ޔޫއެސްގައި ހުންނަ އެމެރިކާ ސަފީރު ހިއްސާކުރި ފޮޓޯއެއް
ޔޫއެސްގައި ހުންނަ އެމެރިކާ ސަފީރު ހިއްސާކުރި ފޮޓޯއެއް

ޗައިނާގެ ޒުވާނަކު އޮންލައިންކޮށް ދިން ދައުވަތަކާ ގުޅިގެން ގިނަ ބަޔަކު އޭނާގެ ކައިވެނީގެ ހަފުލާއަށް ހާޒިރުވެއްޖެ

އާއިލާގެ މެންބަރުން މަދުވުމުގެ ސަބަބުން ކައިވެނީގެ ހަފުލާއަށް ދައުވަތު ދޭނެ މީހުން ނެތިގެން މީސް މީޑިއާ ގައި ޗައިނާގެ ޒުވާނަކު އާންމުކޮށް ހުޅުވާލައިގެން ދިން ދައުވަތަކާ ގުޅިގެން، އެ ޒުވާނާގެ ކައިވެނީގެ ހަފުލާއަށް އެތައް ހާސް ބަޔަކު އެއްވެ، އެ ކަން މުޅި ހަފުލާ ބޮޑު އިޖުތިމާއީ ހަރަކާތަކަށް ބަދަލުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ މި ޒުވާނާއަކީ ކުޑައިރުގެ ހިތާމަވެރި ހާދިސާތަކެއް ކުރިމަތިވެފައިވާ މީހެކެވެ. އޭނާގެ އުމުރުން އެންމެ ތިން އަހަރުގައި ބައްޕަ ވަނީ ނިޔާވެފައެވެ. އޭނާ ބަލާބޮޑުކުރި މާމަ ނިޔާވީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ.

ކައިވެނީގެ ތާރީޚު ކައިރިވަމުން އައިއިރު، އާއިލީ މެމްބަރުންނާއި ގުޅުންތައް މަދުވުމުގެ ސަބަބުން ކައިވެނީގެ ހަފުލާއަށް ހާޒިރު ވާނެކަމަށް އޭނާ ލިސްޓު ކުރި މީހުންނަށް 3 މޭޒު ފުދެއެވެ. ނަމަވެސް އޭނާ ނިންމީ މީސް މީޑިއާ މެދުވެރިކޮށް ނުދަންނަ ފަރާތްތަކުންވެސް އޭނާގެ ކައިވެނީގެ ހަފްލާއަށް އައުމަށް އާންމުކޮށް ދައުވަތު ދިނުމަށެވެ.

ޗައިނާގެ ސައުތުވެސްޓް ޔުއްނާން ޕްރިޮވިންސްގެ ޗާއޯތޮންގް ސިޓީގެ ޔީލަންގް އަވަށުގައި ބާއްވާފައި އޮތް މި ހަފުލާއަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ވަނީ މީސްމީޑިއާގައި އެންމެން ވާހަކަ ދައްކާ ކަމަކަށް ވެފައެވެ. ޒުވާނާ އުއްމީދުކުރި ވަރަށްވުރެ އެތައް ގުނަ އިތުރަށް މީހުން ވަނީ އޭނާގެ ހަފްލާއަށް އައިސްފައެވެ.

މި ހަފްލާއަށް މުއްސަނދިންވެސް ވަނީ އެމީހުންގެ ލަގްޒަރީ ކާރުތަކުގައި އއއިސްފައެވެ. ބައެއް މީހުން ހަދިޔާތަކާއެކު ގައެވެ. އަނެއް ބައި މީހުން އައީ ކާނާ ހިފައިގެންނެވެ. އަދި މީގެ އިތުރުން، ހަފުލާއަށް އައި ބައެއް އާންމުން ވަނީ ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތުގައި އަމިއްލައަށް ބައިވެރިވެފައެވެ. އަދި ކައްކާއިން ހިލޭ ކާނާ ތައްޔާރުކޮށްދޭންވެސް އައެވެ.

މޭކަޕް ކުރުމާއި އިސްތަށިގަނޑު ހެދުމާއި އަދި ފޮޓޯނެގުމުގެ ޚިދުމަތްތައްވެސް އެކި ފަރާތްތަކުން ވަނީ ހިލޭ ފޯރުކޮށްދީފައެވެ.

މި ކައިވެނި ހަފުލާ ވަނީ އެ އަވަށުގެ އާންމު މައިދާންގައި ބާއްވައި ބޮޑު އިހުތިފާލަކަށް ބަދަލު ވެފައެވެ.

މި ހަފުލާއަށް އެއްވި ގިނަ އަދަދެއްގެ މީހުންގެ ސަބަބުން، އަވަށުގެ ކަމާބެހޭ ފަރާތްތަކާއި ފުިލުހުން ވަނީ ޓްރެފިކް ބެލެހެއްޓުމާއި، އެއްވި މީހުންގެ ސަލާމަތީ ކަންކަން އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

އަމިއްލަ މަސައްކަތުން އެއްކުރި 167,500 ޔުއާން (ގާތްގަނޑަކަށް 25,000 އެމެރިކާ ޑޮލަރު) ކައިވެނީގެ ޚަރަދުތަކަށް ކަނޑައެޅި މި ޒުވާނާ ބުނި ގޮތުގައި، މިއީ ހަމައެކަނި ހަދިޔާ ލިބުމުގެ މުނާސަބާއެއް ނޫން ކަމަށާއި، މުޅިން ނުދަންނަ އެތައް ހާސް ބަޔަކު އެއްވެ ދެއްކި އެކުވެރިކަމާއި އިންސާނިއްޔަތުކަމުގެ އާދަޔާޚިލާފު ތަޖުރިބާއިން އޭނާއަށް ތަފާތު އިޙުސާސެއް ކުރެވިފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!