ޓްރަމްޕްގެ ދަރީގެ ކައިވެނި ބާއްވައި ދިނީ ޕޫޓިންގެ ރައްޓެއްސެއް

ރަޝިޔާގެ މަޝްހޫރު ބިލިއަނަރެއް ކަމަށްވާ އުމަރު ކްރެމްލެވްގެ އެހީތެރިކަމާއެކު ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ކައިވެނި ކެރީބިއަން ސަރަޙައްދުގައި ބާއްވައިފިއެވެ. މި ކައިވެނީގެ ހަފުލާއާ ގުޅޭގޮތުން މީސްމީޑިއާ އާއި މީޑިއާގައި ވަނީ ވާހަކަ ދައްކާފައެވެ. އެކަމާ ގުޅިގެން ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ އަނބިކަނބަލުން ބެޓީނާ ޓްރަމްޕް، ބުނެފައި ވަނީ ކައިވެނި ބާއްވާފައި ވަނީ އާއިލީ މާހައުލެއްގައި ކަމަށާއި އެތަނަށް ގޮސްފައިވާނީ އާއިލާއާއި ރައްޓެހިން ކަމަށެވެ.

އެމެރިކާގެ މީޑިއާއިން ބުނަނީ މި ކައިވެނީގެ ހަފުތާގެ ހުރިހައި ޚަރަދެއް ދީފަިއ ވަނީ ޕޫޓުންގެ ރަހުމަތްތެރިޔާ އުމަރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީސް މީޑިއާގައި ޙިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައި ބެޓީނާ ވިދާޅުވީ، ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. އަދި އުމަރު ކްރެމްލެވް ފޯރުކޮށްދެއްވި އެހީތެރިކަމަކީ ސިޔާސީ އެއްވެސް މަޤްޞަދެއް އޮވެގެން ދިން އެހީތެރި ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރަޙްމަތްތެރިކަމުގެ ގޮތުން އޭނާ ދިން ދީލަތި ހަދިޔާއެއް ކަމަށެވެ.

ޓްރަމްޕްގެ ދަރީގެ މި ކައިވެނީގެ ހަފުލާގައި 50 މީހުން ބައިވެރިވެފައިވެއެވެ. އެފްބީއައިގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ފްރެންކް މޮންޓިޔާ ޖޫނިއަރ ވިދާޅުވެފައިވާ ގޮތުގައި، ރަޝިޔާގެ ބިލިއަނަރުން ޢާންމުގޮތެއްގައި މަސައްކަތްކުރަނީ އެ ޤައުމުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށެވެ. އަދި އެފަދަ ފަރާތްތަކުން ޓްރަމްޕްގެ ދަރިން ފަދަ މީހުންނަށް ޚަރަދުކުރުމަކީ މުސްތަޤުބަލުގައި ވަކި ކަހަލަ މަސްލަހަތުތަކެއް ފުއްދަން އެދެން ޖެހިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ތަރުޖަމާނު ވިދާޅުވިގޮތުގައި، އުމަރު ކްރެމްލެވްއަކީ ޓްރަމްޕް ޖޫނިއާއާ ބޮކްސިން ކުޅިވަރާއި، އައުޓްޑޯ ހަރަކާތްތަކުގެ ޒަރީޢާއިން ގާތް ގުޅުމެއް އޮތް ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ރައްޓެއްސެއް ކަމަށެވެ.

މެއި މަހު ބޭއްވި މި ކައިވެންޏަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންފައެއް ނުވެއެވެ. އޭރު އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ އެ ދަނޑިވަޅުގައި ޔުކްރޭންގެ މައްސަލައާއި އެހެނިހެން ޤައުމީ މަސްލަހަތުތަކާ ގުޅޭ ކަންކަމުގައި ވަރަށް ބޮޑަށް އަވަދިނެތި އުޅުއްވަންޖެހިވަޑައިގަތުމުން ދަތުރުކުރެވެން ނެތީ ކަމަށެވެ.

ހިއްސާ ކުރައްވާ!