އިސްލާމީ އުންމަތް އެންމެ ލޯބިވާ ޣައްޒާގައި މީހުން ބަނޑަށް! ފެންބޮޑުވެ ފޭލިގޭތައް ފަތަނީ، އެންމެން ނޭވާ ހިއްލަނީ!

އިސްލާމީ އުންމަތް އެންމެ ލޯބިވާ ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފޭލި ގެތަކުގައި ފެން ބޮޑުބެ މީހުން ހާލުގައި ޖެހި ކާނާ ރޯފިލުވާނެ ގޮތެއް ނެތި ހާލުގައި ޖެހިފައ ތިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ، މީހުން ވާރެއިން ސަލާމަތްވާނެ ގޮތެއް ނެތުމުން ވަނީ ނޭވާ ހިއްލާ ބަލި އާންމު ވެފައި ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެއެވެ.

ބައެއް ފޭލި ގެތަކުގައި ކަކުލާ ހަމައަށް ވަނީ ފެން ބޮޑު ވެފައެވެ. ޔަހޫދީ ބޭފުޅުން ގައްޒާ މީހުންނަށް ބަޑިުން ހަމަލަ ދިނުމާއި މަތިން މިސައިލް ފޮނުވުމުގެ މަސައްކަތް އަޅުކަމެއް ފަދައިން ބަރާބަރަށް ކުރަމުން ގެންދެއެވެ.

މުސްލިމު ގައުމުތަކުގެ ވެރިންވެސް ގެންދަވަނީ ފަލަސްޠީނު މީހުންނަށް އެމީހުން ސަޕޯޓުގައި ތިބި ކަމަށް ބުނާ ވައުދުގެ ބަސްތަކާއި ޔަހޫދީ ބޭފުޅުންގެ އަމަލުތައް ކުށްވެރިކުރުމުގެ ވާހަކަތަކުން ފަލަސްޠީނު މީހުންގެ ބަނޑު ފުރައި ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ސުވިޒަލޭންޑްގެ ޖެނީވާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ފަލަސްޠީނުގެ ބިންތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ޑަބްލިޔު.އެޗް.އޯގެ މަންދޫބު ރައިންހިލްޑް ވެން ޑެ ވެރްޑްޓް ވިދާޅުވީ، ޣަައްޒާގެ ޞިއްޙީ ނިޒާމަށް އޮތް ބާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ނޭވާހިއްލުމުގެ ބަލި ޖެހޭ ބަލިތަކުގެ ޢަދަދު މިހާރު 33،000 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިޔު.އެޗް.އޯއިން ފާހަގަކުރާ ގޮތުގައި، ޣައްޒާގެ ރައްޔިތުން ދިރިއުޅުމުގެ ޙާލަތު ދަށްވުމާއި، ބޯކޮށް ވެހުމާއި ވަރަށް ކުޑަ ސަރަޙައްދެއްގައި ގިނަ އަދަދެއްގެ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ ބަލިތައް ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބެވެ. މި ކާރިސާ އިތުރަށް ގޯސްވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މުސްލިމު ގައުމުތަކުން ޔަހޫދޫީންނާއި އެމެރިކާއަށް ދީލާލައި ޣައްޒާ ވިއްކާލި އެއްބަސްވުމަށް ފަހު ވެސް ޔަހޫދީ ބޭފުޅުން ހަމަލަތައް ދެމުން ދިއުމާ ގުޅިގެންނެވެ.

ޔަހޫދީން ވަނީ ގައްޒާގެ 80 ޕަސެންޓް ހިފައި އެމީހުންގެ ސަރަހައްދު "ރީނދޫ ރޮނގު" ން ރޮނގު ދަމައި އެތެރެއަށް ޖައްސައި ޣައްޒާ މީހުން ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރު ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން، ފަލަސްޠީނުގެ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރާ އިސްރާއީލު ސިފައިންގެ އިދާރާ (ކޯގަޓް) އިން މިދިޔަ ހަފްތާގައި ބުނެފައިވަނީ، ބޯކޮށް ވާރޭވެހުމުގެ ކުރިން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ޞިއްޙީ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތްތައް އިތުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ޑަބްލިޔު.އެޗް.އޯއިން ބުނާ ގޮތުގައި މިހާރުވެސް ޑޮކްޓަރަށް ދައްކާ މީހުންގެ %11 އަކީ ނޭވާ ހިއްލާ މީހުން ކަމަށެވެ.، އަދި ފިނި މޫސުމާއެކު ފެންބޮޑުވުމާއި، ހިޔާވަހިކަން ދޭ މަރުކަޒުތައް ތޮއްޖެހުމުގެ އިތުރުން ވައި ދައުރުވުން ދަށްވުމުގެ ސަބަބުން މި ޢަދަދު އިތުރަށް މައްޗަށް ދާނެ ކަމަށް އެ ޖަމްޢިއްޔާއިން ލަފާކުރެއެވެ.

"މަދު ދުވަސްކޮޅަކު ވެހުނު ވާރޭގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ކަންތައްތައް ވެގެންދާނެ ގޮތް ފެނުމަކީ ޝޮކެއް ލިބޭ ކަމެއް. ފިނި މޫސުން އަދި ރަނގަޅަށް ނުވެސް ފެށޭ. އެންމެ ގޯސް ޙާލަތު އަދި އޮތީ ކުރިއަށް،" ވެން ޑެ ވެރްޑްޓް ވިދާޅުވިއެވެ.

ޑަބްލިޔު.އެޗް.އޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެއް މިލިއަން މީހުން ދިރިއުޅެނީ ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައެވެ. އޭގެ ތެރެއިން 4 ލައްކަ މީހުން ތިބީ ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތަކުގައެވެ.

ފެންބޮޑުވުމުގެ ސަބަބުން ފެން ތަޣައްޔަރުވުމުގެ ފުރުޞަތު ބޮޑުވެ، ފެން ހެދިފައި ހުންނަ ތަންތަނުގައި މަދިރިއާއި ގެއްލުންދެނިވި ސޫފާސޫފި އާލާވުމަށް މަގުފަހިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. މީގެއިތުރުން، ތެތްފިނިކަން ގިނަވުމުގެ ސަބަބުން ފަންގަސް އާއި ބެކްޓީރިއާ އުފެދި، ޚާއްސަކޮށް ކުޑަކުދިންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމަށް މެދުވެރިވެއެވެ.

ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކުރިން ބަލި ދެނެގަތުމަށް ބޭނުންވާ ލެބޯޓްރީ ސާމާނު ޣައްޒާއަށް އެތެރެކުރުމަށް ޔަހޫދީ ބޭފުޅުން ހުރަސް އަޅުއްވާފައިވާކަން ޑަބްލިޔު.އެޗް.އޯއިން ވަނީ ފާހަގަކޮށްފައެވެ.

އެ ޖަމްޢިއްޔާއިން ވަނީ، މިހާރު އޮތް ކާރިސާގެ މައްޗަށް އިތުރު ޞިއްޙީ ކާރިސާއެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ލެބޯޓްރީ އާލާތްތައް ވަގުތުން ވަގުތަށް ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދިނުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!