ކަރާޗީގެ އެޑިއުކޭޝަން ނިޒާމުގެ ކޮރަޕްޝަން ސަމާލުކަމަށް ގެނައުމަށް ހަޅުތާލު ކޮށްފި

ޕާކިސްތާނުގެ ކަރާޗީގައި ތައުލީމީ ނިޒާމުގައި ހިންގަމުންދާ ކޮރަޕްޝަނާ ދެކޮޅަށް ޖަމާޢަތޭ އިސްލާމީގެ ރައީސް މަނާމް ޒަފަރު އިންތިޒާމްކޮށްގެން ހަޅުތާލެއް ބާއްވައިފިއެވެ.

މި ހަޅުތާލުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ޒަފަރު ވަނީ ކަރާޗީގެ އެޑިއުކޭޝަނަލް ކޮމިޓީގެ ގިނަ މެމްބަރުންނަކީ ތައުލީމީ މުއައްސަސާތަކުގެ ހިއްސާދާރުން ކަމަށާއި އެމީހުންނަކީ ސީނިއާ ޕްރޮފެސަރުން ނުވަތަ ޔުނިވާސިޓީތަކުގެ މަންދޫބުންނަށް ވުރެ ބޮޑަށް އެޑިއުކޭޝަން ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ގޮތުގައި އަމަލު ކުރާ ބައެއް ކަން ފާހަގަ ކުރައްވާފައެވެ.

އޭނާ ވިދާޅުވާ ގޮތުގައި ކަރާޗީގެ ތައުލީ ނިޒާމު ދޯހަޅި ވެފައި ވަނީ މި ފަދަ މަސްއޫލުވެރިންގެ ޒިންމާތައް ފުށުއެރުމުން ކަމަށެވެ.

ތައުލީމީ ނިޒާމާ މެދު މީހުން ހިތްހަމަނުޖެހުން ފާޅު ކުރަމުންދާއިރު ކަރާޗީގެ ތައުލީމީ ނިޒާމުގެ ކުރިމަގު ފެންނަނީ ބަނަކޮށް ކަމަށާއި ގިނަ ދަރިވަރުން ތިބީ ގިނަ ދުވަސްތަކެއް ވަންދެން ވާނުވާ ނޭގި މުސްތަގްބަލު ބަނަވުމެއްގެ ތެރޭގައި ކަމަށް ޒަފަރު ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!