އީރާނުގެ ނުރައްކަލުގެ މިންވަރާ މެދު ނަތަންޔާހޫއާއި އިސްރާއީލުގެ ސިފައިންނާ ދެމެދު ފާޅުކަން ބޮޑު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އީރާނާ ދެކޮޅަށް އައު ހަމަލާތައް ދިނުމަށް އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިސްރާއީލުގެ ނޫސް "މަޢާރިވް" އިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ ސަބަބުން އިސްރާއީލުގެ މުޞްތަޤުބަލު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ދޮގު ވާހަކަ ފަތުރައި މަތަންޔާހޫ އިންޒާރު ދެއްވަމުން ދާއިރު، އިސްރާއީލުގެ ސިފައިންގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި އީރާނަކީ އިސްރާއީލުގެ ވުޖޫދަށް އޮތް ނިއުކްލިއަރ ނުރައްކަލަކަށް ވާން އަދި ވަރަށް ދުރެވެ. މި ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން، އިސްރާއީލުން ސިފަކުރާ ނިއުކްލިއަރ ނުރައްކަލާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުންނަށް ފިއްތުންތައް ކުރިމަތިކުރުމަށް ނަތަންޔާހޫ ވަނީ މޮސާދުގެ ވެރިޔާއާއި އެހެނިހެން އިސް އޮފިޝަލުން އެމެރިކާއަށް ފޮނުވާފައެވެ.
ސްރަހުގައި، އީރާނާ ދެކޮޅަށް ހަމަލާތައް އަލުން ފެށުމަށް ވޮޝިންޓަނާއި ޔަހޫދީ ރެޖީމްގެ ހަރުކަށި އޮފިޝަލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަނެއްކޮޅުން، އީރާނުގެ އިމާމް މުޖުތަބާ ޚާމަނާއީގެ އޮފީހާ ގުޅުންހުރި "ކޭހާން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް އައު ހަމަލާތަކެއް ދިނުމަށްޓަކައި ސިފައިންގެ ތައްޔާރީތައް ފުރިހަމަކޮށް، ޙާލަތު ތައްޔާރުކުރުމުގެ މަސައްކަތް އެމެރިކާއާއި އިސްރާއީލުން ގެންދަނީ ކުރަމުންނެވެ.
ސިފައިންގެ ޙަރަކާތްތައް ދިގުލައިގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އެމެރިކާގެ ސިފައިންގެ ޕްލޭނަރުން އަންނަނީ އިންޒާރު ދެމުންނެވެ. އިނގިރޭސިވިލާތުގެ "ފައިނޭންޝަލް ޓައިމްސް" ނޫހުން އެމެރިކާގެ ތިން އޮފިޝަލަކާ ޙަވާލާދީ ބުނެފައިވަނީ، މިހާރު އޮތް ހަމަލާތައް ހުއްޓާލާފައި އޮތުން އައު އަހަރާ ހަމައަށް ދެމިގެން ހިނގައްޖެނަމަ ސިފައިންގެ ބާރުތައް ވަރުބަލިވެ، ވަސީލަތްތައް ހުސްވުމުގެ ފުރުޞަތު އޮތް ކަމަށެވެ. ވަކިން ޚާއްސަކޮށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ޑިސެންބަރު މަހަށްފަހު ސިފައިން ޖަމާކުރުން ދަމަހައްޓައިފިނަމަ، މާލީ ވަސީލަތްތަކާއި ހުސްވަމުންދާ ހަނގުރާމައިގެ ތައްޔާރީއަށް އަސަރުކޮށްފާނެ ކަމަށް ވޮޝިންޓަނުގެ އޮފިޝަލުންނަށް އަންގާފައެވެ.





