ޖެނޮސައިޑް ހިންގާ ޒަޔަނިސްޓު ރެޖީމަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފިއެވެ. މިއީ އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން ޔަހޫދީ ރެޖީމަށް ފޯރުކޮށްދޭ އެހީގެ ދަށުން ހިންގޭ އެންމެ ބޮޑު އެއް މުޢާމަލާތެވެ. މި ޕެކޭޖުގައި ބަރު ހަތިޔާރާއި ނުރައްކާތެރި ބޮންތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަތިޔާރުގެ ވިޔަފާރީގައި އެއް ޓަނަށް ވުރެން ބަރު ޖުމްލަ 40,000 ބޮން ހިމެނެއެވެ. މީގެ ތެރޭގައި 20,000 "އެމް.ކޭ-84″ ބޮމާއި، 20,000 "ބީ.އެލްޔޫ -117″ ގެ ބޮމުގެ އިތުރުން ބިންގަރާސް ގޮއްވާލާ ޚާއްސަ ވޯހެޑްތައް ހިމެނެއެވެ.
މިފަދަ ހަތިޔާރު ފޯރުކޮށްދިނުމަކީ ހިފާފައިވާ ޣައްޒާ އަދި ހުޅަނގު އައްސޭރި ފަދަ ސަރަޙައްދުތަކުގައި ހިންގާ ޖެނޮސައިޑް ހަމަލާތަކށް ދެވޭ ހިތްވަރެއް ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ.






