި، ޣައްޒާއާއި، އިރުމަތީ ގުދުސް) އެއްކޮށްގެން ފަލަސްޠީނުގެ ދައުލަތެއްގެ ގޮތުގައި ވުޖޫދަށް އަންނާނެ ކަމަށް ލަފާ ކުރެވުނެވެ. ފަލަސްޠީނު މީހުން އެގޮތަށް ޤަބޫލުކޮށް އުއްމީދު ކޮށްގެން ތިއްބެވެ.
އެހެންނަމަވެސް، އޮސްލޯ މުއާހަދާގެ މައިގަނޑު މައްސަލައަކީ ހަމައެކަނި އެ އެއްބަސްވުމުން އުއްމީދުކުރި ދައުލަތް ނުލިބުމެއް ނޫނެވެ. އެ އެއްބަސްވުމުގެ ހިޔަލުގައި، ފަލަސްޠީނުގެ ވެރިކަން ކުރުމުގެ ޤާބިލުކަން ދުވަހަކަށްވުރެ ދުވަހެއް ދަށަށް ގޮސް، އެ ފަރާތުގެ ކޮންޓްރޯލްކުރުގައި އޮތް ބިންތައް ވަނީ މަދުވަމުން ގޮސްފައެވެ.
ފަލަސްޔީނުގެ ޒާތީ ވެރިކަން ހިންގާ އިދާރާ އުފެދުނީ އޮސްލޯ މުއާހަދާއިންނެވެ. ނަމަވެސް ފަލަސްޔީނުގެ ޒާތީ ވެކަމުގެ އިދާރާގެ ވެރިކަމުގެ ދާއިރާގެ މަސްއޫލިއްޔަތުތައް ވަނީ ވަރަށް ހީނަރުކޮށްލާފައެވެ. އިޒްރޭލު ސަރުކާރުތަކުން ވަނީ އެ އިދާރާ ހިސާރަކޮށް، ނުކުޅެދޭ ގޮތަށް ކަންކަން ބައްޓަންކޮށް ހަދާފައެވެ. މާލީ އަދި ޢަސްކަރީ އެތައް މައްސަލަތަކަކާ އެކު، ސިޔާސީ، ސަލާމަތީ، މައްސަލަތައް ކުރި މަތި ކުރިއެވެ. މުސާރަ ދިނުމާއި، ޞިއްޙީ، އިޤްތިޞާދީ، ކަރަންޓު، ފެން، ތެޔޮ އަދި ބޭންކިންގ ނިޒާމު ފަދަ އެންމެހައި ކަންކަމުގައި ފަލަސްޠީނު މީހުންނަށް އުދަގޫ ތައް ޔަހުދީން ކުރިމަތި ކުރިއެވެ.
މިއަދު، އެ އެއްބަސްވުމަށް 33 އަހަރު ފުރުނުއިރު، ފަލަސްޠީނު މީހުންނަށް ވަނީ އަމިއްލަ ބިމުން ބޭރުކޮށް ފައެވެ. ފަލަސްޠީނުގެ މައްސަލަ ވުޖޫދުން ފޮހެލުމަށް ޔަހޫދީން ކުރާ ހަނގުރާމަޔަކީ އެމީހުންގެ މައިގަނޑު މަޤުޞަދަށް ވެއްޖެއެވެ. ޔަހޫދީން ވަނީ ފަލަސްޔީނުގެ ދައުލަތް އުޖޫދު ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހަިއ މަސައްކަތް ކުރަމުން ގޮސްފައެވެ.
އެމެރިކާގެ ރައީސް ބިލް ކްލިންޓަންގެ ބެއްލެވުމުގެ ދަށުން 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވޮޝިންގޓަންގައި އޮސްލޯ މުއާހަދާގައި ސޮއިކުރެއްވުމަށްފަހު ޔާސިރު ޢަރަފާތާއި ޔަހޫދީ ބޮޑު ވަޒީރު އިސްޙާޤު ރަބީން އާދައިގެ މަތިން ކުރެއްވި ތާރީޚީ ސަލާމް ގެ ފޮޓޯ ވަނީ ދުނިޔެއަށް މަޝްހޫރު ވެފައެވެ.

މިއަދުގެ ހަގީގަތަކީ އޮސްލޯ މުއާހަދާއިން ފަލަސްޔީނު މީހުންނަށް ސުލްޙައެއް ވެސް އަމާން ކަމެއްވެސް ނުލިބުނު ކަމެވެ.
އޮސްލޯ މުއާހަދާ!
އޮސްލޯ މުއާހަދާއަކީ ފަލަސްޠީނުގެ އަމިއްލަ ވެރިކަމުގެ އިންތިޒާމުތަކާ ބެހޭ އުޞޫލުތައް އިޢުލާނުކުރުމުގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ސޮއިކުރީ 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި ބުނެފައިވަނީ، ހުޅަނގު އައްސޭރިއާއި ޣައްޒާ އިން މަރުޙަލާތަކަކަށް ބަހާލައިގެން ޔަހޫދީ ސިފައިން ފައިބާނެ ކަމަށެވެ. އދގެ ސަލާމަތީ މަޖިލީހުގެ 242 އަދި 338 ޤަރާރުތަކުގެ މައްޗަށް ބިނާކޮށް ދާއިމީ ޞުލްޙައަކަށް ވާޞިލުވުމަށްޓަކައި، ފަސް އަހަރު ދުވަހުގެ އިންތިޤާލީ މަރުޙަލާއެއްގެ ތެރެއިން ފަލަސްޠީނުގެ ވަގުތީ ވެރިކަމުގެ އަމިއްލަ ބާރުގެ އިދާރާއެއް ޤާއިމު ކުރާނެ ކަމަށެވެ.
އެއްބަސްވުމުގައި ބުނެފައިވަނީ ދެކޮޅުވެރިކަމާއި ނުތަނަވަސްކަމުގެ އެތައް ޒަމާނަކަށް ނިމުމެއް ގެނައުމަށް އެއްބަސްވާ ކަމަށާއި، އަދި ކޮންމެ ފަރާތަކުންވެސް އަނެއް ފަރާތުގެ ޝަރުއީ އަދި ސިޔާސީ ޙައްޤުތައް ދެނެގަނެ ބަލައިގަންނާން ވާނެ ކަމަށެވެ.
އެއްބަސްވުމުގައި ވަނީ އިންތިޤާލީ މުއްދަތާއި ދާއިމީ ޙާލަތުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތާއި މަރުހަލާތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އެގޮތުން ޣައްޒާއާއި އަރީޙާ ސަރަޙައްދުން ޔަހޫދީ ސިފައިން ފޭބުމުން ފަސް އަހަރުގެ އިންތިޤާލީ މުއްދަތު ފެށޭނެއެވެ. އަދި އިޒްރޭލު ސަރުކާރާއި ފަލަސްޠީނުގެ ރައްޔިތުންގެ މަންދޫބުންނާ ދެމެދު ދާއިމީ ޙާލަތުގެ މަޝްވަރާތައް ވީ އެންމެ އަވަހަކަށް، ނުވަތަ އިންތިޤާލީ މުއްދަތުގެ ތިންވަނަ އަހަރު ފެށުމުގެ ކުރިން ފެށޭނެއެވެ.
އަދި އިތުރަށް ބުނެފައިވަނީ، މި މަޝްވަރާތަކުގައި ބާކީ ހުރި ކަންކަން، އޭގެ ތެރޭގައި ޤުދުސްގެ މައްސަލައާއި ރެފިއުޖީންގެ މައްސަލައާއި، ވަޒަންވެރިވުމުގެ މައްސަލަތައް އަދި ސަލާމަތީ އިންތިޒާމުތަކާއި ބޯޑަރުތަކާއި، އަދި އެހެނިހެން އަވަށްޓެރިންނާއެކު އޮންނަ ގުޅުންތަކާއި އެއްބާރުލުންދިނުން، އަދި އެހެނިހެން ޝައުޤުވެރިވާ ކަންކަން ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން، އެއްބަސްވުމުގެ ދަށުން، އިޒްރޭލާއި ފަލަސްޠީނާ ދެމެދު އެއްބާރުލުން ދޭންޖެހޭ ކަންކަމާއި އެހެނިހެން ޝައުޤުވެރިވާ ކަންކަމުގެ އިތުރުން ދެބަސްވުންތައް ޙައްލުކުރުމަށްޓަކައި، ޖޮއިންޓް ލިއޭޒަން ކޮމިޓީއެއް އެކުލަވައިލެވުނެވެ.
އޮސްލޯ އެއްބަސްވުމުން ހުޅަނގު އައްސޭރި ތިން ސަރަޙައްދަކަށް ބަހާލައެވެ. އެއީ އޭ/ ބީ/ ސީ އަށެވެ.
- އޭ ސަރަޙައްދުގައި ހިމެނެނީ ފަލަސްޠީނު މީހުން މައިގަނޑު ގޮތެއްގައި ދިރިއުޅޭ މަރުކަޒުތަކެވެ. އަދި އެ ސަރަޙައްދުގެ ސަލާމަތީ އަދި އިދާރީ ކަންކަން ބަލަހައްޓަނީ ފަލަސްޠީނުންނެވެ. އެއީ ހުޅަނގު އައްސޭރީގެ %18 ގެ ސަރަޙައްދެކެވެ.
- ބީ ސަރަޙައްދުގެ އިދާރީ ކަންކަން ބަލަހައްޓަނީ ފަލަސްޠީނުން ކަމަށްވާއިރު، ސަލާމަތީ ކަންކަން ބަލަހައްޓަނީ އިޒްރޭލުންނެވެ. އެއީ ހުޅަނގު އައްސޭރީގެ %21 އެވެ.
- ސީ ސަރަޙައްދުގެ ސަލާމަތީ އަދި އިދާރީ ކަންކަން ބަލަހައްޓަނީ އިޒްރޭލުންނެވެ. އެއީ ހުޅަނގު އައްސޭރީގެ %61 އެވެ. އޮކްޓޯބަރު މަހަށްފަހު އިޒްރޭލުން މި ބައިކުރުންތަކަށް އިތުރަށް ބޯލަނބައެއް ނުއެވެ.
އެއްބަސްވުމަށްފަހު ދެން ވީ ކިހިނެއް؟
އޮސްލޯގެ މުއާހަދާގެ ބަސްމަގަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން ތަރުތީބު ކުރާ ސިޔާސީ، ސަލާމަތީ އަދި އިޤްތިޞާދީ އުޞޫލުތަކެކެވެ. އެހެންވީއިރު، އޭގެ ތެރެއިން ހަގީގަތުގައި ތަންފީޒުކުރެވުނީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި މިއަދު ބާކީ އޮތީ ކޮން އެއްޗެއް ހެއްޔެވެ؟
- އޮސްލޯ މުއާހަދާގައި ސޮއިކުރިތާ މަދު އަހަރުތަކެއްގެ ފަހުން، އިޒްރޭލުން ސިފައިން ފަލަސްޔީނުގެ ބިންތަކުން ފޭބުމުގެ މަސައްކަތް ހުއްޓައިލިއެވެ. އަދި އެއާ ޚިލާފަށް، ފަލަސްޠީނުގެ ފުރިހަމަ ސަލާމަތީ ބާރު ހިނގާ އޭ ސަރަޙައްދުތަކަށް އަރައިގަނެ، މިނިވަންކަން ހޯދުމަށް އަމާޒުކޮށްފައިވާ އިންތިޤާލީ މަރުޙަލާއަށް ހުރަސްއެޅޭފަދަ ފިޔަވަޅުތައް އެޅިއެވެ.
- އިޒްރޭލުން އޭ ސަރަޙައްދުތަކަށް އަރައި، މީހުން މަރައި، އިތުރު ޔަހޫދީ ބަސްތީތައް ބިނާކޮށް،، ވެރިކަމުގެ އިދާރާއަށް ސިޔާސީ، ސަލާމަތީ އަދި އިޤްތިޞާދީ ގޮތުން ދަތިކުރަމުންދިޔައެވެ. ވީ އޮސްލޯ މުއާހަދާ ނެތް ފަދަ ހާލަތަކަށ ްގެންދިއުމެކެވެ. އަދި އެއަށްފަހު، އެއްބަސްވުމާ އެއްގޮތަށް އިތުރަށް ސަލާމަތީ ގުޅުން ބަދަހިކުރުމަށް އިދާރާއަށް ގޮވައިލަމުންދިޔައެވެ.
ޔަހޫދީންނަށް އޮސްލޯ މުއާހަދާ ވީ ޔަހޫދީންގެ ގެރިއަށް ވީ ގޮތެވެ. އެމީހުންނަށް އަބަދުވެސް އޭގައި ހުރޮި އެއްޗެއް އޮޅުްނ އަރައި އަލުން އެއެއްޗެއް މާނަކޮށް އައު އެއްބަސްވުމެއް ހަދާން ޖެހުނެވެ. ޔަހޫދީން އޮސްލޯ މުއާހަދާ ހީނަރުކޮށްލިއެވެ. މަރާ ނުލި އެވެ އަދި ދިރިވެސް ނުބެހެއްޓިއެވެ. އޮސްލޯ މުއާހަދާ އައިސީޔޫއަށް ވައްދާލިއެވެ.






