އެމެރިކާ: ޖަނަވާރު ކޮށި ތަކެއްގައި މީހުން ބަންދު ކުރި މައްސަލައެއް

ފްލޮރިޑާގައި ޤާއިމުކޮށްފައިވާ "އެލިގޭޓަރ އަލްކަޓްރާޒް" ނަމަކަށް ކިޔާ މީހުން ބަންދުކުރާ ޖަލެއްގައި އަނިޔާވެރި ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ އިންސްޕެކްޓަރ ޖެނެރަލްގެ ރިޕޯޓަކުން ހާމަކޮށްފިއެވެ. މި ޖަލުގައި ތިބި މީހުން ބަންދުކޮށްފައިވަނީ ވަރަށްދަށް ފެންވަރުގެ މާހައުލެއްގައވެ. އެމީހުން ބަންދުކޮށްފައި ވަނީ، އަލަމާރިއެއް ވަރުގެ ކުޑަ ދަނގަޑު ކޮށި ތަކެއްގައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އިންސްޕެކްޓަރ ޖެނެރަލް ކުރިއަށް ގެންދިޔަ ތަޙުޤީޤަކުން ހާމަވި ގޮތުގައި، އެ ޖަލަކީ ބަންދުކުރާ މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ކާނާއާއި، ސާފުތާހިރުކަމުގެ މިންގަނޑަށް ފެތޭ ތަނެއްވެސް ނޫނެވެ.

ޖުލައި 17، 2025 އިން ފެށިގެން ޖެނުއަރީ 18، 2026 އާ ދެމެދު އެ ޖަލުގައި މަދުވެގެން 79 ބަންދުކޮށްފައި ބޭތިއްބިއެވެ. އެމެރިކާގައި މީހުން ބަންދު ކުރުމަށް ކަނޑއަޅާފައިވާ ޤައުމީ މިންގަނޑުތައް ބަޔާންކުރާގޮތުން ކޮންމެ މީހަކަށް މަދުވެގެން 75 އަކަފޫޓުގެ ޖާގައެއް ބޭނުންވާނެއެވެ. ނަމަވެސް، މި ދަނގަނޑު ކޮށިތަކުގައި ހުރީ އެންމެ 18 އަކަފޫޓުގެ ޖާގައެކެވެ.

މި ތަޙުޤީޤީ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، މިފަދަ ޖަނަވާރު ކޮށިތައް ބޭނުންކޮށްފައިވަނީ ބަންދުކުރާ މީހުންނަށް އަނިޔާ ކުރުމުގެ ގޮތުންނެވެ.

މިޖަލުގެ ފާޚާނާތައް ހުރިގޮތުންނާއި، ފެންވަރާ ތަންތަނުގައި ފަނިއަޅާފައި ހުރުމުގެ ސަބަބުން ޞިއްޙީ ނުރައްކާތައް ކުރިމަތިވެފައިވާ ކަމަށް ވެސް ތަޙުޤީޤުން ދައްކައެވެ.

މި ޖަލު ހިންގުމަށް 300 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށްވެސް ހިސާބުތަކުން އެނގެއެވެ. އެއީ ގާތްގަނޑަަކަށް ދުވާލަކަށް މިލިއަނެއްގައި ޑޮލަރެވެ.

 

ހިއްސާ ކުރައްވާ!