ކޯކުގައި ވިހަ މާއްދާއެއް ހުރެގެން ބުއިންތައް އަނބުރައި ގެންގޮސްފި

ކޯކާކޯލާ ކުންފުނީގެ ބައެއް އުފެއްދުންތަކުގައި ނުރައްކާތެރި މާއްދާއެއް ކަމަށްވާ ކްލޯރޭޓް އާދަޔާ ޚިލާފަށް މަތީ މިންވަރަކަށް ހުރިކަން ފާހަގަކުރެވިގެން، އެ އުފެއްދުންތައް ވަނީ މާކެޓުން އަނބުރާ ގެންގޮސްފައެވެ.

މި ކެމިކަލްގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ތައިރޮއިޑްގެ މައްސަލަތައް ހިމެނެއެވެ. މި ނުރައްކަލުން އެންމެ ބޮޑަށް އަސަރުކުރާނީ ކުޑަކުދިންނަށެވެ. ގަވާއިދުތައް ހަރުދަނާކޮށް، ރަނގަޅަށް ބެލެހެއްޓުމުގެ ސަބަބުން، ޔޫރަޕްގެ ގިނަ ޤައުމުތަކުން މި މައްސަލަ ދެނެގަނެވި، އެ އުފެއްދުންތައް ވަނީ އަނބުރާ ގެނެވިފައެވެ.

ގާޑިއަންގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔޫކޭ  ފްރާންސް، ޖަރުމަނުވިލާތް، ލަކްސެމްބާގް އަދި ނެދަލޭންޑްސްގެ ވިޔަފާރިތަކުގައި ވިއްކަމުންދިޔަ ބުއިންތަކުގައި ކްލޯރޭޓްގެ މިންވަރު މަތިވެފައިވާކަން ފާހަގަކުރެވުމާއެކު، ނޮވެމްބަރު މަހުން ފެށިގެން އެ ކުންފުނީގެ ދަޅުތަކާއި ބިއްލޫރި ފުޅިތައް ވަނީ އަނބުރާ ގެނެވިފައެވެ. މި މައްސަލަ ދިމާވެފައިވާ ބްރޭންޑްތަކުގެ ތެރޭގައި ކޯކް، ފަންޓާ، މިނިޓް މެއިޑް އަދި ސްޕްރައިޓް ހިމެނެއެވެ.

ހިއްސާ ކުރައްވާ!