އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރުގެ ފަހު ދެ އަހަރުގެ ސިޔާސީ މިސްރާބު ކަނޑައެޅިގެންދާނެ އިންތިޚާބުގައި ވޯޓުލުން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި އިންތިޚާބުގެ ވޯޓުކަރުދާހުގައި ރައީސް ޓްރަމްޕްގެ ނަންފުޅު ނެތް ކަމުގައި ވިޔަސް، މިއީ އޭނާގެ ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ތާއީދު އޮތް މިންވަރު ވަޒަންކުރެވިގެންދާނެ އެންމެ މުހިންމު ސިޔާސީ އިމްތިހާނެވެ.
ރައީސެއްގެ ހަތަރު އަހަރުގެ ދައުރުގެ މެދުތެރެއިން ބާއްވާ މި "މިޑްޓަރމް" އިންތިޚާބުގައި، އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގެ ކޮންޓްރޯލް ލިބޭނެ ޕާޓީއެއް ކަނޑައެޅިގެންދާނެއެވެ. މީގެއިތުރުން، އެކި ސްޓޭޓްތަކުގެ ގަވަރުނަރުންނާއި، ސްޓޭޓް ފެންވަރުގެ އެކި އިދާރާތަކަށް އިންތިޚާބުކުރަންޖެހޭ އެތައް ހާސް މަގާމަކަށް މީހުން އިންތިޚާބުކުރުންވެސް މި ވޯޓުގައި ކުރިއަށްދާނެއެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސް
- 435: ކޮންގްރެސްގެ ދަށު މަޖިލިސް، ހައުސްގެ ހުރިހާ ގޮނޑިއަކަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު އިންތިޚާބު ބޭއްވެއެވެ.
- 218: އަކީ 435 ގޮނޑީގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ މެޖިކް ނަންބަރެވެ.
- 3: އަކީ ކޮންޓްރޯލް ހޯދުމަށްޓަކައި ޑިމޮކްރެޓުން އިތުރަށް ހޯދަންޖެހޭ ގޮނޑީގެ އަދަދެވެ. 2024 ގައި ރިޕަބްލިކަންއިން 215-220 އިން އަޣުލަބިއްޔަތު ހޯދި ނަމަވެސް، މަރުވުމާއި ޕާޓީ ބަދަލުކުރުމުގެ ސަބަބުން މިހާރު މަޖިލީހުގައި ތިބީ 218 ރިޕަބްލިކަން، 214 ޑިމޮކްރެޓުން، 1 އަމިއްލަ މެންބަރާއި އަދި ހުސްވެފައިވާ ދެ ގޮނޑިއެވެ.
- ރިޕަބްލިކަންއިންނަށް މީގެ މާނައަކީ ދެ ގޮނޑި ގެއްލުނަސް ސަލާމަތްވެވޭނެއެވެ. ނަމަވެސް ތިން ގޮނޑި ގެއްލިއްޖެނަމަ ސަލާމަތެއް ނުވެވޭނެއެވެ.
ސެނެޓާއި ސްޓޭޓްތައް
- 35: އަކީ ވާދަކުރާ ސެނެޓް ގޮނޑި: 6 އަހަރުގެ ދައުރުގެ 33 ގޮނޑީގެ އިތުރުން ފްލޮރިޑާ އަދި އޮހައިއޯގެ ހާއްސަ އިންތިޚާބުތަކެވެ.
- ޑިމޮކްރެޓުންނާއެކު ވޯޓުދޭ ދެ އަމިއްލަ މެންބަރުން ހިމެނޭހެން، 100 ގޮނޑީގެ މަޖިލީހުގައި ރިޕަބްލިކަންއިން މިހާރު 53-47 ގެ ކުރިއެރުމެއް ހޯދާފައިވެއެވެ. އެހެންކަމުން ކޮންޓްރޯލް ހޯދުމަށް ބޭނުންވާ 51 ގޮނޑިއަށް ވާސިލްވުމަށްޓަކައި ޑިމޮކްރެޓުންނަށް އިތުރު ހަތަރު ގޮނޑީގެ ކުރިއެރުމެއް ބޭނުންވެއެވެ. 50-50 އިން އެއްވަރުވެއްޖެނަމަ، ނިންމުން ނިންމަވާނީ ރިޕަބްލިކަން ނައިބު ރައީސް ޖޭޑީ ވެންސް އެވެ.
- 36: އެއީ ގަވަރުނަރުން އިންތިޚާބުކުރާ ސްޓޭޓްތައް، މިއީ ޖުމްލަ ސްޓޭޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ.
- 6,139: އަކީ ގައުމުގެ 99 ސްޓޭޓް ގާނޫނުހަދާ މަޖިލީހުގެ ތެރެއިން 88 މަޖިލީހެއްގައި އާންމުކޮށް ވާދަކުރާ ސްޓޭޓް ގާނޫނުހަދާ މަޖިލީހުގެ ގޮނޑިތަކެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތް
- 53-41 އިންސައްތަ: ސެޕްޓެމްބަރު 14-15 ގައި ޕީބީއެސް ނިއުސް/އެންޕީއާރު/މާރިސްޓް އިން ކުރިއަށްގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، ކޮންގްރެސްގެ ކެންޑިޑޭޓުންގެ ތެރެއިން ތާއީދުކުރާނީ ކޮން ޕާޓީއަކަށްތޯ ރަޖިސްޓްރީވެފައިވާ ވޯޓަރުންގެ ގާތުން އެހުމުން ރިޕަބްލިކަންއަށްވުރެ ޑިމޮކްރެޓުންނަށް ލިބުނު ކުރިއެރުމެވެ.
- މި ސަވޭއިން ދެއްކި ގޮތުގައި ވަކި ޕާޓީއަކަށް ތާއީދުނުކުރާ ވޯޓަރުންގެ ތެރެއިންވެސް 57 އިންސައްތައިން 32 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވަނީ ޑިމޮކްރެޓުންނެވެ.
- 32-41 އިންސައްތަ: އަކީ ސެޕްޓެމްބަރު މަހު ކުރިއަށްގެންދިޔަ މުހިންމު ސަވޭތަކުގައި ޓްރަމްޕްގެ މަސައްކަތްތަކަށް ތާއީދުކުރާ މިންވަރު ހުރި ވަރެވެ.
- ރޮއިޓާސް/އިޕްސޯސް އިން ފާއިތުވި ހަފްތާގައި އެމެރިކާގެ ބޮޑެތި މީހުންގެ ތެރޭގައި އޭނާއަށް އޮތް ތާއީދު 31 އިންސައްތައިގައި އުޅޭކަމަށް ދައްކާފައިވާއިރު، މިއީ އޭނާގެ ސިޔާސީ ޙަޔާތުގައި އެންމެ ދަށްވި ފަހަރެވެ. ނަމަވެސް މާރިސްޓް ސަވޭއިން ރަޖިސްޓްރީވެފައިވާ ވޯޓަރުންގެ 39 އިންސައްތަ އަދި އެންބީސީ ނިއުސްއިން 41 އިންސައްތަ ރެކޯޑުކޮށްފައިވެއެވެ. މި ސަވޭތަކުގައި ބޭނުންކޮށްފައިވަނީ ތަފާތު މެތޮޑޮލޮޖީތަކާއި އާބާދީތައް ކަމަށްވުމުން، މިއަދަދުތައް ސީދާ އަޅާކިޔޭކަށް ނެތެވެ ނަމަވެސް އެއްވެސް ސަވޭއަކުން ރައީސްގެ ސަބަބުން އޭނާގެ ޕާޓިއަށް ބޮޑު ތާއީދެއް ލިބޭކަމަކަށް ނުދައްކައެވެ.
- 55 އިންސައްތަ: އަކީ އެންބީސީ ނިއުސްއަށް މައުލޫމާތު ދިން ރަޖިސްޓްރީވެފައިވާ ވޯޓަރުންގެ ތެރެއިން ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދަށް ގެއްލުންވެފައިވާ ކަމަށް ބުނި މީހުންގެ އަދަދެވެ. އެއާޚިލާފަށް އެ ސިޔާސަތުތަކުން އެހީތެރިކަން ލިބުނު ކަމަށް ބުނެފައިވަނީ 26 އިންސައްތަ މީހުންނެވެ.
ފައިސާ، ފައިސާ، ފައިސާ
- އަންދާޒާކުރެވޭ 12 ބިލިއަން ޑޮލަރު: އެއީ 2025-26 ގެ އިންތިޚާބީ ދައުރުގައި އިޝްތިހާރު ކުރުމަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދެވެ.
- އިޝްތިހާރުތައް ޓްރެކްކުރާ ކުންފުންޏެއް ކަމަށްވާ އެޑްއިމްޕެކްޓުން ލަފާކުރަނީ 11.6 ބިލިއަން ޑޮލަރު އިޘްތިހާރަށް ކަރަދު ކުރާނެ ކަމަށެވެ. މިއީ މީގެ ކުރިން 2022 ގެ މިޑްޓާމް އިންތިޚާބުގައި ގާއިމުކުރެވުނު 8.9 ބިލިއަން ޑޮލަރުގެ ރެކޯޑަށްވުރެ އަދި 2024 ގެ ރިޔާސީ އިންތިޚާބުގެ ދައުރަށްވުރެ ވެސް އިތުރު އަދަދެކެވެ.
- ކައިނެޓިކް ޕޮލިޓިކަލް އިންސައިޓްސްގެ އެންމެ ފަހުގެ އަންދާޒާއަކީ މިއަށްވުރެ ކުޑަކޮށް އިތުރު އަދަދެކެވެ. އެއީ 11.5 ބިލިއަން އާއި 12.5 ބިލިއަން ޑޮލަރާ ދެމެދުގެ އަންދާޒާއަކާއެކު 11.96 ބިލިއަން ޑޮލަރެވެ.
- 330 މިލިއަން ޑޮލަރު: އަކީ އެޑްއިމްޕެކްޓް މައުލޫމާތު ދޭގޮތުގައި ކެލިފޯނިއާގެ ގަވަރުނަރު އިންތިޚާބު ކުރުމުގެ ޕްރައިމަރީގައި އިޝްތިހާރަށް ކުރެވުނު ޚަރަދެވެ. މިއާއެކު ނޮވެމްބަރު މަހުގެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވުނު މި ޕްރިލިމިނަރީ ވާދަވެރިކަން ވެގެންގޮސްފައިވަނީ ތާރީޚުގައިވެސް ގަވަރުނަރު ކަމުގެ އިންތިޚާބަކަށް ކުރެވުނު އެންމެ ބޮޑު ޚަރަދަށެވެ.
މައުލޫމާތު ކޮޅެއް
- 2,497: މިއީ މިއަހަރު އެމެރިކާގެ ކޮންގްރެސްގެ ޕްރައިމަރީތަކުގައި ވާދަކުރި ކެންޑިޑޭޓުންގެ އަދަދެވެ.
- މިއީ މަދުވެގެން 2014 ވަނަ އަހަރުގެ ފަހުން އިންތިޚާބީ ދައުރެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި ފަހަރެވެ.
- މީގެ ތެރެއިން ބޮޑު އިންސައްތައެއް، އެއީ 2,232 ކެންޑިޑޭޓުން ވާދަކުރީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގޮނޑިތަކަށެވެ.
- 44: އެއީ ނޮވެމްބަރު 3 ގައި ބާއްވާ ހައުސްގެ އިންތިޚާބުތަކުގެ ތެރެއިން 2024 ގައި އެ ގޮނޑިތަކަށް ވާދަކުރި ބޮޑެތި ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި އަލުން ބޭއްވޭ ކުރިމަތިލުންތަކުގެ އަދަދެވެ.
- މި ހޯދުން ސްޓޭޓް އަދި ލޯކަލް އިންތިޚާބުތަކަށް ފުޅާކޮށްލުމުން، މުޅި ގައުމުގައި އެކި އިންތިޚާބުތަކުގައި އަލުން ވާދަކުރާ މީހުންގެ 474 ކުރިމަތިލުމެއް އޮތްކަން އެނގެއެވެ
- މިއިން ދައްކުވައިދެނީ ހޮލީވުޑްގައި ފިލްމުތަކުގެ ސީކުއެލް ހެދުމެކޭ އެއްފަދައިން، އެމެރިކާގެ ސިޔާސީ މައިދާނުގައިވެސް ދެވަނަ ފަހަރަށް ކުރިމަތިލުމަކަށް އެއްވެސް އިއުތިރާޒެއް ނެތްކަމެވެ.






