ޖެންގިސް ޚާނަކީ މުސްލިމެއްތަ؟

މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެކެވެ. މަޝްހޫރު ފާތިހު ޖެންގިސް ޚާނަކީ މުސްލިމެއް ނޫން ކަން ތާރީޚީ ހެކިތަކުން ސާބިތުވެއެވެ.

މޮންގޯލް ރަސްކަމުގެ ބިންގާ އެޅުއްވި ޖެންގިސް ޚާން ތަބާވެވަޑައިގެންފައިވަނީ އޭރުގެ މޮންގޯލުންގެ މެދުގައި އާންމު ވެފައި އޮތް، އުޑުގެ އިލާހާށް އަޅުކަންކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ސަގާފީ ދީނެއް ކަމަށްވާ "ޓެންގްރިޒަމް" އަށެވެ.

1162 ވަނަ އަހަރުހާއި ގާތކޮށް އުފަންވި ޓެމޫޖިން، މޮންގޯލް ގަބީލާތައް އެއްބައިކުރެއްވުމަށްފަހު "ޖެންގިސް ޚާން" ގެ ލަގަބު ހޯއްދެވީ 1206 ވަނަ އަހަރުއެވެ.

"ޚާން" ނުވަތަ ޚާނަކީ އިސްލާމީ ދީން އެ ސަރަހައްދަށް ފެތުރުމުގެ މާ ކުރިންސުރެ އޭރުގެ ތުރުކީ-މޮންގޯލް ބަސްތަކުގައި ގަބީލާ ވެރިޔާ ނުވަތަ ލީޑަރުގެ މާނައިގައި ބޭނުންކުރަމުން އައި ނަމެކެވެ. މިނަމާ އިސްލާމްދީނުގެ ނަން ކިޔުމުގެ އުސޫލުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ތާރީޚީ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ފަހުގެ މަރުހަލާތަކުގައި ޖެންގިސް ޚާންގެ ނަސްލުން އައި ބައެއް ވެރިންނާއި މޮންގޯލް ރަސްކަމުގެ ބައެއް ގޮފިތައް ފަހުން އިސްލާމްދީނަށް ވެއްދި ނަމަވެސް، ޚުދު ޖެންގިސް ޚާން ދުނިޔޭގައި ހުންނެވި ދުވަސްވަރު ދެމިހުންނެވީ ޓެންގްރިޒަމް ދީންގެ މަތީގައެވެ. އޭރުގެ ލިޔުންތަކާއި ޒަމާނީ ތާރީޚުޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި، އޭނާގެ ދީނީ އަމަލުތައް ބިނާވެފައިވަނީ މޮންގޯލް މީހުންގެ ސަގާފީ ޝަމާނިޒަމްގެ މައްޗަށެވެ.

ހިއްސާ ކުރައްވާ!