ޑރ. ޖެކްލިން އައްސައްޔިދުގެ އެފްބީއިން
ޑރ. ޖެކްލިން އައްސައްޔިދުގެ އެފްބީއިން

ސެނެޓަރު މުންތަޚަބްގެ މަންމައަކީ އިސްލާމީ ދާޢިޔާއެއް!

ކުރިން ޖެކްލިން ޖޯންސަން މިހާރުގެ ޑރ. ޖެކްލިން އައްސައްޔިދަކީ، އެމެރިކާގެ ސެނެޓަރު މުންތަޚަބް ޢަބްދުއްރަޙްމާން އައްސައްޔިދުގެ ބައްޕަގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ ޢަބްދުއްރަޙްމާންގެ އުމުރުން އެންމެ ތިން އަހަރުއްސުރެ އޭނާ ބަލައިގަނެ، ބަލާބޮޑުކޮށް އަދި އަޅާލި އަދޮން މަންމައެވެ. އޭނާގެ ބައްޕައާ ކައިވެނި ބައްލަވައިގެންނެވި ފަހުން ޖެކްލިން ވަނީ އިސްލާމްދީން ގަބޫލުކުރައްވާ، މިސްކިތްތަކުގައި އަންހެނުންނަށް އިސްލާމްދީން އުނގަންނައިދެއްވާ ދާޢިޔާ އަކަށްވެވަޑައިގެންފައެވެ.

ޑރ. މުޙައްމަދު އަލް-ސައްޔިދު އާއި ޖެކްލިން ބައްދަލުވި ގޮތް:

  • ޖެނެރަލް މޯޓާސް އަދި ކެޓަރިންގ އިންސްޓިޓިއުޓް:
    ޖެކްލިން 1981 އިން 1986 އަށް ކެޓަރިންގ އިންސްޓިޓިއުޓް އޭރުގެ ޖެނެރަލް މޮޓޯސް އިންސްޓިއުޓް އިން އިންޖިނިއަރިންގ ދާއިރާއިން ކިޔަވަމުންދިޔައިރު، މިސްރުގެ ޕްރޮފެސަރ ޑރ. މުޙައްމަދު އައްސައްޔިދު ދިޔައީ 1985 އިން 1988 އަށް ޖެނެރަލް މޯޓާސް ގެ ވޮރެން، މިޝިގަންގައި ހުންނަ ޓެކްނިކަލް ސެންޓަރުގައި ވަޒީފާ އަދާ ކުރައްވަމުންނެވެ. އޭރު ޖެނެރަލް މޮޓޯސްއާއި އިންސްޓިއުޓާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ.
  • ޔުނިވަރސިޓީ އޮފް މިޒޫރީ:
    1988 ގައި ޑރ. މުޙައްމަދު އައްސައްޔިދު ޔުނިވަރސިޓީ އޮފް މިޒޫރީ ކޮލޮމްބިއާގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަޤާމާ ހަވާލުވެ ވަޑައިގަތެވެ. ޖެކްލިންވެސް އެއިރު  އެ ޔުނިވަރސިޓީގެ ޕީއެޗްޑީ ޕްރޮގްރާމްގައި ކިޔަވަމުން ގެންދެވިއެވެ.
    ދެބޭފުޅުން 1988 ގެ އޮގަސްޓް މަހު ކައިވެނި ބައްލަވައިގަތެވެ.
    މިއީ ދެބޭފުޅުން ޖެނެރަލް މޮޓޯޒްއާއި މިޝިގަން އަދި މިޒޫރީގެ އެކަޑެމިކް މާޙައުލުގެ ތެރެއިން ގުޅުން ބަދަހިވި ގުޅުމުގެ ނަތީޖާއެވެ
  • ފުރަތަމަ ކައިވެނި ރޫޅުނު
    ޢަބްދުއްރަޙްމާން އައްސައްޔިދު އުފަންވީ އޮކްޓޯބަރު 1984 ގައެވެ. އޭނާގެ އުމުރުން އެންމެ 55 ދުވަހުގައި އޭނާގެ މައިންބަފައިން ވަނީ ވަކިވެފައެވެ.
ހިއްސާ ކުރައްވާ!