ތަރައްޤީ ބިނާވަނީ އިމާރާތްތަކެއްގެ މައްޗަކަށް ނޫން

ޤައުމެއްގެ ތަރައްޤީ ހަމައެކަނި ޢިމާރާތްތަކުގެ މައްޗަށް ބިނާވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ޒުވާނުންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ އެންމެ މުހިންމު ކަމެކެވެ. މިގޮތުން، ސްކޫލުތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުން ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި، ރ. ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ. އަދި ފެންވަރު ރަނގަޅު، އެކަށީގެންވާ މާޙައުލެއްގައި ކިޔަވައިދިނުމުގެ ފުރުސަތު ހޯދައިދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރެވޭނެ ގޮތްކަމަށް ވިދާޅުވިއެވެ. މިކަމަށްޓަކައި 2025 އަދި 2026 ވަނަ އަހަރު ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.މީގެއިތުރުން، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަޝްރޫޢު ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. މި އަހަރު ނިމުމުގެ ކުރިން، ﷲގެ ވާގިފުޅާއެކު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކުލާސްރޫމްތައް އިޔާދަކުރަނިވި ހަކަތައިން ފިނިކުރެވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި، ރ. ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ. އަދި ފެންވަރު ރަނގަޅު، އެކަށީގެންވާ މާޙައުލެއްގައި ކިޔަވައިދިނުމުގެ ފުރުސަތު ހޯދައިދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރެވޭނެ ގޮތްކަމަށް ވިދާޅުވިއެވެ. މިކަމަށްޓަކައި 2025 އަދި 2026 ވަނަ އަހަރު ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަޝްރޫޢު ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. މި އަހަރު ނިމުމުގެ ކުރިން، ﷲގެ ވާގިފުޅާއެކު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކުލާސްރޫމްތައް އިޔާދަކުރަނިވި ހަކަތައިން ފިނިކުރެވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ހިއްސާ ކުރައްވާ!