މައިކްރޯސޮފްޓު: ދެވަނައަށް އެންމެ އަގުބޮޑު ކުންފުނީގެ މަގާމަށް

އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެންވީޑިއާ ފަހަތަށް ޖައްސާލައި، މައިކްރޯސޮފްޓުން ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުންފުނީގެ މަގާމު ވަގުތީ ގޮތުން ހޯދައިފިއެވެ.

އަންގާރަ ދުވަހު އެމެރިކާގެ ހިއްސާގެ ބާޒާރުގެ ވިޔަފާރި ހުޅުވިފައި އޮތް ވަގުތުތަކުގައި ހިނގި މި ބަދަލަކީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން މައިކްރޯސޮފްޓުން އެންވީޑިއާގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. މި ބަދަލު އައިސްފައިވަނީ މައިކްރޯސޮފްޓްގެ ހިއްސާގެ އަގުގެ ނިސްބަތުން އެންވީޑިއާ ކުންފުނީގެ ހިއްސާގެ އަގު ދަށްވުމާ ގުޅިގެންނެވެ.

އެންވީޑިއާގެ ހިއްސާގެ އަގު 5 އިންސައްތައަށްވުރެ ދަށްވިިއިރު، އެ ދުވަހުގެ ބައެއް ވަގުތުތަކުގައި އަގުގެ 6 އިންސައްތައަށް ވުރެން ވެސް ދަށަށް ދިޔައެވެ.

  • ހިއްސާގެ ބާޒާރުގައި މައިކްރޯސޮފްޓްގެ ޖުމްލަ މާކެޓް ވެލިއު ވަނީ 4 ޓްރިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ޖެހިލާފައެވެ.
  • އެ ވަގުތު އެންވީޑިއާގެ އަގު އުޅުނީ 4 ޓްރިލިއަން ޑޮލަރަށްވުރެ ކުޑަކޮށް ދަށުގައެވެ.

މުޅި ދުވަހުވެސް އެއްކޮށް ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ އެއްވަނަ މަގާމު ސާބިތުކަމާއެކު ދެމެހެއްޓީ 5.06 ޓްރިލިއަން ޑޮލަރުގެ މާކެޓް ވެލިއުއެއް އޮތް އެޕަލް ކުންފުނިންނެވެ.

އެންވީޑިއާގެ ހިއްސާގެ އަގު ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ކުރިއަށް އޮތް ތަނުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީއަށް އޮންނާނެ އެދުމާ (ޑިމާންޑާ) މެދު އިންވެސްޓަރުންގެ ކަންބޮޑުވުންތައް އިތުރުވުމާއި އެކުްނފުނިގެ ސީއީއޯގެ ޖިންސީ ގާސޫސީ ގުޅުމާ ގުޅިގެން ހިންގާ ތަހުގީގާ ހެދިއެވެ.

އެމެރިކާއިން ބުނަނީ ޗައިނާގެ ޖާސޫސީ އިދާރާއާ ގުޅުން އޮންނަ ކަމަށްވާ އަންހެނަކާއެކު އެންވީޑިއާގެ ސީއީއޯ ވަނީ ގުޅުމެއް ބާއްވާފައި ކަމަށެވެ. ނަމަވެސް، ކުންފުނީގެ އެއްވެސް ސިއްރެއް ނުވަތަ ޤައުމީ ސަލާމަތާ ގުޅޭ މައުލޫމާތެއް ގެއްލިފައިވާ ކަމަށް ޤަބޫލުކުރާނެ ސަބަބެއް ނެތް ކަމަށް އެންވީޑިއާގެ ބޯޑުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!