ޓައިވާނާ އޮތް ގުޅުމަކީ ދޫކޮށްލެވޭނެ ގުޅުމެއް ނޫން: ޕެރަގުއޭ

ޓައިވާނާ އެކު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުންތަކުގެ ސަބަބުން ބެއިޖިންގްއިން ޕެރަގުއޭއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ޓައިވާނާއެކު ހިންގާ ގުޅިފައިވާ މަޝްރޫޢުތަކަށް އެއްވެސް މަޑުޖެހުމެއް ނައަންނާނެ ކަމަށާއި އެ ގުޅުމަކީ ކޮންމެހެން ދަމަހައްޓަންޖެހޭނެ ކަމެއް ކަމަށް ޕެރަގުއޭގެ ވަޒީރަކު ވިދާޅުވެއްޖެއެވެ.

ޕެރަގުއޭގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް މިނިސްޓަރު ގުސްޓަވޯ ވިލާޓޭ ވިދާޅުވީ، ޗައިނާއިން އޭނާއާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް ޕެރަގުއޭގެ ވިސްނުމަށް ބަދަލެއް ނައަންނާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ޓައިޕޭއާ އެކު އޮތް ގުޅުމަކީ އެއްވެސް ޙާލެއްގައި މަޝްވަރާކޮށްގެން ބަދަލުކުރެވޭނެ ނުވަތަ ދޫކޮށްލެވޭނެ ގުޅުމެއް ނޫން ކަމަށެވެ.

ލެޓިން އެމެރިކާ ސަރަޙައްދުގައި ޓައިވާނަށް ރަސްމީކޮށް ތާީދުކުރަމުންދާ މަދު ޤައުމުތަކުގެ ތެރޭގައި ޕެރަގުއޭ ހިމެނެ އެވެ. މިއީ ޗައިނާއާއި ހުޅަނގުގެ ޤައުމުތަކާ ދެމެދު އޮތް މަސްރަހު އިތުރަށް ނުތަނަވަސް ވެފައިވާ ކަމެކެވެ. ޗައިނާއިން ބާރުއަޅަމުންދަނީ އެއް ޗައިނާގެ ސިޔާސަތަށް ފުރިހަމައަށް ބޯލެނބުމަށެވެ.

ނަމަވެސް، ބެއިޖިންގްގެ ފަރާތުން ކުރިމަތިވާ ޕްރެޝަރުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާނީ ގުޅުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ޕެރަގުއޭގެ ސަރުކާރުން ބުނެފައިވެއެވެ. ޗައިނާއިން ވަނީ ތައިވނާއެކު ބާއްވާ ގުޅުމާ ހެދި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކަށް ދަތުިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ހިއްސާ ކުރައްވާ!